އޮންލައިންކޮށް ތަފާތު ގިނަ އެއްޗެހި ވިއްކަމުން އަންނަ "ލިބޭ" އިން ހުޅުމާލޭގައި ޑެލިވަރީގެ ޚިދުމަތް ފަށައިފިއެވެ.

"ލިބޭ" ގެ އޮފިޝަލަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ އެކުންފުނިން ވިއްކަމުން އަންނަ ހުރިހާ އުފެއްދުމެއް ވެސް އިތުރު ޗާޗެއް ނެގުމެއް ނެތި ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް ވެސް މިހާރު ޑެލިވަރީ ކޮށްދެމުން ގެންދާ ކަމަށެވެ.

"ލިބޭ" އިން ވިއްކަމުން ގެންދާތަކެތީގެ ތެރޭގައި ސެނެޓައިޒާ އާއި މާސްކް ވެސް ހިމެނެއެވެ. ސެނެޓައިޒާ ޖެލްގެ 500 އެމްއެލް އާއި 480 އެމްއެލް އާއި 240 އެމްއެލް އާއި 30 އެމްއެލް ސެނެޓައިޒާ މިހާރު "ލިބޭ" އިން ލިބެން ހުންނާނެއެވެ. އަދި އެއް ލީޓަރުގެ ސެނެޓައިޒާ ލިކްއިޑް ވެސް "ލިބޭ" އިން ވިއްކައެވެ.

"ލިބޭ" އިން ވިއްކާ ސެނެޓައިޒާ މިހާރު މާލެ އާއި ހުޅުމާލޭގެ އިތުރުން ލ.އަތޮޅުން ވެސް ލިބޭނެއެވެ. ލ.އަތޮޅުން ސެނެޓައިޒާ ބޭނުންވާ ފަރާތްތަކުން ގުޅުއްވާނީ 7513153 އަށެވެ. "ލިބޭ" އިން ވިއްކާ ތަކެތި ބޭނުންވާ ފަރާތްތަކުން މާލެ އާއި ހުޅުމާލެ އިން ގުޅުއްވާނީ 7999681 އަށެވެ.

"ލިބޭ" އިން ވިއްކާ އުފެއްދުންތަކުގެ ތެރެއިން އާއްމުންގެ މެދުގައި އެންމެ މަގުބޫލް އުފެއްދުންތަކުގެ ތެރޭގައި ބަރުދަން ލުއި ކުރުމަށް އެހީތެރިވެދޭ ހޮޓް ޗޮކްލެޓާއި، ކޮފީ ހިމެނެއެވެ.

މިތަކެތީގެ އިތުރުން ކޮސްމެޓިކްސް ސާމާނު ވެސް "ލިބޭ" އިން ވިއްކައެވެ. "ލިބޭ" އިން ވިއްކަމުން ގެންދާތަކެތީގެ މައުލޫމާތު އެކުންފުނީގެ ފޭސްބުކް ޕޭޖުން ލިބޭނެއެވެ.