ކޮވިޑް-19 އާ ގުޅިގެން ބޮޑެތި ވިޔަފާރިތަކަށް ދިމާވެފައިވާ ދަތިކަން ހައްލުކުރުމުގެ ގޮތުން ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރަމުން އަންނަ ލޯނުތަކުގެ ތެރެއިން މިހާތަނަށް 554 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީ އިން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް 554.7 ،މިލިއަން ރުފިޔާ ވަނީ ބޮޑެތި ވިޔަފާރިތަކަށް ދޫކޮށްފައެވެ. މިހާތަނަށް މި ލޯނުތައް 394 ވިޔަފާރިއަކުން ނަގާފައިވާކަމަށް ބީއެމްއެމް އިން ވަނީ ހާމަކޮށްފައެވެ.

މިިހާތަނަށް އެކި ސަބަބުތަކާއި ހުރެ ބަލައިނުގެންފައި ވަނީ ލޯނަށް ހުށަހެެޅި އެންމެ 17 އެޕްލކޭޝަންއެެވެ.

މި ލޯނު ސްކީމަކީ މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަހުގެ ސަބަބުން ވިޔަފާރިތަކަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް ސަރުކާރާއި ބީއެމްއެލް އިން ގުޅިގެން ދެމުން އަންނަ ލޯނުތަކެކެވެ.

ރިސޯޓެއް ނަމަ 7.7 މިލިއަން ރުފިޔާ އާއި ހަމަޔަށް ލޯނު ދޫކުރަމުން އަންނައިރު، ބޮޑެތި ވިޔަފާރިތަކަށް އެއް މިލިއަން ރުުފިޔާ އާއި ހަމަޔަށް ލޯނު ދޫކުރުމަށް ބީއެމްއެލް އިން ވަނީ ނިންމާފައެވެ.

މި ލޯނަށް އިންޓްރެސްޓު ރޭޓުގެ އަހަރު ޗާޖުކުރާނީ ހަ އިންސައްތައެވެ. ލޯނުތައް ދެެއްކުމަށް ވަނީ ތިން އަހަރު ދުވަހުގެ މުއްދަތެއް ދީފައެވެ.

މީގެ އިތުރުން ސަރުކާރުން އަންނަނީ ކުދި ވިޔަފާރިތަކަށް ވެސް ލޯނު އެހީ ފޯރުކޮށްދެމުންނެވެ. ހަމަ ބީއެމްއެލް އާއި ގުޅިގެން ސަރުކާރުން ކުދި ވިޔަފާރިތައް ހިންގުމަށް އަންނަނީ 300،000 ރުފިޔާ އާއި ހަމަޔަށް ލޯނު ދޫކުރަމުންނެވެ. މި ލޯނަށްވެސް ގިނަ ބައެއްގެ ޝައުގުވެރިކަން ވަނީ ލިބިފައެވެ.

މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަހާއި ގުޅިގެން ވިޔަފާރިތަކަށް އައިސްފައިވާ ހީނަރުކަން ފިލުވުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ު

ކިޔުންތެރިންގެ ހިޔާލު