ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އޮރިޖިނަލް މޯބައިލް ފޯންތައް ވިއްކަމުން އަންނަ ސޮއްޓި ބިޒް މޯބައިލް ފިހާރަ މިހާރު ވަނީ ޗާންދަނީ މަގުގެ ޖަލާލުއްދީން މިސްކިތް ކުރިމައްޗަށް ބަދަލުކޮށްފައެވެ. އެކި ބްރޭންޑްތަކުގެ މޯބައިލް ފޯނާއި، ފޯނާއި ގުޅުން ހުރި ތަކެތި ސޮއްޓިބިޒް ފިހާރައިން ލިބޭނެއެވެ.

މީގެ އިތުރުން، އެ ފިހާރައިން ފޯންތައް މަރާމާތުކޮށް ދިނުމުގެ ހިދުމަތްވެސް ދެއެވެ. އެހެންކަމުން މޯބައިލް ފޯނު މަރާމާތު ކުރަން ބޭނުންވާ ރަށްރަށުގައި ތިބި ފަރާތްތަކުން ވެސް މަރާމާތުކުރުމަށް ބޭނުންވާ މޯބައިލް ފޯނު ބޯޓަށް ނޫނީ ލޯންޗް ފަހަރަށް ލުމަށްފަހު ސޮއްޓިބިޒް ފިހާރައިގެ ނަމްބަރު 7449955 އަށް ގުޅާލުމުން ނުވަތަ ވައިބަ ކުރުމުން އެ ފިހާރައިގެ ފަރާތުން ފޯނު ނަގާ، ފޯނު މަރާމާތުކުރުމަށްފަހު އަނބުރާ ބޯޓު ނޫނީ ލޯންޗާއި ހަމައަށް އިތުބާރާއި ޔަގީންކަމާއިއެކު ގެންގޮސް ދޭނެއެވެ.

ސޮއްޓި ބިޒް މޯބައިލް ފިހާރައިން ވިއްކާ ފޯންތަކުގެ ތެރޭގައި ދުނިޔޭގެ އެންމެ މަޝްހޫރު ބްރޭންޑްތަކުގެ މޯބައިލް ފޯން ކަމުގައިވާ އެޕަލް، ސެމްސަންގް، ޒިއޯމި، ފަދަ ބްރޭންޑްތަކުގެ އިތުރުން އެންމެ އާދައިގެ ފޯންތައް ވެސް ލިބެން ހުންނާނައެވެ. މި ފިހާރައިން ވިއްކާ މޯބައިލް ފޯންތައް ރަށުގެ ލޯންޗާއި ހަމައަށް ނޫނީ ބޯޓު ފަހަރާއި ހަމައަށް ޑެލިވަކޮށް ދޭނެއެވެ.

ސޮއްޓި ބިޒް އިން ވިއްކާ ފޯންތަކަށް އެއް އަހަރު ދުވަހުގެ ވޮރެންޓީ ދޭއިރު، އެތަނުން ވިއްކާ ފޯންތަކާއި، އެތަނުން ދޭ ހިދުމަތްތަކާއި ގުޅޭ މައުލޫމާތު ސާފުކުރުމަށް 7750004 އަށް ގުޅުމުން ބޭނުންވާ މައުލޫމާތު ލިބޭނެއެވެ.