ބަހާލައިގެން ސްޓެލްކޯއަށް ކަރަންޓް ބިލް ދައްކަން ބޭނުންނަމަ ފޯމެއް ހުށަހަޅަން ޖެހޭނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

ސްޓެލްކޯ އިން މިއަދު ބުނީ ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން މާރިޗު، އެޕްރީލް، މެއި އަދި ޖޫން މަހުގެ ބިލްތައް މާލީ ހާލަތު ހުރިގޮތުން ދެއްކެވުމަށް ދަތިވެފައިވާ ފަރާތްތަކުން، ބަހާލައިގެން ބިލްތައް ދެއްކެވުމަށް އެދި ފޯމް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އޮންލައިންކޮށާއި ކުންފުނީގެ އޮފީހަށް ވެސް ފޯމް ހުށަހެޅޭނެއެވެ.

އޮންލައިންކޮށް ފޯމް ހުށަހެޅޭނެ ލިންކް

ސްޓެލްކޯ އިން މިދިޔަ ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ ފުރަބަންދުގެ ތެރޭގައި ބިލު ދެއްކީ ގާތްގަނޑަކަށް 30 ޕަސެންޓު ކަސްޓަމަރުން ކަމަށެވެ. މިއީ ކޮވިޑް-19 ގެ ސަބަބުން އާމްދަނީ އަށް އަސަރުކުރުމާ ގުޅިގެން އައި ބަދަލެއް ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މާޗު، އޭޕްރިލް، މެއި، ޖޫން މި ހަތަރު މަހުގެ ބިލުގެ ތެރެއިން ބިލެއް ނުދެއްކިވާ ނަމަ ނޫނީ، ބިލު ދައްކަން ދަތިވާ ފަރާތްތަކަށް އަޅުގަނޑުމެންގެ ކުންފުންޏަށް ފޯމެއް ފުރާފައި ލީމާ އެކަން ހަމަޖެހޭނެ،" މުޣުނީ ވިދާޅުވިއެވެ.

އިންސްޓޯލްމަންޓަށް ބިލް ދައްކަން އެދޭ ކަސްޓަމަރުންނަށް ބިލު ދެއްކުމުގެ މުއްދަތު ކަނޑައަޅާނީ އެމީހެއްގެ ހާލަތު ބެލުމަށް ފަހު ކަމަށް ވެސް މުޣުނީ ވިދާޅުވި އެވެ.

ގޭބިސީތަކުގެ އިތުރުން ވިޔަފާރިތަކުގެ ކަރަންޓު ބިލް ވެސް މިގޮތަށް ބަހާލައިގެން ދެއްކޭނެ އެވެ.

ކޮވިޑް-19 އާއި ގުޅިގެން ތިން މަސް ދުވަހު ކަރަންޓް ބިލްތަކަށް ޑިސްކައުންޓް ދިނުމަށް ފަހު ކުރިން ހަމަޖެހިފައި އޮތީ މިދިޔަ މަހުގެ ކަރަންޓް ބިލަށް ޑިސްކައުންޓް ނުދޭށެވެ. ނަމަވެސް ކަރަންޓް ބިލް ބޮޑުވެ އާއްމުންގެ ޝަކުވާ އިތުރު ވުމުން މިހާރު ހަމަޖައްސާފައި ވަނީ މިދިޔަ މަހުގެ ކަރަންޓް ބިލަށް ވެސް %40 ގެ ޑިސްކައުންޓެއް ދިނުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. އަހުމަދުކަލޯ

  އާން ފޯމެއް ހުށައަޅާ ގެ މޯގޭޖްކޮށް ބޭންކަށް ބޮޑު ރިބާގަނޑެއް ދައްކަން އެއްބަސް ވީމަ ދޯ؟

  12
  1
 2. ސޭކްސްތާން

  ރައްޔިތަކަށް ނިކަމެތިކަން ދެވޭނީ މިހާވަރަކަށް. މި މީހުންގެ ބޭނުމަކީ ރައްޔިތުން އަޅުދާސް ކުރުން. އެމީހުންގެ ފައިދަށަށް ރައްޔިތުން ތިރިކުރުން.

  12
  1
 3. ތުއްތީދި

  އޮޅިގެންވެސް ބިލް ކުޑަނުވަނީ ކީއްވެބާ؟ ހިސާބު ހަދަން ދަންނަ ބަޔަކު ލައްވާ ބިލްތައް ތައްޔާޔު ކުރަންވެއްޖެ އެއްނު! އަހަރެމެންގޭ ބިލްވެސް ފާއިތުވި ހުރިހާ ޒަމާނަކަށްވުރެ 1000.00 ރުފިޔާ ބޮޑު! ކިހާދެރަ ކަންތައް! މީހުން މަލާމާތް ނުކުރާނެ ގޮތަކަށް ކަންކަން ކުރަންވެއްޖެ އެއްނު!

  14
  1
 4. ބޭރުމީހާ

  ރައްޔިތު މީހުން ފެލާލާފަ އަނެއްކާ އެމީހުންގެ ބޮލަށް ޓިކް ޖަހަން ނޫޅޭށެވެ. ރައްޔިތުންނާ ދޭތެރޭ ތިގެންގުޅޭ މަކަރާއި ޙީލަތްތެރި އުޞޫލު ތަކުގެ ނަތީޖާ ދެން ވޯޓު ދޭދުވަހަކުން ފެންނާނެ ކަމީ ށައްކެއް އޮތް ކަމެއްނޫނެވެ.

  11
  1
 5. ހޭބަލި

  ކިހާ ދެރަކަމެއް މީ...! މިގައުމުގެ މާދަރީ ބަހަކީ އިނގިރޭސި ބަސްތަ؟ މި ގައުމުގެ ކޮންމެ ތަނަކައް ފޯމެއް ހުށައަޅަން ޖެހުނަސް، ފޯމު ފުރަން މި ޖެހެނީ އިނގިރޭސިން...! ތަންކޮޅެއް ބޮދުވަރުމީ...!

 6. ރަބަރޭ

  އަޅުދާސްތު ކުރުމުގެ ލާމަސީލު ނަމޫނާއެއް ދޭންބޭނުން ވާއެއްޗެއް އިހްލާސްތެރިކަމާއެކު ދޭންދަސްކުރަންވެއްޖެނު ފޯމެއް ފުރާ ފާއިބުޑަށް ވެއްޓި ރޮއި ހޭރި އާދޭސް ދަންނަވާހިސާބަށް ކަންތައް ދިއުމުން ތިޔާއީ ދެރަވަރު އަނެއްކާއި
  “ އޮޅުނީ “ ކީނޫންބާ
  ބޮޑުވަރު

 7. ތާކިހާ

  ޖޮބްސެންޓަރުންވެސް މަކަރާއި ހީލަތް، ޓްރޭޑުންވެސް މަކަރާއިހީލަތް، އިންކަމްސަޕޯޓޭކިޔައިގެން މަކަރާއި ހީލަތް. މިއިންތަނަކަށް ރައްޔިތަކަށް ގުޅޭނީއެއްނޫން. ސްޓެލްކޯއިންވެސް މަކަރާހީލަތް. އޮޅުވާލުން. ޞާލިހުް އާދޭސްކޮށްފައިމިބުނަނީ ތިޔަބޭފުޅާ ވެރިކަން ދޫކޮށްލަދެއްވާ މި ޤައުމުގެ ރައްޔޮތުން ބަނޑަށްމަރުނުވަނީސް. # ސެލްފީބެއްޔާ

 8. ﷲއަށްބިރުވެތިވޭ އަނިޔާވެރިންނާދުރައްދޭ

  މީ ދިވެހިންގެ އިހުސާސްއާ ވިން ދާއެއްގޮތަށް އުފަލާހިތަށްފިނިކަން ގެނުވައި ދިންއޯގާތެރި ކަމުންފުރިގެންވާ ސަރުކާރުމީފަހުތާރީހެއްގައި ދިވެހިންނަށް ލިބިފައިނުވާވަރުގެއޯގާތެރިކަމުގެ ވެރިއެއް ރައީސް އިބުރާއްހިމްމުހައްމަ ދުސޯލިހްއަކީ މިކަންހުރިހާ ދިވެހިންހިތުގެއަޑީންގަބޫލްކުރޭ