ކޮވިޑް-19 އާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) މިއަދުން ފެށިގެން ތިން ގަޑިއިރަށް މާލެ ފުރަބަންދު (ލޮކްޑައުން)ކުރަން ނިންމާފައިވާއިރު، އެ ވަގުތުގައިވެސް ޑެލިވަރީ ހިދުމަތް ދިނުމަށް ވީބީ މާޓުން ތައްޔާރުވެއްޖެއެވެ.

މާލެ ފުރަބަންދު ކުރަން ނިންމާފައި ވަނީ، މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 17:00 އިން 20:00 އާއި ހަމައަށެވެ.

ވީބީން ބުނީ، ފުރަބަންދު ވަގުތުގައި ރައްޔިތުންނަށް ޑެލިވަރީ ހިދުމަތް ދިނުމަށް އެޗްޕީއޭގެ ހާއްސަ ހުއްދައެއް ނަގާފައިވާ ކަމަށާއި، އެ އޮންނަ އުސޫލުގެ ތެރެއިން އެކަން ކުރަމުންދާނެ ކަމަށެވެ. އަދި ބޭނުމަކީ ހުއްދަ ދީފައިވާ ވަގުތުތަކުގައި ރައްޔިތުން އެންމެ ފަސޭހަވަގާތަށް ޑެލިވަރީ ހިދުމަތް ދިނުން ކަމަށް ވީބީން ބުނެއެވެ.

ވީބީންވެސް ދަނީ ކޮންމެ 100 ރުފިޔާއަށްވުރެ މަތިން އޯޑަރު ކުރާ ފަރާތްތަކަށް ގޭގެ ދޮރާއްޓާއި ހަމައަށް އެ އޯޑަރު ކުރާ ތަކެތި ގެންގޮސްދެމުންނެވެ.

ވީބީ ޑެލިވަރީ ހިދުމަތް ކޮންމެ ދުވަހަކުވެސް ހެނދުނު 9:00 އިން ރޭގަނޑު 10:00 ކުރިއަށްދާނެއެެވެ.

އެ ފިހާރައިން އަދި އޯޑަރު ކުރަންބޭނުންވާ ތަކެތީގެ ލިސްޓް ލިޔުމަށްފަހު 9633855 އަށް ވައިބާ ކޮށްގެން ނޫނީ އެ ނަމްބަރަށް ގުޅައިގެން ނޫނީ އެސްއެމްއެސްއެއް ކުރުމުނެ އެ ހިދުމަތް ލިބިގެން ދާނެއެވެ. އެ މެސެޖުގައި އެ ތަކެތި ގަތް މީހެއްގެ ނަމާއި، ފޮނުވަން ބޭނުންވާ ގެއެއްގެ މައުލޫމާތާއި، ފޯން ނަމްބަރު ހިއްސާ ކުރުމަށް ވީބީ މާޓުން އެދެއެވެ.

މީގެ އިތުރުން ވީބީ މާޓުން މިހާރު ކުރިއަށްދާ 200 ރުފިޔާއަށްވުރެ މަތިން ފިޔަވާރިކޮށްގެން ކޮންމެ ދުވަހަކު 1000 ރުފިޔާގެ ގިފްޓް ވައުޗަރެއް ލިބޭ ޕޮރޮމޯޝަނެއް ދަނީ ކުރިއަށެވެ. މި ޕްރޮމޯޝަންގައި މިގޮތަށް އޯޑަރު ކުރާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެއެވެ.