ވިލާ ހޮޓެލްސް އެންޑް ރިޒޯޓްސްގެ ތިން ރިސޯޓެއްގެ އިސް މަގާމްތަކަށް ބޭފުޅުން ހަމަޖައްސައިފިއެވެ.

ވިލާގެ ކުޑައިގެ ދަށުން ހިދުމަތްދެމުން އަންނަ، ސަން އައިލެންޑް ރިޒޯޓް އެންޑް ސްޕާގެ ޖެނެރަލް މެނޭޖަރގެ މަގާމަށް ހަމަޖައްސާފައި ވަނީ އަބްދުﷲ ފަޠުހީއެވެ. ހޮލިޑޭ އައިލެންޑް ރިޒޯޓް އެންޑް ސްޕާގެ ރިޒޯޓް މެނޭޖަރގެ މަގާމަށް އަލީ ނަސީރު ހަމަޖައްސާފައެވެ.

އަދި ޕެރެޑައިސް އައިލެންޑް ރިޒޯޓް އެންޑް ސްޕާގެ އިސް ދެ މަގާމަކަށްވެސް ބޭފުޅުން ވަނީ އައްޔަންކޮށްފައެވެ. އެގޮތުން ރިޒޯޓު މެނޭޖަރގެ މަގާމަށް ހަމަޖައްސާފައި ވަނީ ޢަބްދުއްﷲ ސައީދުއެވެ. އަދި އެގްޒެކެޓިވް އެސިސްޓެންޓް މެނޭޖަރގެ މަގާމަށް ހަމަޖައްސާފައި ވަނީ މުހައްމަދު އިބާދު ޢަބްދުﷲ އެވެ.

1988 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ ވިލާ ރިސޯޓްތަކަކީ ރާއްޖޭގެ އެންެމެ ބޮޑު ލޯކަލް ހޮޓެލް ބްރޭންޑެވެ. މިހާރުވެސް އެ ކުންފުނީގެ ކުޑައިގެ ދަށުން ފަސް ރިޒޯޓެއް ދަނީ ހިންގަމުންނެވެ.

އެއީ ސަން އައިލެންޑް ރިޒޯޓް އެންޑް ސްޕާ، ހޮލިޑޭ އައިލެންޑް ރިޒޯޓް އެންޑް ސްޕާ، ޕެރެޑައިސް އައިލެންޑް ރިޒޯޓް އެންޑް ސްޕާ، ރޯޔަލް އައިލެންޑް ރިޒޯޓް އެންޑް ސްޕާގެ އިތުރުން ފަން އައިލެންޑް ރިޒޯޓް އެންޑް ސްޕާއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އަހަރެން

    ހެޔޮބަދަލެއްކަމަށް އުއްމީދުކުރަން. މަރުހަބާ

  2. އައްޓަމަސް

    ޔުނިވަރސަލް ކުޑައިގެ ދަށުގައި 16 ވަރަކަށް ރިސޯޓް އެބައޮތް، ޗަމްޕާކުޑައިގެ ދަށުގައި 7 ރިސޯޓް އެބައޮތް އެކަމަކުވެސް ބޮޑީ ވިލާ؟!

  3. ޟާހިބާ

    މިކަން ވަގުތު ނޫހަށް މިހާ ޚާއްސަވީ ކީއްވެބާ؟

  4. ބޯހަލާކު

    ވިލާގެ މުވައްޒަފުންގެ މުސާރަތައް ހަމަޔަށް ދޭން ފަށާނެކަމަށް އުންމީދު ކުރަން

  5. އަހުމަދު

    ދެންވެސް 3 މަހުގެ ސަރވިސް ދޭން ވެއްޖެ ދޯ

  6. ހުވާ

    އަލީވަހީދުގެ މަންދޫބެއް ވޭބާ

  7. ޙިޔާލު

    އަރިއަރިއައް މީހުންބަދަލު ކުރިޔަސް ކަމަކުނުދާނެ ކޮބާ މުސާރަ އާއި ސާރވިސްޗާޖް

  8. ވަޓްޑޫޔޫ

    ވިލާގެ ތިން ރިސޯޓެއްގެ އިސް މަގާމްތަކަށް ބޭފުޅުން ހަމަޖައްސިއިރު ހުރިހާ މަގާމްތަކަށް މިހަމަ ޖެއްސީ އެއީ ދިވެހިންނޭ ވިިލާ ގެ ރިސޯރޓްސް ތަކޭ ރާއްޖޭގައި ހުރި ހުރިހާ ރިސޯރޓްސް ތަކުން ރިއަލީ ލޭންޑް ސްކޭޕް ހަދަނީ އިންޑިއާ ސޯނޫ މެން ހިންގާ ސޮނެވާ ފުށި ތަންތަން އެމެން ކުނި ކަހަން ޖެހިދާނެތީވެ މަގުމަތީގައި ހުންނަ ކުނި ކަހާ ފައި މަގުމަތީގެ ދެފަރާތަށް ކުނި ތައް އުކާލުމުގެ ސަބަބުން ނަންނުގަތި އާއި ބިޗުލާ އަދި މީދަލޭ މުޅި ރަށުގައި އޮންނަނީ އެއީ ތިމާވެއްޓާއި ރަށްޓެއްސެއް ނޫނޭ އެއީ ބޮޑު ފޭކް އެކޭ ތިމާވެއްޓާއި ރަށްޓެހިވުމަކީ ތިމގެ ވަށައިގެްނ ސާފު ތާހިރު ކަމޭ ފުރަތަމަ އެކަން ވިލާ ރިސޯރޓްސް ތަކުގައި ވަނީ ވަރަށް ރަނގަޅަށް މެއިންޓެއިން ކޮށްފައޭ މިހެން މިވަނީ އެއީ ވިލާ ރިސޯރޓްސް ތަކުގައި ޖީއެމްމެންގެ ގޮތުގައި ދިވެހިން ތިބޭތީއޭ ވިލާ ރިސޯރޓްސް ތަކުން މެއިން ޓެއިނެންސް މަސައްކަތަށް ވަރަށް މަދުން ނޫނީ މާލޭން މީހުން ނުގެންދާނެއޭ މުޅިންވެސް ރިސޯރޓްގެ މެއިންޓެއިން މަސައްކަތް ތައް ކުރާނީ އެއީ ރަށުގެ މުވައްޒަފުންނޭ މިކަން މިހާރު ނުފެނެއޭ ޔުނިވަރސަލް ރިސޯރޓްސް ތަކުން ވެސް އަދި ޗަންޕާ ރިސޯރޓްސް ތަކުން ވެސް އަދި ސަންޓްރެވެލް ގެ ރިސޯރޓްސް ތަކުން ވެސް މިކަން މިހެން މިވަނީ އެއީ ރިސޯރޓްސް ތަކުގެ ބޮޑުންނަށް ދޮން މީހުން ބޮޑުންނަށް ލާފައި ތިބުމުން ނޭ މީ ސީދާ މަޓީން ވެސް އަދި ސަރުކާރުން ވެސް ވިސްނަން ޖެހޭނެ ކަމެކޭ. މަމެން ގާސިމް އާއި ސިޔާސީ ގޮތުން ޚަތުރުންނަށް ވެފައި ތިއްބަސް އޭނާ ރިސޯރޓް ހިންގާ ގޮތް އެއީ އެންމެ ބޮޑަށް ދިވެހިރާއްޖެ އަށް ފައިދާ ވާ ގޮތަށް އަދި އެންމެ ބޮޑަށް ގެސްޓުން ލައިކް ވާ ގޮތް ކަން މަމެން ފާހަގަ ކުރަމޭ މި ލަގަބު ނުލިބޭނެއޭ ޔުނިވަރސަލް އަށް ވެސް އަދި ޗަންޕާ އަށް ވެސް އަދި ކްރައުން އަށް ވެސް މީ މަމެން ފާހާގަ ކުރާ ކަމެކޭ. އޯއް އޯއް އޯއް އޯއް ވަޓް ޑޫ ޔޫ މީން އޮން ދިސް ބެޓަރ މޭކް އަޕް ޔުއަރ މައިންޑް..

    • ާއައްފާރު

      ސޯޓްރޫ...ތިބުނާ ސޮނެވާގަ ސަޕްލައިބާލަނީ ޕިކަޕްގަ

  9. ބުއްޅަބޭ

    ދިވެހިންގެ ނަން “ޖަނަރަލް މެނޭޖަރުންގެ” ލިސްޓަށް އެރުމުން އުފާވޭ، އެކަމަކު ހަމަ އެކަނި ނަމެއްގަ ތިބޭ ބަޔެއްތިއީ، ކިބުރުވެރިކަމާއި ބޮޑާ ކަން ނޫން އެހެން ކަމެއްނެތް!

  10. ައަލީ

    ބޮޑާ ކަމުގައި ހައްދު ފަހަނައަޅާފައި ތިބި ބައެއް ތީ! އިހައްދުވަހު ޓްރެއިނީ އަކައް ދިޔަ ސޮރަކަށް އެދިނީ އެގްޒެކެޓިވް އެސިސްޓެންޓް މެނޭޖަރކަން. ދެން ވާނީ އެހެން ދޯ. ހުސް ރަށު މީހުން