މުޅި ދުނިޔޭގައިވެސް އަލަށް ފަތުރުވެރިންނަށް ހާއްސަ އިނާޔަތްތަކެއް ލިބޭ "ބޯޑަރ މައިލްސް މޯލްޑިވްސް" އިފްތިތާހުކޮށްފިއެވެ.

ބޯޑަރ މައިލްސް މޯލްޑިވްސް އިފްތިތާހުކޮށްފައި ވަނީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހަށް ހާއްސަކޮށްގެން މިރޭ ބޭއްވި ހާއްސަ ޖަލްސާއެއްގައި ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ.އަބްދުﷲ މައުސޫމް އެވެ.

ބޯޑަރ މައިލްސް މޯލްޑިވްސް އަކީ ކޮންމެ ފަތުރުވެރިއަކުވެސް ރާއްޖޭގެ ބޯޑަރު ހުރަސްކޮށް ރާއްޖެ އަންނަ ކޮންމެ ފަހަރަކު ޕޮއިންޓު ލިބޭ ގޮތަށް އުފައްދާފައިވާ ޕްރޮމޯޝަނެކެވެ. އެ ޕްރޮމޯޝަނުގައި ވަނީ ތިން ގިންތިއެއް ވެސް ކަނޑައަޅާފައެވެ. މި ތިން ގިންތިއަށް ވަނީ، އިނގިރޭސި ބަހުން އަދި ދިވެހި ބަހުން ހާއްސަ ނަންތަކެއްވެސް ދީފައެވެ.

މިގޮތަށް ލިބޭ ޕޮއިންޓުތައް ހާއްސަ ދުވަސްވަރުތަކުގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އިތުރުވާނެ އެވެ. ރާއްޖޭގެ ބޯޑަރު ހުރަސްކުރާ ފަތުރުވެރިންނަށް ލިބޭ ޕޮއިންޓުތަކު ތިން ގިންތިއަކީ، ބްރޮންޒް (އައިދާ)، ސިލްވަރ (އަންތަރާ) އަދި ގޯލްޑް (އަބާރަނަ) އެވެ.

މި ޕޮއިންޓުތައް އިތުރުވަމުން އަންނަ ވަރަކަށް ފަތުރުވެރިންނަށް ލިބޭ އިނާޔަތްތައްވެސް އިތުރުވާނެއެވެ. މިއީ މޯލްޑިވްސް އިމިގްރޭޝަނުން އިސްނަގައިގެން އެހެނިހެން ކަމާއިބެހޭ އިދާރާތަކާއި ގުޅިގެން ކުރިއަށް ގެންދާ ހާއްސަ ޕްރޮމޯޝަނެކެވެ.

މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަހާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު ލޮޅުމެއް އައިސްފައިވާއިރު، މިކަމުން އަރައިގަތުމަށް ކަމާއިބެހޭ ހުރިހާ އިދާރާއަކުންވެސް ގިނަ މަސައްކަތްތަކެއް ކުރަމުން ދާކަމަށް ޓުއަރިޒަމް މިނިސްޓްރީ އިން ވަނީ ހާމަކޮށްފައެވެ.

މި ޕްރޮމޯޝަނާއި އެކު ރާއްޖޭގެ ފަތުރުވެރިކަން އާ ހަރުފަތަކަށް ގެންދެވޭނެ ކަމަށް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ. މިއީ މިހާތަނަށް ދުނިޔޭގައިވެސް މިފަދަ ޕްރޮމޯޝަނެއް ކުރިއަށް ގެންދާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މެކުނު

    ދެން އިދިކޮޅު ކުދިންކޮޅު ގޮވަންފަށާނެ ތީ ޔާމީނު ސަރުކާރުން ރާވާފަ އޮތްކަމެކޭ.
    ވަށްކަން ނޫންކަމެއް ކުރާކައް ނޭގޭނެ

    11
    • Anonymous

      އިދިކޮޅު މީހުންތަ އަދިވެސް ކަންނުވެ ނަންވާން އުޅެނީ. މަހީކުރީ އެއީ ރީނދޫ ސްޕެޝަލްޓީއެއް ކަމަށް. ބްރިޖްވެސް އެޅީ އަންނި އިނގިރޭސި ވިލާތުގަ ހުރެގެން އާމާލް ކްލޫނީއާ ދެމީހުން ލެޕްޓޮޕެއް ހިފައިގެން އުޅެނިކޮށޯ. ހިޔާ ފްލެޓްވެސް އެއީ އިބޫއަށް ނިދާފަ އޮއްވާ ފެނުނު ހުވަފެނަކުންވީކަމެކޯ.ސައޫދީން އެހީދިނީވެސް ޝާހިދު ކާޕެޓަށް ހުންނަ ވަރު ފެނިފަ ކެތްނުވެގެންނޯ.

    • ޏަސް

      ތީގަ ސޯލިހު ކުރި ކަ މެއް ނެތެއްނު. ީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީ. ޢި މިގިރޭސަން އިސްވެ ކުޜާ ކަ މެއް. ތިކަ މުން ސޯލިހު ކުރިކަ މަކައް ވަންޏާ ހުރިހާ ވައްކަ މެއްވެސް ސޯލިހެ ކީ މަ ރީނދު ކުދިން ރުޅި ގަދަވަނީ ކީއްވެ.😀

    • އަލި ދީދީ

      ކަލޭމެން ކުރީ ސަރުކާރޭ ފަޅޮލޭ ކިޔަ ކިޔާ ތިއްބާ ދައުރު މި ނިމެނީ.. ލަދެއް ނުގަނޭތަ؟؟؟ ކަލޭމެން ތިބުނާ "ވަގަކު" އެޅި 7000 ފްލެޓާއި މާސިންގާ ހޮސްޕިޓަލަކާއި ކަނޑު ހުރަސްކޮށް އެޅި ބްރިޖާއި ހުޅުމާލެ 2 ވަނަ ފޭސް އާއި، އެއަރޕޯޓް ޓަރމިނަލާއި ބޮޑު ރަންވޭ އާއި މިހެން ގޮސް 5 އަހަރުން ކޮންމެ މަހަކަށް ވާ ވަރަށް "މެގަ ޕްރޮޖެކްޓް' ހިންގާފަ އެބަހުރި.. އޭގެ ނަފާ ރައްޔިތުންނަށް އެބަ ލިބޭ.. ރައްޔިތުން ޤަމާރުން ކަމަށް ދެކުން ހުއްޓާލަން ވެއްޖެއެއްނު..

  2. ސަރޭ

    މިއީ ވަރަށް ވިސްނުން ތެރި ރަނގަޅު ކަމެއް. މިއީ ހަމަ ކުރަންޖެހޭކަމެއް. އަބަދުވެސް މިކަން މިގޮތަށްއޮތުމަކީ ރާްއްޖެއަށް ފައިދާކުރާނެ ކަމެއް ޓޫރިސްޓުންއިތުރު ވާނެ ކަމެެއް. މިއީ ވައްތަރެއްގެ އޯލް އިންކުލޫސިވެއް.ވަރަށް ސަޅި.

  3. ފަރީދު

    ތިޔަށްވުރެ ތިޔަ ރިސޯޓްތަކަށް އަންނަ ބައެއް ގެސްޓުންނާ ވަޒީފާތަކަށް އަންނަ ނޭޕާލް ޕިލިޕީންސް ފަދަ ޤައުމުތަކުގެ ކުދިންނާ ދިވެހި ސްޓާފުންނާ ދެމެދު އޮންނަ ނަހަމަ ގުޅުންތައް މޮނިޓަރުކޮށް ހުއްޓުވަބަލާށެވެ. އޭރުން މާތްﷲ ރަޙްމަތްލައްވައި ރޯދިބަރަކާތް އިތުރުކޮށްދެއްވާނެއެވެ.

  4. ޑައެލޯގް

    ބަލަ ތީކީއްކުރަންކުރާކަމެއް. މިސަރުކާރު ބޭނުންވީ ޓުވަރިސްޓުން ރާއްޖެނައިސް ބޯއިކަޓްކޮށް އިގްތިޞާދު ފުޑުވާން. ދެން އެމީހުންގެ ވެރިކަމެއްގައި އެކަންމިއޮތީ މިންވަރުކުރައްވާފަދޯ އެބަޔަކު ކުރާދުވާ އެބަޔަކަށްދޯ ލިބޭނީ ވީމަ ތިކަންކުރާނެކަމެއްނެތެއްނޫންދޯ

  5. މީހާ

    "މޯލްޑިވްސް ބޯޑަރ މައިލްސް" ތޯ ނޫނީ "ބޯޑަރ މައިލްސް މޯލްޑިވްސް"ތޯ؟