މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަހާ ގުޅިގެން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ދިވެހި ދަނޑުވެރިކަމުން އުފައްދާ ހުރިހާ ބާވަތްތަކެއް ގަންނަން ކަނޑައެޅިގފައި އޮތް ނަމަވެސް އޭގެ ތެރޭގައި ކަރާ ނުހިމެނޭ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެެވެ.

ރައްޔިތުންގެ މަޖިލިހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގައި، އެ ކޮމިޓީގެ މުގައްރިރު އަދި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ކުރެއްވި ސުވާލެއްގެ ޖަވާބުގައި އަމްރު ވިދާޅުވީ އެސްޓީއޯ އިން ދަނޑުވެރިންގެ އަތުން ގަތުމަށް ހަމަޖެހިފައި ވަނީ ހަމައެކަނި ފުޑް ސެކިއުރިޓީ ބޭނުންވާ ތަކެތި ކަމަށެވެ.

އޭގ ެތެރޭގައި ކަރާ ފަދަ ބާވަތްތައް ނުހިމެނޭ ކަމަށް ވެސް ވެސް އަމްރު ވިދާޅުވިއެވެ.

ކަރާ ނުގަންނާނެ ކަން ފާހަގަ ކުރައްވައި އަމްރު ވިދާޅުވީ އެސްޓީއޯ އިން ދަނޑުވެރިންގެ އަތުން ގަންނަ ތަކެއްޗަކީ ކަނާގެ ޔަގީންކަން ދިނުމަށް ހައްދާ ތަކެތި ކަމަށާއި، އޭގެ ތެރޭގައި ކައި ނިމިގެން ފޮނިއެތިކޮޅުގެ ގޮތުގައި ބޭނުން ކުރާ ބާވަތްތައް ނުހިމެނޭނެ ކަމަށެވެ.

ނަމަވެސް ކާނާގެ ޔަގީންކަން ދެވޭނެ ހުރިހާ ބާވާތެއް އެސްޓީއޯ އިން ގަންނާނެ ކަމުގެ ޔަގީންކަން އަމްރު ވަނީ ދެއްވައިފައެވެ.

"އަޅުގަނޑުމެންނަށްވެސް ވަރަށް ބޮޑަށް ސާފުވޭ އެބަ ރާއްޖޭގައި ކަރައަކީ ވަރަށް ފަސޭހައިން ހެއްދޭ އެޗަކަށް ވާތީވެ ވަރަށް ގިނަ އަދަދަކަށް ހައްދާ. އެކަމަކު އެއީކީ ހަގީގަތުގައި ފުޑް ސެކިއުރިޓީއަށް ބޭނުންވާ އެއްޗެއް ނޫން. އެހެންވީމަ އަޅުގަނޑުމެންނެއް އެއަކަށް ފޯކަސްއެއް ނުކުރަން." އަމްރު ވިދާޅުވި އެވެ.

އެސްޓީއޯ އިން މި ރަމަޟާން މަހާ ދިމާކޮށް ދަނޑުވެރިންގެ އަތުން ގަންނާނެ ތަކެތީގެ ތެރޭގައި ފަތްޕިލާވެލީގެ 11 ވައްތަރަކާ މޭވާގެ 15 ވައްތަރެއްގެ އިތުރުން އޮއްޓަރުހުރި ތަރުކާރީގެ 37 ވައްތަރެއް ހިމެނޭނެ ކަމަށް އަމްރު ވިދާޅުވިއެވެ.

ކުރިއަށް އޮތް ރަމަޟާން މަހަށް އެސްޓީއޯ އިން ގަންނަ ތަރުކާރީ އަދި މޭވާގެ ބާވަތްތައް މާލެ އާއި ހަމައަށް ފޯރުކޮށްދިނުމާއި އެތަކެތި މާލެ ތެރޭގައި ޑެލިވަރީ ކުރުމުގެ ހާއްސަ ޕްލޭނެއް އިކޮނޮމިކް މިނިސްޓްރީ އިން ގެންގުޅޭ ކަމަށް އަމްރު ވަނީ ވިދާޅުވެފައެވެ.

މިހާރު ރަށު ކައުންސިލްތަކާއި، ރައްޔިތުން ގުޅިގެން ދަނީ ދަނޑުވެރިކަން ފުޅާ ކުރުމަށް އެތައް މަސައްކަތެއް ކުރަމުންކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ސެއްޅި

    ގޯސް ގޮތެއް އޮތިއްޔާ ބަލާފަ، އެގޮތެއް ހަދާނެ..

    51
    1
  2. ލުޓޭރުންގެ ސަރުކާރު

    ރައްޔިތުން އެއްޗެކޭ ބުނެފިނަ މަވާނީ ފިތުނައުފައްދަނީކަ މަށް... މޭވާގެ 15ބާވަތުގެތެރޭގަ ކަރާ ނުހި މެނެޏާ ކަރާ ހި މެނެނީ ގެރިބަކަރި އައިނުތެރޭގަތަ..ރާއްޖޭގެ ބު މުގެ ތަނަވަސްކަން ހުރިވަރުން ދަނޑުވެރިންނަ ގޮދަނާ ހަނޑުލާ އުއްދަޑި ނުހެއްދޭނެކަން ސަރުކާރަށް އިގޭތީ ނުކުރެވޭނެ ކަންތައްތަކިޔަނީ..އޮޅުއަލައަކީ ރާއްޖޭގެ މަދުރަށެއްހަނޫނީ ނުހެއްދޭނެބާވަތެ..ބަނބުކޭލަކީ މިހާރު ހައްދަންއުޅުނަސް ކިތައް އަހަރުފަހުން ބަނބުކޭލެލިބޭނީ..އަހަރެ މެންނަ އިގޭ މިސަރުކާރުން ދައްކާވާހަކަ ދި މާނުވާނެކަން...ބުނާގޮތާ އިދިކޮޅަށް ހުރިހާކަ މެނި މޭނީ..އެކޮޅުކޮޅުން އުފަންވެފަތިބިބައެއް..

    74
  3. މާމިގިލީ މީހާ

    ކިހާބާޑު ލަޑެއް ދަނޑުވެރިންނައް މިލިބުނީ. ސަރުކާރުން ބުނާ އެއްޗެއް ގަބޫލުކުރާކަށް ނުވާނެ. ހުސްދޮގު ހަދަނީ..

    39
    1
  4. އިމާދުއްދީން

    ތޮއްޑޫ މީހުންގެ ުއުންމީދު ފުޑުފުޑު ކޮއްލައިފި. އެސްޓީއޯ އަކީ ސީދާ ވިޔަފާރި ކުންފުނި.

    35
  5. ފިކުރީ

    ރާއްޖޭގަ ބައެއް ރަށުގައި ހެދިފަހުރި ކަދުރު އަދި ޒައިތޫނި ގަނަށްޗޭ އެސްޓީއޯ އެވަރުވާނެ ދޯ !!!!

    36
    1
  6. މޫސާ

    އެއީ އަގަޔަށްލާނެ ފޮނި އެއްޗެއް ނޫން! ރަށެއްގެ ރައްޔިތުން އަހަރު ދުވަހު އެމީހުންގެ ކެއިން ބުއިން ސެކިއުކުރަން ކުރާ ބުރަ މަސައްކަތް އެއީ! އެތައް މިލިއިން ރުިފޔާ އެހެރީ ތާށިވެފައި ތޮއްޑޫގައި އެކަނިވެސް! އެމީހުންނަށް އެތަކެތި މާލެ ގެނައުން މަނާ! މާލެއިން އެތަކެތި ބަލާ ދިޔުން މަނާ! އެކަމު މިއީ ރައްޔިތުުންނަށް ހެޔޮއެދޭވަރުން ނުވެސް ނިދާ އުޅޭ ސަރުކާރެއް! ތިޔަބުނާ ޢަމްރު ރަގަޅުވާނެ މަގުމަތީ މުޒާހަރާ ކުރަން! ފެންވަރު ނެތް ޤާބިލުކަމެއް ނެތް މީހުން އެކަށީގެން ނުވާ މަޤާމު ތަކަށް ލީމާ ވާނެ ހުރިހާ ދެރަކަމެއް ރައްޔިތުންނަށް

    14
  7. ކައްޒާބުލްއެއްކަލައަމްރޫ

    ހައްދާށޭ ގަންނާނަމޭ ބުނީ އެއްދުވަހު! އަނެއްދުވަހު ނުގަންނާނަމޯ!
    އާކަމެއްނޫން ތިއަކީ.
    ސިޓިންރޫމް ކާޑުގެޔަކަށް ނުހަދާށޯބުނި. ޑޭލިވަރީ ބޮޑު ތަނުން ފޭލި.
    ކާފިޔުގަޑިގައި ނިކުމެއްޖިއްޔާ 1000/- އިން ޖުރިމަނާޔޯ. ނިކުތީމާ ނަސެހަތް އެކަނި.
    ލޮކްޑައުންގަ ނިކުތީމަ ކަރަންޓިނަށް ގެންދާނަމޯ. ނުކުތީމަ ނަސެހެތް.
    ކަމާ ބަހާދިމާނުވާކަން މިހާރު މާސާފު!
    ރައްޔިތުންނޭ އަމިއްލަ ސަލާމަތް އަމިއްލަޔަށް ހޯދާ!!!!!

  8. Anonymous

    މިފަދަ ވަގުތެއްގައި ރައްޔިތުން ހައްދާ ކަރާ ސަރުކާރުން ގަންނަން ޖެހެއެވެ. ޢެއީ ހާލަތު ރަގަޅު ނުވާނަމަ އެތަކެތި ހަލާކުވެ ދަނޑުވަރިންނަށް ބޮޑު ގެއްލުމެއްް ލިބިދާނެތީއެވެ. ޢެކަރާތަށް ގަތުމަށްފަހު ހޯލްސޭލްކޮށް ފިހާރަތަކަށް ސަޕްލައިކުރުމުން އާއްމުންނަށް އެތަކެތި ފަސޭހަކަމާއެކު ގަނެވޭނެއެވެ.

    11
    1
  9. ސަމްސިއްޔާ

    ރައީސް ސޯލިހް ދައްކާވާހަކަ ދިމަލެއް ނުވޭ.

    11
  10. އެދުރު

    އެސްޓީއޯ އިން ދޫކޮށްފައިވާ ފޯމުގަ ކަރާ އެބައޮތް ބޮޑު އަކުރުން ޖަހާފަ ، އަމްރު ކޮން ދޮގެއް މިހާރު ތި ހަދަނީ ، ނުވާވަރުގެ ވާހަކަ ދައްކާ ރައްޔިތުން ދޮގު އުންމީދުތަކެއްގަ ޖައްސަނީ ކީއްކުރަން. ތިޔަބުނާ ފުޑް ސެކިއުރިޓީގެ ބާވަތްތަކަކީ ރާއްޖޭގަ މާގިނައިން ހެއްދޭ އެއްޗެއް ނޫން ، ގަންނަން ނިންމާފަ ހުރި ބައެއް ބާވަތުގެ ތަކެއްޗަށް ވުރެ ގިނަ ދުވަހު ކަރާ ހަލާކުނުވެ ހުންނާނެ. ތިދައްކަނީ ހޮޅި ވާހަކަ ، ދަނޑުވެރީން ކަރާ ހައްދަނީ ވަރަށް ބޮޑު ޚަރަދުކޮށްގެން ބުރަ މަސައްކަތުން ، އަމްރު އިސްތިއުފާ ދީ

  11. ފޭރޭ

    އާދާއިގެ ނިކަމމމމމމމމތި މީހާ ނަގާ ލޯނުގަނޑުވެސް މާފުކޮއްނުދޭނެ މމމމސަރުކާރުންމ

  12. ލަދު

    މަވެސްގަންނާނަންރާއްޖޭގެހުިހާދަނޑުވެރިންހައްދާހަކުރާހަނޑޫއަދިސްޓޯބެރީ