ޒިޕް ލޮކާގެ ކޮތަޅު ސޮއްޓިބިޒް އިން ވިއްކަން ފަށައިފިއެވެ.

ސޮއްޓިބިޒް އިން ހަތް ސައިޒެއްގެ ޒިޕް ލޮކާ ކޮތަޅު ލިބެން ހުންނާނެއެވެ. އެގޮތުން 17 ސެންޓިމީޓާރުން ފެށިގެން ހަތަރު ސެންޓިމީޓަރުގެ ކޮތަޅު އެފިހާރައިން ލިބޭނެ އެވެ. މީގެ އެއް ކިލޯ ޒިފް ލޮކާ ކޮތަޅު 215ރ. އަށް ލިބޭނެއެވެ.

ޒިޕް ލޮކާ ކޮތަޅަކީ އާންމު ގޮތެއްގައި ގޭގޭގައި ތަކެތި ތައްޔާރު ކުރާ މީހުން ތަކެތި ބަންދު ކުރަން ބޭނުން ކުރާ ކޮތަޅެކެވެ. އެގޮތުން ކިއްލި އާއި ހެދިކާ ފަދަ ތަކެތި މިފަދަ ކޮތަޅުތަކަށް އަޅައިގެން ވިއްކާ ހަދައެވެ. ސޮއްޓިބިޒް އިން ކޮތަޅު ގަތުމުން މާލޭގެ ގޭގެ އާއި ދޯނި ފަހަރަށް ޑެލިވަރީ ވެސް ކޮށްދޭނެއެވެ.

ޑެލިވަރީ ކުރަން ބޭނުންވާ މީހުން 7750004 އަށް ނުވަތަ 7449955 އަށް ގުޅައިގެން ކުރިއަށްގެންދެވޭނެއެވެ.

މި ފިހާރަ ހުންނަނީ ޗާންދަނީ މަގު ޖަލާލުއްދީން މިސްކިތުގެ މައި ދޮރު ކުރިމަތީގައެވެ. އެހެން ކަމުން ފިހާރައަށް ގޮސް ބޭނުންވާ ސައިޒެއްގެ ކޮތަޅު ބެލުމަށް ފަހު ގަތުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.