(ފުވައްމުލައް ސިޓީ) މީގެ ދިހަ ވަރަކަށް އަހަރު ކުރި އާއި މިހާރާ ބަލާ އިރު ޏ. ފުވައްމުލަކު އެތައް ގޮތަކުން ވަރަށް ތަފާތެވެެ. އޭރަށް ވުރެެ މިހާރު ތަރައްގީގެ ގޮތުންނާއި މީހުންގެެ ވިސްނުމާއި އެހެން އެެކި ކަންކަމުން މި ސިޓީ ވަނީ ވަރަށް ބޮޑަށް ކުރިއަރައިގެން ގޮސްފައެވެ. މާޗް 3، 2008 ގައި ފުވައްމުލަކުގައި ހުޅުވި "ރިއަލް ބްރީޒް" ނަމަކަށް ކިޔާ ރެސްޓޯރެންޓަކީ ވެެސް އެ ރަށަށް ހެެޔޮ ބަދަލެއް ގެނުވި ތަނެކެެވެެ.

ފުވައްމުލަކު އެއާޕޯޓުން ނުކުމެގެން ފަސް މިނެޓެއް ހާއިރު ހިނގާލާފައި ދެވޭ ހިސާބުގައި ހުންނަ ރިއަލް ބްރީޒް އަކީ އެރަށުގައި އެންމެ ފުރަތަމަ ހުޅުވި ރެސްޓޯރެންޓެވެ. އެ ރެސްޓޯރެންޓު ހުޅުވުމުގެ ކުރީގައި ފުވައްމުލަކުގައި ބައެއް ކެފޭތައް ހިިންގަމުން ދިޔަ ނަމަވެސް ރެސްޓޯރެންޓު ފެންވަރުގެ ހިދުމަތް ދޭޭ ތަނެއް އޭރަކު ނެތެެވެެ. އޭޭރު 7000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ފުވައްމުލަކުގެ ރައްޔިތުން ތިބީ މިފަދަ ތަނަކަށް ނުހަނު ބޭނުން ޖެެހިފައެވެެ.

އާންމުކޮށް ރަށަށް އަންނަ ބީރައްޓެހިންނަށް ވެސް ރެސްޓޯރެެންޓުތަކަކީ ވަރަށް މުހިންމު ތަންތަނަށް ވާނެއެެވެ. ރަށުގެ ރައްޔިތުން ރަހުމަތްތެެރިންނާ އެކު ކޮފީތަކަށް ދިއުމާއި އާއިލާއާއެކު ރަނގަޅު ވަގުތުތަކެއް ހޭދަކޮށްލުމަށް ވެެސް އެންމެ އެންމެެ މަގުބޫލް އެއް ތަނަކީ ރެސްޓޯރަންޓެވެ. މި ސަބަބުތަކަށްޓަކައި އޭރު ފުވައްމުލަކު ރައްޔިތުންވެސް ތިބީ މީހަކު އިސްނަގައިގެން މިފަދަ ވިޔަފާރިއެއް އެރަށުގައި ހުޅުވާނެ ދުވަހަކަށް އިންތިޒާރުކޮށްގެންނެވެ.

ރިއަލް ބްރީޒް ރެސްޓޯރެންޓް؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

އެ ރެެސްޓޯރެންޓުގެ މެނޭޖަރު އިބްރާހިމް ޝިމާއު ސައީދު "ވަގުތު" އަށް ވިދާޅުވީ، މިި ރެސްޓޯރެންޓަކީ ހުޅުވި ހިސާބުން ފެށިގެންވެެސް އާންމުންގެ ތެރޭގައި މަގުބޫލު ތަނެެއް ކަމަށެވެ.

"އެންމެ ފުރަތަމަ ހުޅުވި ހިސާބުން ފެށިގެން ވެސް އާންމުންގެ މަގުބޫލުކަން ވަރަށް ރަނގަޅަށް ލިބިގެން ދިޔަ. ގާތްގަނޑަކަށް އެވްރެޖްކޮށް ތަނުގެެ މުވައްޒަފުންނާއި އަދި އަޅުގަނޑުމެންގެ އާއިލާއިންވެސް ހަރަކާތްތެެރިވި ފުރަތަމަ ފެށިގެން އައި އިރު. އޭރު ކްރައުޑު ބޮޑުކަމުން އޯޑަރުތައްވެސް ލަސްވެެގެން ދޭ ބައެެއް ފަހަރު،" ޝިމާއު ވިދާޅުވިއެެވެެ.

ޝިމާއު ވިދާޅުވީ ރިއަލް ބްރީޒް ހުޅުވި ދުވަސްކޮޅު މީހުން ފަހަތުގައި ކިއު ހަދައިގެން ތިބެން ޖެހުނު ފަހަރު ވެސް އައި ކަމަށެވެ.

އެހެން ވިޔަފާރިތަކެެކޭ އެއްގޮތަށް ރިއަލް ބްރީޒްގެ ވިޔަފާރިވެސް ދަށަށް ދިޔައެވެ. އެ ވިޔަފާރި ދަށަށް ދިޔައީ 2009 ވަނަ އަހަރު ކަމަށާއި، އޭރު ވިޔަފާރި ކުއްލިއަކަށް ކަހަލަގޮތަކަށް ދަށަށް ދިއުމަށް ފަހު އަލުން އެެ ރެެސްޓޯރެންޓު މީހުންގެ މެދުގައި ހިނގަން ފެށީ 2012 އަށް ފަހު ކަމަށް ޝިމާއު ވިދާޅުވިއެވެެ.

ރިއަލް ބްރީޒް ރެސްޓޯރެންޓް؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

އެންމެ ފުރަތަމަ ކުޑަ މެެނޫއަކާއެކު ފެށިގެން އައި ރިއަލް ބްރީޒްއަކީ މީހުންގެެ މެދުގައި މަގުބޫލް ގިނަ ކެއުންތަކެއް މިހާރު ފޯރުކޮށްދެެމުން އަންނަ ރެސްޓޯރެެެންޓަކެެވެެ. އެގޮތުން މިތަނުގެެ އެންމެ ހާއްސަ ބާވަތެއްގެ ގޮތުގައި މީހުން ފާހަގަ ކުރަނީ ޕިއްޒާއެވެ.

ކަސްޓަމަރުންނާ ހަވާލާދީ ޝިމާއު ބުނި ގޮތުގައި ޕިއްޒާގެެ ރަހައަށް އެންމެ ފުރަތަމަ ފެށި ހިސާބުން ފެެށިގެންވެސް އެއްވެެސް ބަދަލެއް އައިސްފައެއް ނެތެވެ.

"މިތަން ހުޅުވައިގެެން. މިވީ 13 އަހަރުގެެ ތެރޭގައި ކަސްޓަމަރުންނަށް އެެންމެ މަގުބޫލު ބާވަތަކަށް ވެފައިވަނީ އަޅުގަނޑުމެެންގެ ޕިއްޒާ. ކަސްޓަމަރުން ބުނާ ގޮތުގައި ފެށުނީއްސުރެެ ވެެސް އެއްވެސް ބަދަލެއް ނެތް އައިސްފައެއް ޕިއްޒާގެ ރަހައަކަށް،" ޝިމާއު ވިދާޅުވިއެވެެ.

ރިއަލް ބްރީޒް ރެސްޓޯރެންޓް؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ޕިއްޒާގެެ އިތުރުން ވެސް އާންމުންގެ ތެރޭގައި މަގުބޫލު ކެެއުންތަކެއް ރިއަލް ބްރީޒްގައި ހުރެެއެވެ. އެ ބާވަތްތަކުގެ ތެރޭޭގައި ދިވެހިންގެ މަގުބޫލުކަން ހޯދާފައިވާ ދިވެހި އެކި ރަހަތަކުގެެ ކެއުންތަކާއި އިންޑިއާގެ ކެެއުންތައް ވެސް ހިމެނެއެވެ. މީގެ އިތުރުން އަލަށްވެސް މި ރސްޓޯރެންޓުގެެ މެެނޫއަށް ވަނީ އެކި ބާވަތްތައް އިތުރުކޮށްފައެވެ. އޭޭގެެ ތެެރޭގައި ފުވައްމުލަކުގެެ އިތުރު އެއްވެސް ރެެސްޓޯރެެންޓަކުން ނުލިބޭ ޗިކެން ކޯޑަން ބެެލޫ ހިމެނެއެވެެ.

ރިއަލް ބްރީޒްގެެ ކެެއުންތަކުގެ ރަހަތަށް މިހާރު ފުވައްމުލަކުގައި ހަރަކާތްތެެރިވެެމުން އަންނަ "ވަގުތު ޓީމަށް"ވެސް ވަނީ ތަޖުރިބާކުރުމުގެ ފުުރުސަތު ލިބިގެެެން ގޮސްފައެވެ. މިގޮތުން އެެންމެ ފާހަގަކުރެވުނު ކަމަކީ އެެ ރެސްޓޯރެންޓުގެ ކެއުންތަކުގެ ރަހަތަކަށް އެއްވެސް ބަދަލެއް ނާންނަކަމެވެ.

ރިއަލް ބްރީޒް ރެސްޓޯރެންޓް؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ޝިމާއު ވިދާޅުވީ ރަހަތައް ކޮންޓްރޯލް ކުރުމަށް އެ ކުންފުނީގެ މެނޭޖްމެންޓުގެ ފަރާތުންވެސް އަދި މުވައްޒަފުންގެ ފަރާތުން ވެސް ވަރަށް ބޮޑަށް މަސައްކަތް ކުރާ ކަމަށެވެ. އެގޮތުން އަބަދުވެސް ކަސްޓަމަރުންނާ ހަމައަށް ތަކެެތި ފޯރުކޮށްދެވެނީ އެެނެމް ބޭނުންވާ ރަހައިގައި، ބޭނުންވާ ސިފައިގައިތޯ ބަލާ ކަމަށާއި، އެެއްވެސް ނުރަނގަޅު ބަދަލެއް އައިސްފި ނަމަ އަބަދުވެެސް އެކަމެެއް ރަނގަޅުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކަސްޓަމަރުންގެ އެކި ޝަކުވާތައްވެސް ބަލައިގަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ރެސްޓޯރެެންޓެއް ނަމަ އެންމެ ހާއްސަ އަހަންމިއްޔަތު ކަމެއް ދީގެން ބަލަހައްޓަން ޖެހެނީ ތަނުގެ ސާފުތާހިރު ކަމެެވެެ. ޝިމާއު ވިދާޅުވީ ތަނުގެ ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި ކޮންމެެ ދުވަހަކު އެއްފަހަރަށް ވުރެ ގިނައިން މުޅި ރެސްޓޯރެންޓު ސާފުކުރާ ކަމަށާއި، އަދި މެނޭޖްމެެންޓުން ހާއްސަ ސަމާލުކަމެެއް ދީގެެން ރެެސްޓޯރަންޓުގެ ބަދިގެެ ސާފުތާހިރުތޯ ކޮންމެ ދުވަހަކު ބަލާ ކަމަށެވެެ.

ރިއަލް ބްރީޒްްގެ އިތުރު އައުޓްލެޓެއް ދާދި ފަހުން ވަނީ މާލޭގައި ވެސް ހުޅުވައިފައެވެ. މާލޭ ޝަހީދު އަލީ ހިނގުމުގެ ހަވީރީ މަންޒަރުގެ ގްރައުންޑް ފްލޯ އިން އަންނަނީ ރިއަލް ބްރީޒްގެ އެެހެެން އައުޓްލެޓެއް ހުޅުވައި ހިދުމަތްދެެމުންނެެވެ. އެެތަން ހާއްސަކޮށްށްފައި ވަނީ ރިއަލް ބްރީޒް ޕިއްޒާއަށް ކަމަށާއި ނަމަވެސް ކުރިއަތް އޮތް ތަނުގައި މި ތަން ވެސް ފުޅާވެގެެން ދާނެެ ކަމަށް ޝިމާއު ވިދާޅުވިއެވެ.

"ވަގުތު" އިން ފުވައްމުލަކަށް ކުރާ "ހޭރިޔާ" ދަތުރުގެ ސްޕޮންސަރުންނަކީ ރިލެކްސް ފެރީ ސާވިސް، ފުވައްމުލަކު ސިޓީ ކައުންސިލް، ރިއަލް ބްރީޒް ރެސްޓޯރަންޓް، ހައިވޭ29 ރެސްޓޯރަންޓް އަދި ރޯޔަލް ރެސްޓޯރަންޓް ޕަބްލްސް ބައި ރޯޔަލްއެވެ.