ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އޮންލައިން ޓްރޭޑް ކުރަން ދަސްކޮށްދޭ އެއް ޕްލެޓްފޯމް ކަމަށްވާ، އެކްސްނެސް މޯލްޑިވްސްއިން ކުރިޔަށް ގެންދިޔަ އެކްނެސް މޯލްޑިވްސްގެ ބޭސިކް ކިޔަވައިދޭ ކޯސް ނިންމާލައިފިއެވެ.

"ވަގުތު" އަށް މަޢުލޫމާތު ދެމުން އެކްނެސް މޯލްޑިވްސް އިން ބުނެފައި ވަނީ ފުރަތަމަ ބެޗްގައި 13 ދަރިވަރަކު ކޯސް ފުރިހަމަ ކުރިއިރު. ދެވަނަ ބެޗްގައި ކިޔެވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އަދި މިމަހުގެ 7 ގެ ކުރިން ކޯހުގައި ބައިވެރިވާ ފަރާތްތަކަށް، ކޯހުގެ ފީ އިން އާރލީ ބާޑް 5% ޑިސްކައުންޓެއް ލިބޭނެ ކަމަށް އެފަރާތުން ބުނެއެވެ.

"ފުރަތަމަ ބެޗްގެ ބޭސިކް ކޯސް މިހާރު މިވަނީ ނިންމާލާފައި. މިހާރު ކުރިޔަށްދަނީ އެޑްވާސްޑް ކޯސް، އަދި ޕްރޮފެޝަނަލް ކޯސް. ޑިސެންބަރ 10 ގައި ފެށޭނެ ކޯހުގެ ދެވަނަ ބެޗް" އެކްނެސް މޯލްޑިވްސް އިން ބުންޏެވެ.

އެކްނެސް މޯލްޑިވްސް އިން ބުނެފައިވަނީ ކޯހުގެ ބައިވެރިން ތިބީ ވަރަށްވެސް ބޮޑަށް ހިތްހަމަ ޖެހިގެން ކަމަށާއި ނޭނގޭ ހުރިހާ އެއްޗެއް ކިޔައިދެމުން އަންނަ ކަމަށެވެ.

"ހަމަ ސީދާ ޒީރޯ އިން މިފަށަނީ. ކޯހުގެ ބައިވެރިން ތިބީ ވަރަށް އުފަލުން، ބޭސިކް އިން އެޑްވާންސަށް ގާތްގަނޑަކަށް ހުރިހާ ދަރިވަރުންހެން ދިޔަ. އަޅުގަނޑުމެން ބަލަނީ އެންމެ ދަރިވަރެއް ވެސް ބާކީ ނުކޮށް ކިޔަވައިދޭން. އަދި ވަކި ވަކި ދަރިވަރުންނަށް އިތުރަށް ކިޔައިދެން ފެންނަ ނަމަ އެކަންވެސް އަޅުގަނޑުމެން ކުރަން" އެކްނެސް މޯލްޑިވްސް އިން ބުނެފައިވެއެވެ.

އެކްނެސް މޯލްޑިވްސްގެ ކޯހުގެ ބައެއް ބައިވެރިންގެ ބަސް ތިރީގައި އެވަނީއެވެ.

"އަސްލު ސަރ، ވަރަށް ރަނގަޅަށް އޮޅުން ފިލުވާ ދެއްވާ. މިހާރު ވަރަށް ބޮޑަށް އެބަ އެނގޭ ޓްރޭޑް ކުރަން." ބައިވެރިޔަކު ކިޔައިދިނެވެ.

އިތުރު ބައިވެރިޔަކު ބުނެފައިވަނީ، ޓްރޭޑް ކުރަން ދަސްނުކޮށް ޓްރޭޑް ކުރަން ފެށުމަކީ މޮޔަ ކަމެއްކަން މިއަދު އޭނާއަށް އެނގިއްޖެ ކަމަށާއި މިގޮތުން މި ކޯހުން ގިނަ ފިލާވަޅުތަކެއް އެނގިގެން ގޮސްފައިވާ ކަމަށެވެ.

އެކްނެސް މޯލްޑިވްގެ ކޯސްތަކުގެ މަޢުލޫމާތު އެބޭފުޅުންގެ ވެބްސައިޓުން ލިބެން ހުރިއިރު، ކޯހުގައި ބައިވެރިވާން ބޭނުންފުޅުވާ ބޭފުޅުން ޓެލެގްރާމް ބޭނުންފުޅު ކުރައްވައިގެން ރެޖިސްޓަރ ކުރެވޭނެ ކަމަށް އެފަރާތުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަބޫސުފިޔާން

    އަހަރެމެން ތިކަހަލަ ވިޔާނުދާ ކަންތައް ކުރަން ބޭނުމެއްނޫން ދީނުގައި ތިއީ ހަލާލް ނުވަތަ ހަރާން ވިޔަފާރިއެއްތޯ ނުބަލާ ؟ ޝައިތާނާ ގެ މަޅީގައި ދެވިހިން ހުސްބުޅީ ގައި ގަންނާނެ.

    6
    17
    • އަމީރާ

      ފޮރެކްސް ޓްރޭޑިން އަކީ ހުރިހާ ގައުމެއްގައި ކުރުން ހުއްދަ ވިޔަފާރިއެއް. ކަމެއްގެ ހަގީގަތް ބެލުމަށްފަހު ކޮމެންޓު ކުރޭ!

      • ....

        ދުނިޔޭގަ ތިބި ހުރިހާ އިލަމުވެރިން އިއްތިފާގުވޭ ފޮރެކޮސް އަކީ ހުއްދަނޫން އެއްޗެއްކަން....ގައުމުތަކުން އެ ބޭނުން ކުރަން ހުއްދަ ދިނުމަކީ އެއީ ދީނުގައި ހުއްދަ އެއްޗަކަށްވާ ކަމުގެ ދަލީލެއްނޫން....މި ގައުމުގަ ރަލުގެ ވިޔަފާރިވެސް ކުރޭ އެކަމަކު ދިވެއްސެއް ނުހުންނާނެ ރަލުގެ ވިޔަފާރި އެއީ ދީނުގައި ހަރާމް އެއްޗެއްކަން ނޭނގޭ...ހުރިހާ ގައުމެއްގައި ބޭންކިންގ ސިސްޓަމްވެސް އެބަ އޮތް...އެއީވެސް ހަރާމް އެއްޗެއް...

    • މޮޔަ

      ދެން ކަލޭ ހައްޖަ ދާން ޑޮލަރު މާރު ކުރުމަކީ ވެސް ހަރާމް ކަމެއް ދޯ..

  2. ރިބާ

    ރިބާ ހިމެނޭ ތޯ ތަކުރާރު ކޮށް ހަނދާން ކޮށްދެން.

    1
    3
  3. ޑިޕޮސިޓް

    ދެންދަސްކޮށްގެން ކީއްކުރާނީ .. މިހާރު ބީއެމްއެލް އިން ވަނީ ހުރިހާ އޮންލައިން އިންޓަރނޭޝަނަލް ޓްރާންސްސެކްޝަން ތައްވެސް ނުކުރެވޭ ގޮތްހަދާފައި.. ތީގެންވާނެ ފައިނޭންސިއަލް ފައިދާ ނެތް.. ދޯ..

    7
    2
  4. މިމީހާ

    ވިޔަފާރި ވަނީ ހުއްދަކުރައްވާފައި، ރިބާވަނީ ހަރާމްކުރައްވާފަ އަދި ޖުވާ ވަނީ ހަރާމް ކުރައްވާފައި. ދީނުގައި އަންގަވާފައިވާ ގޮތުގެމަތިން އެންގިގެން (ވިޔަފާރި) ޓްރޭޑުކުރާމީހުން ޖުވާނުކުޅޭނެ އަދި ރިބާ ނުކާނެ. ވީމާ ޓްރޭޑް ކުރުމަކީ ސީދާ ކޮބާކަން ނޭނގި މިއީ ހަރާމްކަމެއް ކަމަށް ދެކުމަކީ މޮޔަކަމެއް، ދީނުގައި ވިޔަފާރިކުރަން ހުއްދަވާއިރު. އަހަރެންނަކީ ފޮރިންގ އެކްސްޗޭންޖް ޓްރޭޑް ކުރާމީހެއް.
    އަދި އިސްލާބިކް ބޭންކިން އަދި އިކޮނޮމިކްސްއާއި އިސްލާމިކް ހިސްޓްރީ އެންޑް އިސްލާމިކް ތިއޮލޮޖީ ކިޔާފަހުރިމީހެެެއް، މިކަންކުރުމުގައި ޖުވާކުޅެ ރިބާކެއުމަކީ އެކަން ކުރާމީހަކަށް ލިބިފައިވާ ފުރުސަތެއް، ނަމަވެސް އެ ފުރުސަތުދޫކޮށް ވިޔަފާރިއަށް ރުޖޫއަވެ ޓްރޭޑްކުމުންވެސް، އެއްވެސް ހެއްކަކަށް ބަރޯސާނުވެ މިއީ ހަރާމްކަމެކޭ ބުނުމުން ދޭހަވަނީ އެފަދައިން އެބުނާ މީހަކީ ރޯނުއެދުރެއްގެ ސިފައިގަ.

    4
    1
  5. ބމލ

    ޑިޖިޓަލް ވަމުން ގޮސް މި ގެންގުޅޭ ކަރުދާސް ރުފިޔާވެސް ބަދަލު ވާނެ ފޮރެކްސް އަކީ ވެސް ޑިޖިޓަލް މާކެޓެއް މިގަނެވެނީ ހަމަ މުދަލެއް އަގުޖެހުނީމަ ވިއްކަން ވީ ހަމަ މި ފޮރެކްސް ތެރޭގަ ނުޖެހޭނެ މަގުމަތީ ހިނގާކައް ކޮންމެ ކަމަކައްވެސް އިލްމް އުގެނުން މުހިންމު