އެއާ ސީޝެލްސްގެ ދަތުރުތައް މާދަމާ ރާއްޖެއަށް ފަށަން ތައްޔާރުވެއްޖެ އެވެ.

އެއއާ ސީޝެލްސްގެ ދަތުރުތައް ރާއްޖެއަށް ކުރާނީ ސައުތު އެފްރިކާގެ ޖޮހެނަސްބާގް އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.

މޯލްޑިވްސް އެއާޕޯޓްްސް ކޮމްޕެނީ ލިމިޓެޑުން (އެމްއޭސީއެލް) އިން ބުނީ މާދަމާއިން ފެށިގެން ކޮންމެ ހޮނިހިރު ދުވަހެއްގައި ރާއްޖެ އަށް ދަތުރުކުރާނެ ކަމަށެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށުމާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދު ކުރުމަށް ފަހު، ހުޅުވީ ޖުލައި 15 ގައެވެ. ބޯޑަރުތައް އަލުން ހުޅުވި ފަހުން މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް 72،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.