ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ސްކޫލްތަކާއި ކޮލެޖްތައް ބަންދުކޮށްފައިވުމުން، ދިރާގާއި އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން އިންޓަނެޓްގެ ޒަރިއްޔާއިން ރިމޯޓް އެޑިއުކޭޝަންގެ އެކި ވަސީލަތްތައް ބޭނުންކުރުމަށް އިތުރު ލުޔެއް ދިނުމުގެ ގޮތުން ހިލޭ މޮބައިލް ޑޭޓާ ޕެކޭޖެއް ސްކޫލް ކުދިންނާއި ޓީޗަރުންނަށް ދޭން ނިންމައިފިއެވެ.

ދިރާގުން ބުނީ މިދުވަސްވަރު ސްކޫލްތަކާއި ކޮލެޖްތައް ބަންދުކޮށްފައިވުމުން، ގޭގައި ތިބެގެން، ރިމޯޓް އެޑިއުކޭޝަންގެ އެކި ވަސީލަތްތައް ބޭނުންކުރުމަށް އިންޓަނެޓްގެ ޚިދުމަތް ދަރިވަރުންނާއި ޓީޗަރުންނަށް ވެސް ވަރަށް މުހިންމުވެފައިވާ ކަމަށެވެ. އެގޮތުން، މިފަދަ ދަނޑިވަޅެއްގައި ދަރިވަރުންގެ ކިޔެވުން މެދުނުކެނޑޭނެ ހެން، ވާޗުއަލް ކްލާސްރޫމްތަކާއި، އީ-ލާނިން ފަދަ ރިމޯޓް އެޑިއުކޭޝަންގެ އެކި ވަސީލަތްތަށް ފަސޭހަކަމާއެކު ބޭނުންކުރުން މަގުފަހިކޮށް ކިޔަވާކުދިންނާއި ޓީޗަރުންނަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން ދިރާގުން 5 ޖީބީގެ ހިލޭ ޑޭޓާ ޕެކޭޖެއް އެއް މަސް ދުވަހަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެކުންފުނިން ބުނި ގޮތުގައި އެ ޑޭޓާ ޕެކޭޖް ލިބޭނީ އެޑިއުކޭޝަން މިނިސްޓްރީ އިން ދިރާގަށް ހިއްސާ ކޮށްފައިވާ ދިރާގު ޕޯސްޓްޕެއިޑާއި ޕްރީޕެއިޑާއި މަމެން އަދި އެހެނިހެން ދިރާގު މޮބައިލް ޚިދުމަތް ގެންގުޅޭ ދަރިވަރުންނާއި ޓީޗަރުންނަށް ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ދިރާގުން ދަނީ ރިމޯޓް އެޑިއުކޭޝަން މަގުފަހިކޮށް ދިނުމަށް އެކި ގޮތް ގޮތުން މަސައްކަތް ކުރަމުންނެވެ. އެގޮތުން ދަރިވަރުންނަށާއި ޓީޗަރުންނަށް ދޭ 30 ދުވަހަހުގެ ހިލޭ ޑޭޓާ އަކީވެސް އެގޮތުގެ މަތިން އެކުންފުނިން ކޮށްދިން އެއްކަންތަކެވެ.

މީގެ އިތުރުން، ދިރާގު ޕޯސްޓްޕެއިޑާއި ޕްރީޕެއިޑް އަދި މަމެން ކަސްޓަމަރުންނަށް އިތުރު ޑޭޓާއާއި ޑިސްކައުންޓްސް ވަނީ ދީފައިއެވެ. އަދި ހަމައެއާއެކު، ރެސިޑެންޝަލް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 30 ޕަސެންޓު އިތުރު ޑޭޓާ މިމަހު ވަނީ ދީފައިއެވެ. އަދި އަންނަ މަހަށްވެސް އެ ޑިސްކައުންޓު ދިނުމަށް ދިރާގުން ވަނީ ނިންމާފައެވެ. ދިރާގުން ބުނީ ރެސިޑެންޝަލް ފިކްސްޑް ބްރޯޑްބޭންޑްގެ ހުރިހާ އެޑް-އޮންތަކަކުންވެސް 50 ޕަސެންޓު ޑިސްކައުންޓް ދީ، ހިލޭ 10ޖީބީ ވެސް ވަނީ ދީފައިވާ ކަމަށެވެ.

ދިރާގުން ބުނީ އެ ކުންފުނިން ދަރިވަރުންނާއި ޓީޗަރުންނަށް ހިލޭ ދިން ޑޭޓާ އެލަވަންސްގެ ސަބަބުން ކިޔަވާ ކުދިންނާއި ޓީޗަރުންނަށް އޮންލައިން ކްލާސްރޫމް ހިންގުމުގަށާއި ރިމޯޓް އެޑިއުކޭޝަންގެ އެކި ވަސީލަތްތައް ބޭނުން ކުރުމަށް އިތުރު ލުއިފަސޭހަތައް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ދިރާގުން ވަނީ އިންޓަނެޓްގެ ޚިދުމަތް މިދުވަސްވަރު ޒިންމާދާރު ގޮތުގައި ހުރިހާ ކަސްޓަމަރުންވެސް ބޭނުން ކުރުމަށް އިލްތިމާސްކޮށްފައެވެ.

ދިރާގުން ދަނީ ކޮވިޑްގެ19 ގެ ބަލިމަޑުކަމާގުޅިގެން ގައުމުގެ ހާލަތަށް ދިމާވާ ކަންތައްތައް ވަރަށް ގާތުން ބަލާ، މި ދަނޑިވަޅުގައި ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތައް ފޯރުކޮށްދެވޭނެ ގޮތްތައް ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރައްޔިތު މީހާ

    ލުއިދޭކަމެއް ނޭންގެ ބިލްދައްކަން މެސެޖް ފޮނުވާ އެވަރުން ނުވެގެން ގުޅާގެންވެސް ހަނދާން ކޮށްދޭ. މިއުޅެނީ އަދި މުސާރަވެސް ނުލިބިގެން.

  2. Anonymous

    ކިޔަވައިދިނުމަށް ހިލޭ އޯކޭ. އެގޮތުން ވަކިގަޑިތަކެއް ކަނޑައަޅާފަ އެގަޑިތަކުގަ އެއީ ކިޔަވައިދޭގަޑި ކުދަިންކިޔަވާގަޑި 24 ގަޑިއިރު ވަކިނަމެއްކިޔާ ވަކި ބަޔަކަށް ހިލޭދިނުން އެއީ ހަމަހަމ އުސުލުން ބޭރުން ކުރެވޭކަމެއް ކަމަށް ވިސްނެ.

  3. އެކްޓަރ

    ލުއި ނުދޭނެ..އަހަރަކު 200 މިލިއަން ފައިދާވޭ..
    މިއީ ކުޑަ ޤައުމުތަކުގެ ރިކޯޑް..
    ދިރާގާއި އުރީދޫން އެކަނި މިޚިދުމަތްދީގެން ކޮމްޕެޓެޓިވް މާރކެޓަކަށްނުވާނެ.. މިރީޖަނުގަވެސް އިންޓަރނެޓްއާއި ފޯނުގެ އެންމެ އަގުބޮޑް ޤައުމަކީ މިއީ...އަސްލުގަ ހުރިހާ ސަރުކާރެއްވެސްވަނީ އުނގަށް ވެއްޓިފަ...ރައީސް ސޯލިހުގެ ރިޔާސީ ވައުދެއް އެއީ އަގު ހެޔޮކުރާނަމޭ ނަމަވެސް އަދި އެކަން ނުވޭ..ނުވެސްވާނެ..ސަބަބަކީ ދިރާގަކީ މޭޖަރ ޝެއަރ ބޭރުބަޔެއް ކޮންޓްެރޯލްކުރާ ތަނެއް އަދި އުރީދޫއަކީ ޕުރައިވެޓް ބަޔެއް... 2008 ގެ ކުރިން 51% ގެ ޝެއަރ ދިރާގުައި އޮއްވާ ރ.ނަޝީދު ވިއްކާ ލެއްވީ ..އެއީ ޑީލެއް..
    ފެންކުންފުނީގެ 100% އޮއްވާ 20% ހިޓާޗީ ކުންފުންޏަށް ވިއްކާލީ... ރާއްޖޭގެ އެއްވެސް މުއްސަދި ކުންފުނިތަކަކުން ދިވެހި ރައްޔިތުންނަށް ލާބަހުރި އެއްވެސްކަމެއް ނުކުރޭ.
    ރ.ސޯލިހު..ރިސޯޓްތަކުގެ އޯނަރުން ރެސްކިއު ޕެކެޖް ބޭނުމެއްނުވާނެ، ދިވެހި ޓުއަރިޒަމްގައި 80% އޯނަރުންނަކީ ބޭރުގެ ކުންފުނިތައް... މިއިން އެއްވެސް ރިސޯޓަކުން ސީއެސްއާރުގެ ދަށުން އެއްވެސްކަމެއްނުކުރޭ.. ޗަންޕާ ބުރަދަސް ބައެއްފަހަރު މިފަދަ ކަންކުރައްވާ... ރާއްޖޭގެ ރައްޔިތުންގެ ފައިސާ ރިސޯޓްތަކަށް އެހީގެ ގޮޮތުގައި ދެވިގެންނުވާނެ...ގެސްޓްހައުސް އޯކޭ، އެއީ ދިވެހިން....
    ބަގްރޫޓްވެއްޖެނަމަ ރިސޯޓް ވިއްކާލާ، މިއީ ބޭރުގަވެސް އިންވެސްޓަރުން ކަންކުރާގޮތް...މިފަދަ ހާލަތުގައި ރިސޯޓްތަކާއި މެދު އަދި ކުދި ވިޔަފާރީގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުން ރެސްކިއު ކުރަންޖެހޭނެ....އަދި ކުދި ނުވަތަ މެދު ގިންތީގެ އިންވެސްޓްމަންޓަށް ލޯނު ދެވޭނަމަ ދޭންޖެހޭނެ..ސަރުކާރުގެ އެންމެބޮޑް ބޭނުމަކަށްވާންޖެހޭނީ ތަކެތީގެ އަގުބޮޑްނުވެ ރައްޔިތުން ސަލާމަތްކުރުން.....

  4. ަޢަހަރެން🌸

    ދެން ބޭނުންކޮށްލާނެ ފޯނެއް ނެތް ކުދިންނޯ؟
    ޢޭރުން އެއްބަޔަކަންނު ކިޔެވޭނީ، ބާކީ ތިބި ކުދިން ނަކަށް ނުކިޔެވޭނެ އެއްނު؟
    ދެން ފޯނުވެސް ބަހަން ފެނޭ.....

  5. ައާއްކޮ

    ދެން އުރީދޫ ސިމް ގެންގުޅޭ ކުދިން ވީ އަމިއްލަޔައް ޑާޓާ އަޅަންދޯ،

  6. ހާފިޒް އަބުދުލް ގަނީ

    ބަލަ ދިރާގަކީ ބަޓެލްކޯ %52 ވާކުންފުޏެއް އޫރިދޫއަކީ ބަޓެލްކޯ %46 ވާކުންފުންޏެއް ބޭރު ކުންފުންޏެއް ކުރީގަދިރާގަކީ ސަރުކާރުގެ ހިއްސާބޮޑު ކުންފުންޏެއް ދޮޅުއަހަރު ވެރިކަންކުރި ރައީސް ނިދާ ހޭލެވުނުއިރު %52 ބަޓެލްކޯ ދެވިއްޖެ ދެންއެވަރުވާކަންވެސް ރަނގަޅެއްނު މިހާރު ގައުމަކުނެއި %7 ޕަސެންޓް ގަންނާނެ ލާރިޔެއް ހުސްބަޑާކައެފައެއް ދެންހިންދިރުވާލަމާދޯ ވޯޓްލާންކާރިވީމަ ހަދުބާލަދޭނެ އެވަރުންވާނެ