ދިރާގު ހެޑް އޮފީސް - ވަގުތު ފައިލް ފޮޓޯ

ދިރާގު ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓް އަދި މޯބައިލް ޑޭޓާ ހިދުމަތަށް ބުރޫ އަރަމުންދަނީ ޑީޑޮސް އެޓޭކްތަކުގެ ސަބަބުންކަމަށް އެ ކުންފުނިން ބުނެފިއެވެ.

ދިރާގުން ދޭ މޮބައިލް ޑޭޓާ އަދި ބްރޯޑްބޭންޑް އިންޓަނެޓުގެ ހިދުމަތް ބައެއް ވަގުތުތަކުގައި މެދުކެނޑުމާއި ސްޕީޑް ދަށްވުން ފަދަ ކަންކަން މި ދުވަސްވަރު ގިނަ ގިނަ ބަޔަކު ފަހާގަކުރެއެވެ. ދިރާގުން ބުނީ އެކަމަށްޓަކައި ކަސްޓަމަރުންގެ ކިބައިން މާފަށް އެދޭކަމަށެވެ.

އަދި ވީހާވެސް އަވަހަކަށް އެކަން ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.  އަދި ޑީޑޮސް ހަމަލާތަކުން ރައްކާތެރިވުމަށް އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް އެ ކުންފުނިން އަޅަމުން އަންނަކަމަށްވެސް ދިރާގުން ބުންޏެވެ.

ޑީޑޮސް އެޓޭކްތަކަކީ އިންޓަނެޓް މެދުވެރިކޮށް ދެވޭ ހިދުމަތްތަކަށް އަމާޒުކޮށް، ޑޭޓާ ޓްރެފިކް އޯވަލޯޑް ކޮށްގެން، ހިދުމަތް ބޭނުން ނުކުރެވޭނެގޮތް ހެދުމަށް ދެވޭ ހަމަލާތަކެވެ.

ދިރާގު އިންޓަނެޓް ހިދުމަތަށް މިއަދު ބުރޫ އަރާފައިވާއިރު، އުރީދޫއިންވެސް ވަނީ އެ ކުންފުނިން ދޭ އިންޓަނެޓުގެ ހިދުމަތްތަކަށް ޑީޑޮސް ހަމަލާތަކުގެ ސަބަބުން ބުރޫއަރާފައިވާ ކަމަށް މިދިޔަ ހޯމަ ދުވަހު ބުނެފަ އެވެ.

 

7 ކޮމެންޓް

  1. އެއްވެސް ހަމަލާއެއްގެ ސަބަބަކުންނެއްނޫން! ދިރާގުން އަބަދުވެސްބަލަނީ ރައްޔިތުން ފެލާލެވޭތޯ! 800ރުފިޔާގެ ޕެކޭޖަކަށް ކުންމެމަހަކު ފައިސާދައްކަން އެބަޖެހޭ ހަބަރެއްކިޔާލަން އެހަބަރު ނުހުޅުވިގެން ދިހަމިނިޓް ނޫނީ ތިރީސް މިނެޓް ހުންނަންއެބަޖެހޭ!!! ކަސްޓަމާ ސާވިސްއަށް ގުޅައިފިޔާ ދެން އަނެއްކަންތަކާޖެހުނީ، ބޮޑުރައިވަރެއް ކިޔާހެން ބަނދިވަރެއްކިޔާފަ، ހޯޑަށްލާގޮތައް އެއްގަޑިއިރުވަންދެކަށް ޖަވާބެއްނުލިބި ހުންނަންޖެހިދާނެ!!!!!!!!!!!!!!!!

  2. ދެކުންފުނީގެ ހަނގުރާމަ... ހުރިހާ ނުހޮރައްޕާނެއް ރައްޔިތުންނަށް!

  3. ތިޔަ ވާނީ ޕޫޓިން ގެ ކަމަކައް

  4. ކީއްވީ އެއްބަސްވީ. ހަމަ ގުޅާއިރަށް ބުނާނެ އެއްވެސްކަމެއް ނުވެއޭ.

    • ހިދުމަށް ނުލިބޭދުވަކަށް ބިލުން އެއްމެ ރުފިޔާއެއްވެސް ނުކެޑޭ! ހުރިހާ ކަމަކަށް މަކަރާހީލަތް!

  5. ދެންހެވޭ. ތިކަން ރަނގަޅު ކުރެވެންޖެހޭނެނު. ބިލު ނުދައްކާ އެންމެ ސިކުންތެއް ލަސްވިޔަސް ޚިދުމަތް ކަނޑާލާ އަލުން ގުޅައިދިނުމަށް 100 ރުފިޔާ ނަގާބައެއްތީ. އަހަރުމެންނަށް ދިމާވާ ދަތިތަކަށް ލިބޭ އެއްޗެއް ނޯވޭ.