އެސްޓީއޯ އިން ވިއްކަމުން އަންނަ ޕެޓްރޯލާއި ޑީސަލުގެ އަގަށް ބަދަލު ގެނެސްފައި ނުވާ ކަމަށް އެ ކުންފުނިން ބުނެފިއެެވެ.

އެ ކުންފުނިން މިގޮތަށް ބުނެފައި ވަނީ އެ ކުންފުނީގެ ދަށުން ހިންގަމުން އަންނަ ފިއުލް ސަޕްލައި އިން ޕެޓްރޯލާއި ޑީސެލްގެ އަގު ބޮޑުކޮށްފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކުރުމާއި ގުޅިގެންނެވެ.

އެސްޓީއޯ އިން ބުނީ، އަދިވެސް ޕެޓްރޯލް ޝެޑްތަކުން ޕެޓްރޯލާއި، ޑީސެލް ވިއްކަމުން އަންނަނީ މިދިޔަ މާޗު މަހު އެކުންފުނިން ކުޑަ ކުރި އަގުގައި ކަމަށެވެ.

އެ ކުންފުނިން ވަނީ، މި އަހަރުގެ މާރިޗް މަހުގެ 21 ވަނަ ދުވަހު ޑީސަލް ލީޓަރަކުން 1.68ރ އަދި ޕެޓްރޯލް ލީޓަރަކުން 1.53ރ ހެޔޮށްފައެވެ. މިއީ މިއަހަރު އެސްޓީއޯއިން ތެލުގެ އަގު ހެޔޮކުރާ 3 ވަނަ ފަހަރުކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

އެގޮތުން މިހާރުވެސް ޑީސަލް ލީޓަރެއް 8.71ރ އަށް ލިބެން ހުންނާނެއެވެ. އަދި ޕެޓްރޯލް ލީޓަރެއް ލިބެން ހުންނާނީ 8.07ރ އަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަދުނާނު

    އެސްޓީއޯގެ ދަށުން ހިންގާ ފިއުލްސަޕްލައިމޯލްޑިވްސް ޕްރައިވެޓްލިމިޓެޑް ގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ މުހައްމަދު ސައީދު ސޮއިކޮށް 3 ސެޕްޓެމްބަރ 2020 ވަނަ ދުވަހު ކަސްޓަމަރުންނަށް ފޮނުވައިފައިވާ ސާކިއުލާ ނަމްބަރ އެފްއެސްއެމް-އޭޑީއެމް/އެލްޓީއާރު/2020-5015 ގައި ބުނަނީ ޑީސަލް ލީޓަރަކުން 0.35 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 0.29 ލާރި ބޮޑުކޮށްފިކަމަށް.
    އަނެއްކާ އޮޅިގެންވީކަމެއްތޯ. އޮޅޭ ސަރުކާރެއްގެ ކުންފުނިތަކުގެ ވެރިންވެސް ތިބޭނީ އޮޅިފައި.