ކޮވިޑް-19ގެ ދަތި މި އަހަރުގައި މޯލްޑިވްގޭސްގެ ހަޔާތުގައިވެސް ވިޔަފާރީގެ ގޮތުން އެންމެ ކާމިޔާބު އެއް އަހަރުގެ ގޮތުގައި މި އަހަރުވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިބެން ރާއްޖެ ހިމެނޭހެން ދުނިޔޭގެ ހޮސްޕިޓަލިޓީ އިންޑަސްޓްރީއާއި އެއާލައިން އިންޑަސްޓުރީފަދަ އެތައް ސިނާއަތެއް އަޑިއަޅާލައިގެން ދިޔައެވެ. އަދި ދުނިޔޭގެ ކާރޫބާރޫ ބޮޑު އެއާޕޯޓުތައް ހުއްޓުވުމަކަށް ގެނައެވެ.

ކޮވިޑް19 އާއި ގުޅިގެން މުޅިދުނިޔެއަށް ކުރިމަތިވި މި ބޯޑު އިޤްތިޞާދީ ކާރިސާގައި، ފަތުރުވެރިކަމުގެ ސިނާއަތަށް އިންތިހާއަށް
ބަރޯސާވެފައިވާ، މި ރާއްޖެ އާއި ރާއްޖޭގެ ކުންފުނިތަކަށް ބިލިއަނުން ގެއްލުންވެގެން ދިޔައެވެ. އެތައް ރިޒޯޓަކާއި ވިޔަފާރިއެއް ބަންދުކުރަންޖެހި އެތައްހާސް މުއައްޒަފުންގެ ވަޒީފާއަށް އަސަރުކުރިއެވެ.

މޯލްޑިވްގޭހުގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ އަލީ އިކްރާމް ވިދާޅުވީ، ރިޒޯޓް ސެކްޓަރގެ އިތުރުން ކެފޭ ރެސްޓޯރެންޓު ސެކްޓަރގެ ވިކުރާ ދަށްވެ ކުންފުނީގެ ޖުމްލަ ސޭލްސް ރެވެނިއު އިން 40 މިލިއަން ވަރުގެ ދަށްވުމެއް އައި ކަމުގައި ވިއަސް، ގޭސް ޝިޕްމަންޓުތަކުގެ ފުރެއިޓް އަދި ޕުރިމިއަމް އަށް ގެނެވުނު ބޮޑު ފަރަގުން ކުންފުނިން ގޭސް ގަތުމުގެ އަގު ބޮޑުތަނުން ހެޔޮކުރެވުނު ކަމަށެވެ.

އަދި އޭނާ ވިދާޅުވީ، މި ޕެންޑަމިކާއި ގުޅިގެން އެޅުނު ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކުންފުނި ހިންގުމުގެ ޚަރަދުން އެތައް މިލިއަން ރުފިޔާއެއް ސަލާމަތްކުރެވި އޮޕަރޭޓިންގ ޕުރޮފިޓް ނުވަތަ ހިންގުމުގެ ފައިދާ ބޮޑުތަނުން އިތުރު ކުރެވުނު ކަމަށެވެ.

.އިކްރާމް ލަފާކުރައްވާގޮތުން މޯލްޑިވްގޭހުގެ މިސްރާބު މިހާރު ހުރިގޮތުން މި އަހަރު ނިމޭއިރު ކުންފުނީގެ ފައިދާ 50 މިލިއަން ރުފިޔާއަށް
ވުރެ އިތުރުވާނެ އެވެ.

މި އަދަދަކީ ކުންފުނީގެ ތާރީހުގައި އަދި އެއްވެސް އަހަރަކު ނަފާނުވާވަރުގެ މިންވަރެކެވެ. ކުންފުނީގެ ހަޔާތުގައި އައު ރެކޯޑެކެވެ.

މޯލްޑިވްގޭހުން ވަނީ ކޮވިޑްގެ އެންމެ ނުރައްކާ އަދި އުނދަގޫ ދުވަސްވަރުވެސް ކައްކާ ގޭހާއި މެޑިކަލް އޮކްސިޖަން މެދުކެނޑުމެއްނެތި،
މާރކެޓު ޑިމާންޑާއި އެއްވަރަށް ފޯރުކޮށްދީފައެވެ. އަދި ވަޒީފާތަކަށް ދިވެހިންނަށް އިސްކަންދީ ، މުވައްޒަފުންނަށް މެދުކެނޑުމެއްނެތި
އަދި ލަސްވުމެއްނެތި މުސާރައާއި އިނާޔަތްތަށް ބަރާބަރަށް ފޯރުކޮށްދީފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢާދަނު

    ކޮވިޑް އޮކްސިޖެން ވައްކަން ކުރީމާ ގެއްލިގެން ދިޔައީ 11 މިލިއަން ރުފިޔާ. ޙެހެހެހެ

  2. ......

    ޢެހެންވީމަ އަގުހެޔޮކޮށްލަންފެނޭ...