ދިވެހިންގެ މެދުގައި މަޤުބޫލް މަރަކާ ޖޫހަކީ ރޯދަވީއްލާ ގަޑިއަށް ދެވަނެއް ނެތް ބުއިމެކެވެ. އޯގެނިކް ދަނޑުތަކުން ހައްދާ ޕެޝަންފުރުޓް ބޭނުންކޮށްގެން އުފައްދާ މިޖޫހަކީ ރަހަމީރު އަދި ހަށިގަނޑަށް އެތައް ގިނަގުނަ ފައިދާތަކެއް ލިއްބައިދޭނެ ބުއިމެކެވެ.

ކުރިއަށް އޮތް ރަމަޟާން މަހާއި ދިމާކޮށް މަރަކާގެ ފެޝަން ފްރުޓް ޖޫހުގެ އާ ޝިޕްމެންޓެއް ރާއްޖެ ގެނެސްފައި ވަނީވެސް ދިވެހިންގެ މެދުގައި މި ޖޫހަށް އޮތް ލޯތްބެއްގެ ބޮޑުކަމުންނެވެ.

އެހެނިހެން ގިނަ ޖޫސް ބްރޭންޑްތަކުގެ ބުއިންތަކާއި ޚިލާފަށް ވީއޭވީ ޕްރައިވެޓް ލިމިޓެޑުން ރާއްޖެއަށް އެތެރެކޮށް ވިއްކަމުންދާ މަރަކާ ޖޫހުގެ އެކި ސައިޒްތައް ބާޒާރުން ލިބެން ހުންނާނެއެވެ. އެގޮތުން މަރަކާ ޖޫހުގެ 500 އެމް.އެލް ފުޅި، 750 އެމް.އެލް ފުޅި، 1 ލީޓަރު ފުޅި، 2.6 ކިލޯގެ ހަން އަދި 6 ކިލޯގެ ހަންވެސް ލިބެން ހުންނާނެއެވެ. އެހެންކަމުން ވަކި ސައިޒެއް ނުވަތަ ވަކި ބަޖެޓަކަށް ފައްތާލަން ބޭނުންނަމަ، ކަސްޓަމަރުންނަށް ގިނަ ޗޮއިސް ތަކެއް ލިބިގެންދާކަން ފާހަގަކޮށްލަން ޖެހެއެވެ.

މަރަކާ ޖޫހުގައި އާއްމުކޮށް މާކެޓުގައި ލިބެން ހުންނަ ޖޫސް އަދި ސިރަޕްތަކަށް ވުރެ މޭވާގެ މިންވަރު މަތިވެފައި އަދި މޭވާގެ ރަހަ ގަދަވާނެއެވެ. މިއައެކު ގުދުރަތީ ގޮތުން މޭވާގައި ހިމެނޭ މާއްދާތައްކަމަށްވާ، ވިޓަމިން ސީ އަދި ވިޓަމިން އޭ މިޖޫހުގައި ހިމެނެއެވެ. މި ސަބަބުތަކާ ހެދި މިއީ ދުނިޔޭގެއެކި ކަންކޮޅުތަކުގައި އަދި މިހާރު ރާއްޖޭގައިވެސް ބޮޑު މަގްބޫލުކަމެއް ހޯދަމުން އަންނަ ޖޫހެކެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ މިއީ ގުދުރަތީ މޭވާއިން އުފައްދާފައިވާ ބުއިމަކަށްވުމުން، ޕެޝަންފުރުޓް ފަނީގެ ގޮތުގައި ބޭނުންކުރެވިދާނެ ޕްރޮޑަކްޓަކަށް ވާނެ ކަމެވެ. އެހެންކަމުން ފެނާއި އެއްކޮށްލުމުން ރޯދަވީއްލުމަށް ފަނިތައްޓެއް ގިރާލެވުނީއެވެ. މިއީ ބުރަކޮށް އުޅޭ ފަރާތްތަކަށްވެސް ބޭނުންކޮށްލެވިދާނެ އެންމެ ރަނގަޅު ޖޫހަކަށް ވާނެއެވެ.

މަރަކާ ޖޫހުގެ އެކި ސައިޒްތައް ރާއްޖޭގައި ވިއްކަމުންދާއިރު، އެ ޖޫހުގެ 2.6 ކިލޯ އަދި 6 ކިލޯގެ މަރަކާ ބްރޭންޑްގެ ސްކޮއަޝް، ތައާރަފް ކުރެވިފައި ވަނީ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނަށާއި، ގެސްޓްހައުސް، ރިސޯޓްތައް ފަދަ ހިދުމަތް ދޭ ތަންތަނަށް ހާއްސަ ކުރެވިގެންނެވެ.

މަރަކާ ޖޫސް ވާނީ އެތައް ބައިވަރު މީހުންނަށް އެއްފަހަރާ ޖޫސް ތައްޔާރުކޮށްލުމަށް، ޖޫސް ގިރާލަންވެސް އެއްވަނައިގެ ޖޫހަކަށެވެ. މިއާއެކު މިއީ ޕާޓީތަކަށާއި، އިވެންޓްތަކަށް އަދި ވަކިން ހާއްސަކޮށް ކޭޓަރިންގއަށް ބޭނުން ކުރެވިދާނެ މީރު ޕްރޮޑަކްޓްތަކެކެވެ.

މަރަކާ ޖޫސް އެކްސްކްލޫސިވްކޮށް ރާއްޖެ އެތެރެކޮށް ވިއްކަމުން ދަނީ ވީއޭވީ ޕްރައިވެޓް ލިމިޓެޑުންނެވެ.

ހޯލްސޭލް އަދި ރީޓެއިލްކޮށް ލިބެންހުރި ފިހާރަތައް:

ވީއޭވީ ޓްރޭޑިން ޕޮއިންޓް، 7447777

ބޮޓަނީ ފްރެޝް، 9458811

ފްރުޓް އެންޑް ވެޖް ގާޑެން، 7951010

އެކި މަރުކާ، 7344040

ބާޒާރު ވީއޭވީ، 7641001

ޝޮޕިން މޯރ، 7348000

ޕްލަމް މާރޓް، 9111667 (ހުޅުމާލެ)

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަލީ

    މީތި ވަރަށް ސަޅި. ޕެޝަންފުރުޓް ކިލޯއަކަށްވުރެ އަގުގެ ގޮތުން ވެސް މާސަޅި.

  2. ފަހުޒު

    މަރަކާ ޖޫސް ވަރެއް ހަމަ ނެތް... ވަރަށް ވެސް މީރު

  3. ފޮނިޓައްޕު ލަތީފު

    މީތި ވަރަށްމީރު. ކަންމަތީ ފިހާރައިގަވެސް ހުރޭ ރޯދައަށް ގެނެސް. ފުރުޓް ފަންޏެކޭ މާބޮޑު ތަފާތެއް ނެތޭ

  4. ޅިވީ

    މީރުވެފަ އަގުވެސް އެހާ ހެޔޮ. ޜޯދަ މަހަށް ހަމަ އެއްވަނަ.