މަދު ދުވަސްކޮޅެއްގެ ތެރޭގައި ދިވެހިންގެ ތެރޭގައި މަގްބޫލު ވެގެން ދިޔަ މަރަކާ ބްރޭންޑްގެ ޖޫހުގެ އާ ޝިޕްމެންޓެއް ރާއްޖެ ގެނެސްފިއެވެ. މަރަކާ ޖޫހުގެ އެކި ފްލޭވާތައް މިހާރުވެސް ރާއްޖެއިން ލިބެންހުރިއިރު، އޭގެ ޕެޝަން ފްރުޓް ޖޫސް މިއީ ހަމަ މި ބްރޭންޑްގެ އެންމެ ކަމުދާ ވައްތަރެވެ.

ކުރިއަށް އޮތް ރަމަޟާން މަހާއި ދިމާކޮށް މަރަކާގެ ފެޝަން ފްރުޓް ޖޫހުގެ އާ ޝިޕްމެންޓެއް ރާއްޖެ ގެނެސްފައި ވަނީވެސް ދިވެހިންގެ މެދުގައި މި ޖޫހަށް އޮތް ލޯތްބެއްގެ ބޮޑުކަމުންނެވެ.

އެހެނިހެން ގިނަ ޖޫސް ބްރޭންޑްތަކުގެ ބުއިންތަކާއި ޚިލާފަށް ވީއޭވީ ޕްރައިވެޓް ލިމިޓެޑުން ރާއްޖެއަށް ތައާރަފް ކޮށްފައިވާ، މި ޖޫހުގެ އެކި ސައިޒްތައް ބާޒާރުން ލިބެން ހުންނާނެއެވެ. އެގޮތުން މަރަކާ ޖޫހުގެ 500 އެމް.އެލް ފުޅި، 750އެމް.އެލް ފުޅި، 1 ލީޓަރު ފުޅި، 2.6 ކިލޯގެ ހަން އަދި 6 ކިލޯގެ ހަންވެސް ލިބެން ހުންނާނެއެވެ.

އެހެންކަމުން ވަކި ސައިޒެއް ނުވަތަ ވަކި ބަޖެޓަކަށް ފައްތާލަން ބޭނުންނަމަ، ކަސްޓަމަރުންނަށް ގިނަ ޗޮއިސް ތަކެއް ލިބިގެންދާކަން ފާހަގަކޮށްލަން ޖެހެއެވެ.

މަރަކާ ބްރޭންޑްގެ މި ޕްރޮޑަކްޓްތަކުގައި އާއްމުކޮށް މާކެޓުގައި ލިބެން ހުންނަ ޖޫސް އަދި ސިރަޕް ތަކަށް ވުރެ މޭވާގެ މިންވަރު މަތި އަދި މޭވާގެ ރަހަ ގަދަވާނެއެވެ. މިއައެކު ގުދުރަތީ ގޮތުން މޭވާގައި ހިމެނޭ މާއްދާތައްކަމަށްވާ، ވިޓަމިން ސީ އަދި ވިޓަމިން އޭ މިޖޫހުގައި ހިމެނެއެވެ. އެހެންކަމުން މި ޕެޝަންފްރުޓް ޖޫސްވެސް ވެގެން ދާނީ ހަށިގަނޑުގެ ދިފާއީ ނިޒާމް ވަރުގަދަކޮށްދޭ ޖޫހަކަށެވެ.

މި ސަބަބުތަކަށް މިއީ ދުނިޔޭގެއެކި ކަންކޮޅުތަކުގައި އަދި މިހާރު ރާއްޖޭގައިވެސް ބޮޑު މަގްބޫލުކަމެއް ހޯދަމުން އަންނަ ޖޫހެކެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ މިއީ ގުދުރަތީ މޭވާއިން އުފައްދާފައިވާ ބުއިމަކަށްވުމުން، ޕެޝަންފުރުޓް ފަނީގެ ގޮތުގައި ބޭނުންކުރެވިދާނެ ޕްރޮޑަކްޓަކަށް ވާނެ ކަމެވެ. އެހެންކަމުން ފެނާއި އެއްކޮށްލުމުން ރޯދަވީއްލުމަށް ފަނިތައްޓެއް ގިރާލެވުނީއެވެ. މިއީ ބުރަކޮށް އުޅޭ ފަރާތްތަކަށްވެސް ބޭނުންކޮށްލެވިދާނެ ކަމުދާނެ ޖޫހަކަށް ވާނެއެވެ.


މަރަކާ ޖޫހުގެ އެކި ސައިޒްތައް ރާއްޖޭގައި ވިއްކަމުންދާއިރު، އެ ޖޫހުގެ 2.6 ކިލޯ އަދި 6 ކިލޯގެ މަރަކާ ބްރޭންޑްގެ ސްކޮއަޝް، ތަޢާރަފް ކުރެވިފައި ވަނީ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނަށާއި، ގެސްޓްހައުސް، ރިސޯޓްތައް ފަދަ ދުމަތްދޭ ތަންތަނަށް ހާއްސަ ކުރެވިގެންނެވެ. މަރަކާ ޖޫސް ވާނީ އެތައް ބައިވަރު މީހުންނަށް އެއްފަހަރާ ޖޫސް ތައްޔާރުކޮށްލުމަށް، ޖޫސް ގިރާލަންވެސް އެއްވަނައިގެ ޖޫހަކަށެވެ. އެހެންކަމުން މިއީ ޕާޓީތަކަށާއި، އިވެންޓްތަކަށް އަދި ވަކިން ހާއްސަކޮށް ކޭޓަރިންގއަށް ބޭނުން ކުރެވިދާނެ މީރު ޕްރޮޑަކްޓްތަކެކެވެ.

މަރަކާ ޖޫސް އެކްސްކްލޫސިވްކޮށް ރާއްޖެ އެތެރެކޮށް ވިއްކަމުން ދަނީ ވީއޭވީ ޕްރައިވެޓް ލިމިޓެޑުންނެވެ. އެ ކުންފުނީގެ ނަމްބަރަކީ 7335151 އެވެ.

ހޯލްސޭލް އަދި ރީޓެއިލްކޮށް ލިބެންހުރި ފިހާރަތައް:

ވީއޭވީ ޓްރޭޑިން ޕޮއިންޓް، 7447777
ބޮޓަނީ ފްރެޝް، 9458811
ފްރުޓް އެންޑް ވެޖް ގާޑެން، 7951010
އެކި މަރުކާ، 7344040
ބާޒާރު ވީއޭވީ، 7641001
ޝޮޕިންގ މޯރ، 7348000