ރާއްޖޭގެ ބޯޑަރުތައް ހުޅުވާލައި، ފަތުރުވެރިންނަށް މަރުހަބާ ކިޔާފައިވާ އިރު، ގިނަ ރިސޯޓުތަކުން ފުރަބަންދުގެ ތެރޭގައި ކުރި އެއް ކަމަކީ ރިސޯޓުތައް މަރާމާތު ކުރުމެވެ. އަދި ބައެއް ރިސޯޓުތަކުން ގައިދުރު ކަމަށް އިސްކަން ދީގެން ރިސޯޓުގެ ކަންކަން ބަދަލު ކުރިއެވެ.

އޭގެ ތެރެއިން އެއް ރިސޯޓަކީ ބ. ފިނޮޅެވެ. އެ ރިސޯޓަކީ މިހާރު ވެސް މަރާމާތަށް ބަންދުކޮށްފައި އޮތް ރިސޯޓެކެވެ. ރިސޯޓު ހުޅުވުމަށްޓަކައި ވާން ޖެހޭ ތައްޔާރީތައް ވަމުންދާ އިރު، އެންމެ ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ އެ ރަށު ހަދާފައިވާ "ބީޗު ބަބުލް" އަށެވެ.

ފިނޮޅު ރިސޯޓުގެ ބީޗުގައި ވަށް ބޮޅެއް ގޮތަށް ހަދާފައިވާ އެ ތަނަކީ އެނދާއި ގޮނޑި ފަދަ ތަކެތި ބަހައްޓައިގެން ހަދާފައި އޮތް ރޫމެކެވެ. އެ ތަނުގައި ތިބޭ އިރު، ގޮނޑުދޮށަށް ރާޅު ބީއްސާލާ މަންޒަރާއި އިރުއޮއްސޭ މަންޒަރުގެ ރީތިކަން ފުރިހަމަ އަށް ފެންނާނެއެވެ.

އުދަރެހުގެ ކުލަތަކަށް އަންނަ ބަދަލުތައް ބަލާލައި، ހިތްފަސޭހަ، އަމާން މާހައުލެއް ތަޖުރިބާކޮށްލަން ބޭނުންވާ ކޮންމެ މީހަކަށް ވެސް އެ ތަން ފުދެއެވެ.

މިއީ ފިނޮޅު ރިސޯޓުގެ ގޮނޑުދޮށުގައި ހުރި އެންމެ ހިތްގައިމު ތަނެވެ.

މިތަނުގައި ވަގުތު ހޭދަކޮށްލަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އެކަމަކު، އެ ތަނުގައި ތިބެވޭނީ މަޑުކޮށްލެވޭނީ އެއް ރެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަވްބެ

    ތިތާ ކުރާނެހާވެސް ކަމަކީ ދެމަފިރިންނަމަ ރޭކުރާނީ އަދި ދެމަފިރިން ނޫންނަމަ ޒިނޭކުރާނީ...........

    13
  2. Anonymous

    ނިދާފަތިއްބާ ފޮޑިއެއްޖެހޭއިރަށް ފޯރިއެއްހުންނާނެތާ! އެއަރ ޕިއުރިފައަރ އެތެރޭގައި ބަހަށްޓައިގެން ނޫނީ ނިދަން ނުކެރޭނެ! ލޮލް