ރާއްޖެއިންވެސް ކޮވިޑް-19 ފެނުމާއި ގުޅިގެން ސަރުކާރުގެ އޮފީސްތައް ބަންދުކުރި ނަމަވެސް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ވިޔަފާރި ބޭންކްތައް ހުޅުވާނެ ކަމަށް އެމްއެމްއޭ އިން ބުނެފިއެވެ.

ކޮވިޑް-19 އާ ގުޅިގެން މާދަމާ އިން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސަރުކާރު ވަނީ ބަންދުކޮށްފައެވެ.

އެމްއެމްއޭ އިން ބުނީ އެމްއެމްއޭއާއި ވިޔަފާރި ބޭންކުތައް މާދަމާ އާއި އަންނަ ހޯމަ އަދި އަންނަ ބުރާސްފަތި ދުވަހު ހުޅުވާނެ ކަމަށެވެ.

އެމްއެމްއޭއިން ބުނީ، މި ތިން ދުވަހު ބޭންކިންގެ ހިދުމަތް ފައިސާ ބަލައި ގަނެ ދޫކުރުމުގެ ހިދުމަތް ލިބޭނީ ހެނދުނު 9:30 އިން ފެށިގެން 11:30 އާއި ހަމައަށް ކަމަށާއި އަދި ވަކި ލާރި ބަލައިގަނެ ދޫކުރުމުގެ ހިދުމަތް ލިބޭނީ ހެނދުނު 9:30 އިން 11:00 އަށް ކަމަށެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހިފައިވާ 13 މީހަކު ފެނިފައިވާއިރު، އޭގެ ތެރެއިން ދެ މީހަކަށް ދަނީ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ.