ރާއްޖޭގައި ފުޅާދާއިރާއެއްގައި އޮރިޖިނަލް މޯބައިލް ފޯންތައް ވިއްކަމުން އަންނަ ސޮއްޓި ބިޒް މޯބައިލް ފިހާރަ މިހާރުވަނީ ޗާންދަނީމަގުގެ ޖަލާލުއްދީން މިސްކިތްކުރިމަށްޗަށް ބަދަލުވެފައެވެ. އެކި ބްރޭންޑްތަކުގެ މޯބައިލް ފޯނާއި، ފޯނާއި ގުޅުން ހުރި ތަކެތި ސޮއްޓިބިޒް ފިހާރައިން ލިބޭނެއެވެ.

މީގެ އިތުރުން، އެ ފިހާރައިން ފޯންތައް މަރާމާތްކޮށްދިނުމުގެ ހިދުމަތްވެސް ދެއެވެ. މޯބައިލް ފޯނު މަރާމާތުކުރަން ބޭނުންވާ ރަށްރަށުގައި ތިބި ފަރާތްތަކުންވެސް މަރާމާތުކުރުމަށް ބޭނުންވާ މޯބައިލް ފޯނު ބޯޓަށް ނޫނީ ލޯންޗް ފަހަރަށް ލުމަށްފަހު ސޮއްޓިބިޒް ފިހާރައިގެ ނަމްބަރ 7449955 އަށް ގުޅާލުމުން ނުވަތަ ވައިބަރ ކުރުމުން އެ ފިހާރައިގެ ފަރާތުން ފޯނު ނަގާ، ފޯނު މަރާމާތުކުރުމަށްފަހު އަނބުރާ ބޯޓު ނޫނީ ލޯންޗާއި ހަމައަށް އިތުބާރާއި ޔަގީންކަމާއިއެކު ގެންގޮސް ދޭނެ އެވެ.

ސޮއްޓި ބިޒް މޯބައިލް ފިހާރައިން ވިއްކާ ފޯންތަކުގެ ތެރޭގައި ދުނިޔޭގެ އެންމެ މަޝްހޫރު ބްރޭންޑް ތަކުގެ މޯބައިލް ފޯން ކަމުގައިވާ އެޕަލް، ސެމްސަންގ، ޒިއޯމި، ފަދަ ބްރޭންޑްތަކުގެ އިތުރުން އެންމެ އާދައިގެ ފޯންތައްވެސް ލިބެން ހުންނާނައެވެ. މިފިހާރައިން ވިއްކާ މޯބައިލް ފޯންތައް ރަށުގެ ލޯންޗާއި ހަމައަށް ނޫނީ ބޯޓު ފަހަރާއި ހަމައަށް ޑެލިވަރކޮށް ދޭނެއެވެ.

ސޮއްޓިބިޒް ފިހާރަ މިހާރު ހުންނަނީ ޗާންދަނީމަގުގެ ޖަލާލުއްދީން މިސްކިއް ކުރިމަތީގައެވެ. މިފިހާރައިގެ ލޮކޭޝަން މި ވީޑިއޯ ކުލިޕް މިވީޑިއޯ ކުލިޕް ބަލާލުމުން ފެންނާނެއެވެ.

ސޮއްޓި ބިޒް އިން ވިއްކާ ފޯންތަކަށް އެއް އަހަރު ދުވަހުގެ ވޮރެންޓީ ދޭއިރު، އެފިހާރައިން ވިއްކާ ފޯންތަކާއި، ދޭ ހިދުމަތްތަކާއި ގުޅޭ މައުލޫމާތު ސާފުކުރުމަށް 7750004 އަށް ގުޅުމުން ބޭނުންވާ މައުލޫމާތު ލިބޭނެއެވެ.