ދިވެހިންނަށް ކަމުދާނެ އެންމެ ގަޔާވާ ކޮސްމެޓިކްސްއަށް ހާއްސަ ޖާގަ ތަނަވަސް ބޮޑު ފިހާރައެއް މަޖީދީ މަގުގައި ހުޅުވައިފިއެވެ.

ރިލެކްސް ބޭބީ ޝޮޕް ކުރިމަތީގައި ހުޅުވި މި ފިހާރައިގެ ނަމަކީ "އެވިޑެންސް" އެވެ. މިއީ ހަމައެކަނި ކޮސްމެޓިކްސްއަށް ހާއްސަ ފިހާރައެކެވެ. މި ފިހާރައިން ވިއްކާ ތަކެތި އަގުހެޔޮވެފައި، ކޮލެޓީ މޮޅުވާނެއެވެ.

އެވިޑެންސް ފިހާރައިގެ އޮފިޝަލަކު ވިދާޅުވީ، ޖާގަ ތަނަވަސް އެ ފިހާރައިން މަޝްހޫރު އެކި ބްރޭންޑްތަކުގެ ކޮސްމެޓިކްސް އާއި ބިއުޓީ ޕްރޮޑަޓްސްތައް ލިބެން ހުންނާނެެ ކަމަށެވެ.

މި ފިހާރައަކީ ޖާގަ ތަނަވަސް އެހާ ހިތްފަސޭހަ މާހައުލެކެވެ. ބޭނުންވާ ޕްރޮޑަކްޓަަކެއް ބަލާލަން އަނބިމީހާ/ފިރިމީހާ ނޫނީ ރައްޓެހިން ގޮވައިގެން ގޮސްވެސް ފަސޭހަކަމާއެކު ހަމަޖެހިލައިގެން ވިޔަފާރިކޮށްލަން މިއީ ހަމަ އެއްވަނައެވެ. ގިނަ އެކި ބްރޭންޑްތަކުގެ ޕްރޮޑަކްޓްތަކާއި، ހިތްހަމަ ޖެހޭ ވަރުގެ އަގެއްގައި އެތަނުން ތަކެތި ލިބެން ހުންނާނެއެވެ.

އެވިޑެންސްއިން ބުނީ މި ފިހާރައިން އެތައް ވައްތަރެއްގެ ކޮސްމޮއެޓިކްސް އާއި ޕާފިއުމްސް އަގު ހެޔޮކޮށް ލިބެން ހުންނާނެ ކަމަށެވެ.

"މިހާރު ހަމަ ހިތްހަމަޖެހިލައިގެން ދެމަފިރިން ނޫނީ ޕާޓްނާސް އެކުގައި ފިހާރައަށް ވަދެފައި ހަމަޖެހިލައިގެން ހަމަ ދާންވީ. އެތަނުން ލިބޭނެ ކޮސްމެޓިކްސްގެ ފުލް ރޭންޖް" އެވިޑެންސްގެ އޮފިޝަލަކު ވިދާޅުވިއެވެ.

ދިވެހި އަންހެން ކަނބަލުންގެ މަގުބޫލުކަން ހޯދާފައިވާ ކަލާ ކޮސްމެޓިކްސްގެ އެކި ބްރޭންޑްތައް މި ފިހާރައިން ލިބެން ހުންނާނެއެވެ. އެގޮތުން ބަލާއިރު، ޕައިޒޭ، ޖޮޑާނަ، މެކް، ޖެނެޓް، ސީސީޔޫކް ފަދަ މަޝްހޫރު ބްރޭންޑްތައް ހިމެނެއެެވެ. އެ ފިހާރައިން ލިބެން ހުންނަ ޕާފިއުމް ބްރޭންޑްތަކަށް ބަލާއިރު، ފޮގް، ޕެރިސްވެލީ، އެރިސް، ކަލަ މީ، ލޮވީސާ އާއި އަދި މި ނޫނަސް މަޝްހޫރު ބްރޭންޑްތައް ހިމެނެއެވެ.

އަދި މީގެ އިތުރުން، ބްރޭންްޑްތަކާއި ކުޑަކުދިންނާއި ހާއްސަ ޕްރޮޑަކްޓްސްތަކާއި، ގިފްޓް ޕެކްތައްވެސް އެ ފިހާރައިން ލިބެން ހުންނާނެއެވެ.

އަދި ފްރެގްރެންސްގެވެސް އެކި ވައްތަރުތައް އެތަނުން ލިބެން ހުންނާނެއެވެ. އެގޮތުން ދިވެހިންގެ އެކި އުމުރުފުރައިގެ، ދެ ޖިންސަށްވެސް ކަމުދާނެ ފްރެގްރެންގްރެންސް ލިބެން ހުންނާނެއެވެ.

އަދި ގޭތެރެ ސާފްކުރުމަށް ބޭނުންވާ މަޝްހޫރު ޕްރޮޑަކްޓްތައް ލިބެން ހުންނާނެއެވެ.

"މޭކަޕްގެވެސް މާލޭގެ ނަން މަޝްހޫރު އެކި މޮޅެތި ބްރޭންޑްތައް ލިބެން ހުންނާނެ. މި ފިހާރައިން، އާއްމުކޮށް ދިވެހިންނާއި ގުޅޭ، ދިވެހިންގެ ސްކިން ކަލާއާ ގުޅޭ އެއްޗެހި ހުންނާނެ. އަދި ހެއާ ކެއާ އާއި ސްކިން ކެއާއަށް ހާއްސަ އެއްޗެހި ވެސް ލިބެން ހުންނާނެ"

އެވިޑެންސް ފިހާރައަކީ އެންމެ ހައި ރޭންޖްގެ އެއްޗެހިން ފެށިގެން އެންމެ ލޯ ރޭންޖްގެ އެއްޗެހި ލިބެން ހުންނާނެ ފިހާރައެކެވެ. މި ފިހާރައިން ނިންމާފައި ވަނީ މިހާރަށްވުރެ ވުރެ ގިނަ ބްރޭންޑްތަކާއި، މަޝްހޫރު ޕްރޮޑަކްޓްތައް މި ފިހާރައިން ލިބޭނެ ގޮތް ހެދުމެވެ.

ކޮވިޑް-19ގެ މި ދުވަސްވަރު އެ ފިހާރަ ހުޅުވިފައި ހުންނާނީ ހެނދުނު 9:00 އިން ރޭގަނޑު 22:00 އަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޜީނޮ

    ޢެކަލާންގެ އިލްޔާސްބެ ތިކުރައްވާ މަސައްކަތުގަ ބަރަކާތް ލައްވާށި.. އާމީން... ިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިި