މި ހިިނގާ ޑިސެމްބަރު މަހުގެ މިިހާތަނަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރިި އަދަދު 71،000 އަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އިއްޔެ އާއި ހަމަޔަށް ރާއްޖެއަށް ވަނީ 71،887 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިިވާ ކަމަށެވެ. މިމަހު އެންމެެ ގިިނައިން ރާއްޖެއަށް ފަތުރުވެރިން ޒިިޔާރަތްކޮށްފައިި ވަނީ 19 ވަނަ ދުވަހު އެވެ. އެ ދުވަހު އެކަނިވެސް ރާއްޖެއަށް 5000 އަށްވުރެ ގިނަ ފަތުރުވެރިިން ވަނީ ޒިޔާރަތްކޮށްފައެވެ.

އެވްރެޖްކޮށް މިމަހުގެ ކޮންމެ ދުވަހަކު 2000 މީހުންނަށްވުރެ އިތުރަށް ފަތުރުވެެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ކޮވިޑް-19 އާ ހެދި ރާއްޖޭގެެ ބޯޑަރު ބަންދުކުރުމާއި ގުޅިގެން އެއްވެސް ވަރަކަށް ރާއްޖެެއަށް ފަތުރުވެެރިން ޒިޔާރަތްނުކޮށް ތިން މަހަށްވުރެ ގިނަ ދުވަހު އޮތެެވެެ. އޭގެެ ފަހުން ރާއްޖެ އަލުން ފަތުރުވެެރިކަމަށް ހުޅުވާލާފައި ވަނީ މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ.

އެއާއެކު، ބޯޑަރު ހުޅުވާލާ ފަހުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ލައްކައަކަށް އިތުރު ކުރުމަށް އަމާޒު ހިފައި، މަސް ނިމެން ދެ ހަފްތާ އަށް ވުރެ ގިނަ ދުވަސްވެފައި ވަނިކޮށް އެއް ލައްކަ ފަތުރުވެރިން ވަނީ ހަމަކޮށްފައެވެ. އެގޮތުން މިހާތަނަށް 530،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން ޖުލައި 15 ގައި ބޯޑަރު ހުޅުވާލި ފަހުން، އެ މަހުގެ ނިޔަލަށް 1،701 ފަތުރުވެރިން އައިއިރު، އޮގަސްޓް މަހު 7،628 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. ސެޕްޓެމްބަރު މަހު 9،538 ފަތުރުވެރިން އައިއިރު އޮކްޓޯބަރު މަހު ރާއްޖެ އައީ 21،515 ފަތުރުވެރިންނެވެ. އަދި ނޮވެމްބަރު މަހު 35،759 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

އެހެންކަމުން ޑިސެމްބަރު މަހު މިހާތަނަށް އައި ފަތުރުވެރިންގެ އަދަދާއެކު ރާއްޖެއިން މިވަނީ ބޯޑަރު ހުޅުވާލި ފަހުން އާ ރެކޯޑެއް ހަދައިފައެވެ.

ބޯޑަރު ހުޅުވާލި ފަހުން، ރާއްޖެ އަށް އެންމެ ގިނަ އިން ފަތުރުވެރިން އައިސްފައިވަނީ ރަޝިއާ، އަދި އިޓަލީއިންނެވެ. މީގެއިތުރުން އިންޑިިއާ، އިނގިރޭސިވިލާތް، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)، ޖަރުމަނު، ޔޫކްރެއިން، ފްރާންސް، ސްޕެއިން އަދި ބްރެޒިލް ފަދަ ގައުމުތަކުން ވެސް ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހާމަ

    ޓްރާންސިޓް ފަތުރުވެރިންނާއެކުތަ؟

  2. ހުސޭނުބޭ

    އެއްވެސް އުފަލެއް ނެތް! އެއްޗެއް ލިބޭނީ ރިސޯޓުތަކުގެ ވެރިންގެ ގޮހޮރު ފުރުނީމަދޯ! އަދިވެސް މުއައްޒަފުންނަށް ހަމަ މުސާރައެއް ނުދޭ! ސާވިސް ޗާޖެއްނުދޭ! އަނބިދަރިންނަށް ކާންބޯންދޭން ޖެހޭތީ ކެތްކޮށްލައިގެން ތިބެނީ!