15 ފެބްރުއަރީ އިން ފެށިގެން އެންޒީއިން ކުރިއަށް ގެންދާ "އެންޒީ ވަރަށްފައްކާ ޕްރޮމޯޝަންގެ އޮގަސްޓް، ސެޕްޓެމްބަރ އަދި އޮކްޓޯބަރ މަހުގެ ނަސީބުވެރިން ހޮވައިފިއެވެ.

ނޮވެމްބަރު 14 ވަނަ ދުވަހު މި ތިން މަހުގެ ނަސީބުވެރިން ހޮވުމަށް ލަކީ ޑްރޯ ނަގާފައި ވަނީ، ޓީވީއެމްއިން ލައިވްކޮށް ދައްކާ އަދި އެންޒީ ފޭސްބުކް ޕޭޖުންވެސް ލައިވްކޮށްގެންނެވެ.

ކުރީގައި ރޭވިފައިވާ ގޮތުން ޕްރޮމޯޝަންގެ މުއްދަތަކީ 15 ފެބްރުއަރީ އިން 31 ޖުލައި މަހުގެ ނިޔަލަށެވެ. އެހެންނަމަވެސް ޕްރޮމޯޝަންއަށް ލިބެމުންދާ ތަރުޙީބުގެ ބޮޑުކަމުން މިހާރު ޕްރޮމޯޝަންގެ މުއްދަތުވަނީ 31 ޑެސެމްބަރާއި ހަމައަށް އިތުރުކޮށްފައެވެ.

މާޗް މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ލަކީޑްރޯއިން ހޮވިފައިވާ ނަސީބުވެރިންނަށް ފައިސާގެ އިނާމުވަނީ މިހާރު ހަވާލުކުރެވިފައެވެ. އޮގަސްޓް މަހުން ފެށިގެން ލަކީޑްރޯ ނެގުން ލަސްވެފައިވަނީ ކޮވިޑްގެ ސަބަބުންނެވެ.

އެންޒީ ވަރަށް ފައްކާ ޕްރޮމޯޝަން ލޭބަލް ޖަހާފައިވާ މަސްދަޅެއް ބައްލަވައިގެން ލޭބަލް ކޮޅު ނައްޓަވާލެއްވުމަށްފަހު ލޭބަލްގެ އެތެރޭގައިވާ ސީރިއަލް ނަންބަރު 5040 އަށް އެސް.އެމް.އެސް ކުރެއްވުމުން ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.

ކޮންމެ މަހަކު ލަކީޑްރޯއިން ހޮވޭ 3 ފަރާތަކަށް ފައިސާގެ އިނާމު ލިބިގެން ދާނެއެވެ. ތިން ވަނައަށް 1،000ރ ދެވަަނައަށް 5،000ރ އަދި އެއްވަނައަށް 10،000 ރުފިޔާ.އަދި 15 ފެބްރުއަރީ އިން 31 ޑިސެމްބަރ 2020، މި މުއްދަތުގެ ތެރޭގައި އެސް.އެމް.އެސް ކުރައްވާއިވާ ހުރިހާ ބޭފުޅުންގެ މެދުގައި ގްރޭންޑް ލަކީ ޑްރޯއެއް ނެގިގެންދާނެއެވެ. ގްރޭންޑް ލަކީ ޑްރޯގެ ނަސީބުވެރި 3 ފަރާތަކަށް ފައިސާގެ އިނާމުގެ ގޮތުގައި 30،000ރ، 50،000ރ، އަދި 100،000ރ ލިބިގެންދާނެއެވެ.
ލަކީ ޑްރޯއިން ހޮވިވަޑައިގަތް ހުރިހާ ބޭފުޅުންނަށްވެސް އެންޒީ އިން މިއަދުގެ ވަގުތެއްގައި ގުޅާފަ ފައިސާ ޙަވާލުކުރާނެ ގޮތުގެ އިރުޝާދު ދެވޭނެއެވެ.
މި ދުވަސްކޮޅަކީ ވަރަށް ގިނަ އަދަދެއްގެ ބޭފުޅުން ގަސް އިނދުމަށް ވަރަށް ޙާއްސަ ޝައުޤުވެރިކަމެއް ހުރި ދުވަސްކޮޅެއްކަމުން، ފާހަގަކޮށްލަން ބޭނުންވޭ އެންޒީ އިންވަނީ މަހުގެ ވޭސްޓް ބޭނުންކޮށްގެން ގަސްކާނާއެއް ޖުލައި މަހުގެ ފަހުކޮޅު ބާޒާރަށް ނެރެފައެވެ. 1 ކިލޯގެ ގަސްކާނާ ޕްކެޓެއް އެންމެ 25 ރުފިޔާ އަށް އެންޒީގެ ކޮންމެ ފިހާރައަކުންވެސް ލިބެން ހުންނާނެއެވެ.

ގޭގައި ތިއްބަވައިގެން އެންޒީގެ ކޮންމެ ޕްރޮޑަކްޓެއްވެސް www.enzi.mv އިން އޯޑަރ ކޮށްލެވޭނެއެވެ.

މަސްކޭސް ނަގާނަމަ، ތެޔޮ މަސްދަޅު ކޭހެއް 555ރ އަދި ފެން މަސްދަޅު ކޭހެއް 530ރ ލިބޭނެއެވެ.