ރާއްޖެއިންވެސް މިހާރު ފެނިފައިވާ ކޮވިޑް-19 އާ ގުޅިގެން މި މަހުގެ ބިލު ނުދެއްކޭ ފަރާތްތަކުގެ ހިދުމަތް ކަނޑާނުލުމަށް ނިންމައި، ސުޕަނެޓް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އެއް މަސްދުވަހުގެ ބޯނަސް 25 ޕަސެންޓް ޑާޓާ އެލަވަންސްއެއް ދޭންވެސް ނިންމާފައެވެ.

އުރީދޫއިން މިގޮތަށް ނިންމާފައިވާކަން އިއުލާނު ކުރީ މިއަދު ކުރި ޓްވީޓެއްގައެވެ.

އުރީދޫން ބުނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް، "ސޯޝަލް ޑިސްޓޭންސް" އަށް ބާރުއެޅުމުގެ ގޮތުން އެ ކުންފުނިން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.

އެ ކުންފުނިން ބުނިގޮތުގައި، އުރީދޫގެ ޕޯސްޓްޕެއިޑް މޯބައިލްގެ ހިދުމަތް ހޯދާ ފަރާތްތަކަށާއި ފައިބާ އަދި ވަޔަރލެސް ބްރޯޑްބޭންޑް ހިދުމަތް ހޯދާ ފަރާތްތަކުން މި މަހުގެ ބިލް ނުދެއްކުނު ކަމުގައިވިޔަސް ހިދުމަތް ކަނޑާނުލާނެ އެވެ.

އަދި މީގެ އިތުރުން، މި ދުވަސްވަރު ގޭގައި ތިބުމަށް އެޗްޕީއޭއިން ލަފާދީފައިވާތީ، ސުޕަނެޓް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އެއް މަސްދުވަހުގެ ބޯނަސް 25 ޕަސެންޓް ޑާޓާ އެލަވަންސްއެއް ދޭނެކަމަށް އޫރިދޫން ވަނީ އިއުލާންކޮށްފައެވެ.

އެ ކުންފުނިން ދަނީ ދަރިވަރުންނަށް ގޭގައި ތިބެގެން އޮންލައިންކޮށް ކިޔެވުމަށް އަގުހެޔޮކޮށް އިންޓަނެޓް ފޯރުކޮށްދިނުމަށް ތައުލީމުދޭ މަރުކަޒުތަކާއި ގުޅިގެން މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޙސހސ

    އުރިދު ފުދެވަރަކަށް ރަގަނގޅު ހިލެ މެސެޖް ކުރެވެ ގޮތް ވެސް ހަދައިފި މިހަރު

    18
    5
    • ?

      އުރީދޫ ހަމަ ވަރަށް ހަބޭސް.... ?

      15
      4
      • އަސްމާ

        ދިރާގު އެއީ ސުމެއްގެ ތަނެއް، އުރީދޫ ދިރާގު ޓޭކްއޯވާ ކުރަން ވެއްޖެ

  2. މުހަންމަދު

    އުރިދު ފުދެވަރަކަށް ރަގަނގޅު ހިލެ މެސެޖް ކުރެވެ ގޮތް ވެސް ހަދައިފި މިހަރު

    2
    3
  3. ހަމް

    ދެން ކޮބާ ޕުރިޕޭޑު އަށް. ނެތީތަ ޕުރިޕޭޑު އަށް ޑާޓާ އެއް

  4. އަލިބެ

    މި މަހުގެ ބިލް މާފްކޮށްދީބަލަ އޭރުން ދޯ އެއްޗަކަށް ވާނީ

    7
    1
  5. ނިކަމެތި ޕްރީޕެއިޑް

    އާދައިގެ ނިކަމެތި މީހުން މި ގެންގުޅެނީ ޕްރީ ޕެއިޑް ނެޓް މަޖުްބޫރުވާތީ ސަތޭކަ ފަންސްވީސް ރުފިޔާ އަޅައިގެން މަހަކަށް ގެންގުޅެވޭތޯ ވަރަށް ބަލައިގެން އަހަރެމެންނަށް އޮތީ ކޮން އިނާޔަތެއް...

  6. ޖާބިރުު

    ދެން މިއަންނަ މަހު ވީ 2 މަހުގެ ބިލް އެއްކޮށް ދައްކަން؟
    އަޅުގަނޑު ޤަބޫލެއް ނޫން!