ވީ.އޭ.ވީ ޕްރައިވެޓް ލިމިޓެޑުން ރާއްޖެއަށް އެތެރެކޮށްފައިވާ ޕޭޕަ ބޯޓް (Paper Boat) ޖޫހުގެ އެއް ލީޓަރުގެ ޕެކެޓް ތައާރަފްކޮށްފިއެވެ. ދިވެހިންގެ އިތުބާރު ހޯދާފައިވާ މިޖޫސް މީގެ ކުރިން ލިބެން ހުރީ 150 އެމްއެލް އަދި 180 އެމްއެލް ގެ ޕެކްޓްގައެވެ.

ޕޭޕަ ބޯޓް ޖޫހަކީ އިންޑިއާގެ އުފެއްދުމެކެވެ. ދުނިޔޭގެ ބާޒާރުގައި ވެސް މަގްބޫލުކަން ހޯދާފައިވާ މިޖޫސް ރާއްޖެއަށް ތަޢާރަފްކުރުމާއެކު ދިވެހިންގެ މެދުގައި ވަރަށް ވެސް ކަމުދާ ބުއިމަކަށް މިވަނީ ވެފައެވެ. މިއީ ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ކަމުދާ، ޕާޓީތަކާއި ޕިކްނިކްތަކަށްވެސް އެހާމެ ކަމުދާ ބުއިމެކެވެ. އަދި ހަމައެއާއެކު މިއީ ސްކޫލްތައް ހުޅުވުމުން އިންޓަވަލް ގަޑިއަށްވެސް ވަރަށް އެކަށޭނެ ގޮތަކަށް ބަންދުކުރެވިފައިވާ ބުއިންތަކެކެވެ.

މިވަގުތު މާކެޓްގައި ލިބެން ހުރި ރަހަތަކުގެ ތެރޭގައި އަނބު، ފޭރު، އޮރެންޖް، އާފަލު އަދި މިކްސް ފްރުޓް ހިމެނެއެވެ. މިއިން ކޮންމެ ފްލޭވާއަކީ ވަކި ތަފާތު ރަހައެއް އެކުލެވިގެންވާ މީރު ބުއިމެކެވެ. ކޮންމެ ގަޑިއެއްގައި، ކޮންމެ ވަގުތެއްގައި ވެސް ބޯލަން ހަމަ ހެޔޮ ވަރެވެ. އަލަށް ތަޢާރަފްކުރި އެއް ލީޓަރުގެ ޕެކެޓް ސައިޒްގައި ލިބެން ހުރި ބާވަތްތަކަކީ ތަކަކީ އާފަލު، ފޭރު، އަދި އަނބު ޖޫހެވެ.

ޕޭޕަ ބޯޓް ޖޫހަކީ ގުދުރަތީ މާއްދާތަކުން ތައްޔާރު ކޮށްފައިވާ ޖޫހެކެވެ. ޕްރިޒަވޭޓިވްސް އަދި އާޓިފިޝަލް ކުލަތައް ނުލާ އުފައްދާފައިވާ މިބުއިންތަކުން ގުދުރަތީ ގޮތުން މޭވާގައި ހިމެނޭ ހަށިގަނޑަށް ފައިދާހުރި މާއްދާތައް ލިއްބައިދެއެވެ. އެހެންކަމުން މި ބުއިންތަކުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކޮށްދިނުމުގައި އެހީތެރިވެދެއެވެ.

ޕޭޕަ ބޯޓް ޖޫސް ރާއްޖެ އިމްޕޯޓްކޮށް މާކެޓްކުރަނީ ވީއޭވީ ޕްރައިވެޓް (3334959 / 7335151) ލިމިޓެޑުންނެވެ. އަދި މީގެ އިތުރުން ޖޫސް ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ލިބެން ހުރި ފިހާރަތައް ތިރީގައި މިވަނީއެވެ.

ވީއޭވީ ޓްރޭޑިންގ ޕޮއިންޓް، 7447777
ފްރުޓް އެންޑް ވެޖް ގާޑެން، 7951010
ބޮޓަނީ ފްރެޝް، 9458811
އެކި މަރުކާ، 7344040
ފްރުޓާސްޓިކް، 7314000