ރާއްޖޭގައި ފުޅާދާއިރާއެއްގައި ގޭހުގެ ވިޔަފާރި ކުރަމުން އަންނަ ވިލާ ގޭސް އިން، އެކުންފުނިން ވިއްކާ ކޮމްޕޮސިޓް ފުޅީގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ވިލާ ގޭސްގެ ކޮމްޕޮސިޓް ސިލިންޑަރަކީ ލުުއި އަދި އަލިފާނުގެ ހާދިސާއެއް ހިނގި ނަމަވެސް ފުޅި ގޮވުންފަދަ ހާދިސާތައް ނުހިނގާނެ ގޮތަށް ތައްޔާރުކޮށްފައިވާ ފުޅިއެކެވެ.

ވިލާ ގޭސް އިން މިއަދު ބުނީ، ކަސްޓަމަރުންގެ އިތުބާރު ލިބިފައިވާ މި ވައްްތަރު ގޭސްފުޅިއަށް ހާއްސަކޮށް ފެށި ޕްރޮމޯޝަންގެ ދަށުން އެ ކުންފުނީގެ އަލަށް ރަޖިސްޓަރވާ ގޭބިސީތަކަށް ފުޅީގެ އަގު ނުލައި، 200 ރުފިޔާ ދައްކައިގެން ގޭހާއެކު ފުޅި ލިބޭނެ ކަަމަށެވެ.

މިއަދުން ފެށިގެން މަަަސް ދުވަހަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގެ ދަށުން ރަޖިސްޓަރވާ ފަރާތްތަކަށް ވަރަށް ހާއްސަ ލަކީ ޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށް ވިލާ ގޭހުން ބުންޏެވެ.

އެގޮތުން މި ލަކީ ޑްރޯގައި ބައިވެރިވެގެން ހޮވޭ ފުރަތަމަ ނަސީބުވެރިއަކަށް ޕެރެޑައިސް އައިލެންޑް ރިސޯޓުގައި 4 މީހުންނާއެކު ދެ ރޭ ހުރުމާއި ކެއުމާއި، ދަތުރު ލިބިގެން ދާނެ އެވެ. އަދި ދެވަނަ ނަސީބުވެރިޔާއަށް ދެ މީހުންނާއެކު ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ދެ ރޭގެ ހުރުމާއި ކެއުމާއި، ދަތުރު ލިބިގެންދާނެ އެވެ.

މިއީ ވިލާ ގޭސްއިން މާލެ ސަަރަހައްދުގައި ދިރިއުޅޭ މީހުންނަށް ހާއްސަކޮށް ކުރިއަށްގެންދާ ޕްރޮމޯޝަން އެކެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވުމަށް މި ވެބްސަައިޓުގައި ރަޖިސްޓަރ ކުރުމުން، ނޫނީ ހޮޓްލައިން 7725566 އަށް ގުޅައިގެން ބައިވެރިވެވޭނެ އެވެ.

ވިލާ ގޭހުން ބުނެފައިވާގޮތުގައި، އެ ކުންފުނީގެ ހޮޓްލައިންއަށް ގުޅޭނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން އިރުއޮއްސު 18:00 އާ ހަމައަށެވެ. އަދި ހުކުރު ދުވަހު ހޮޓްލައިނަށް ގުޅޭނީ މެންދުރުފަހު 15:00 އިން 18:00 އަށް ކަމަށްވެސް ވިލާ ގޭހުން ބުންޏެވެ.

ވިލާ ގޭހުން ބުނީ، މި ޕްރޮމޯޝަން ކުރިއަށްގެންދާނީ ލިމިޓެޑް އަދަދެެއްގެ ފުޅިތަކެއް ލިބޭ ގޮތަށެވެ. އެހެންކަމުން އަވަހަށް ރަޖިސްޓަރ ކުރާ މީހުންނަށް މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށް ވިލާ ގޭހުން ބުނެފައި ވެއެވެ.