ކޮވިޑް-19 ފެެތުރެން ފެށި ހިސާބުން ފަތުރުވެރިކަމުގެ ސިިނާއަތް ވެއްޓުނު އަޑި ގަނޑުން ސަލާމަތްވެ ދާއިރާގައި އެންމެ ބޮޑު ކާމިޔާބީއެއް ލިބުނީ ރާއްޖެެއަށް ކަމަށް ބައިނަލްއަގުވާމީ މަޝްހޫރު ނޫހެއް ކަމަށްވާ ކޭބަލް ނިއުސްް ނެޓްވޯކް (ސީއެެންއެން) އިން ރިޕޯޓުކޮށްފިއެވެ.

ސީއެންއެން އިން ބުނެފައި ވަނީ މިދިޔަ އަހަރު މުޅި ދުނިޔެއަށް ވެސް ދިމާވި ކޮވިޑް-19 ގެ ސަބަބުން ހުރިހާ ގައުމެއްގެ ވެސް ފަތުރުވެރިކަން ވަރަށް ބޮޑަށް ދަށަށް ދިޔަ ކަމަށެވެ. އަދި ކޮންމެ އަހަރަކު އެެވްރެެޖްކޮށް 1.7 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރަމުން އައި ރާއްޖެއަށްވެސް ވަނީ މި ބަލިމަޑުކަމުގެ ސަބަބުން ފަތުރުވެރިކަމަށް ހީނުކުރާ ވަރުގެ ވެއްޓުމެއް އައިސްފައި ކަމަށް އެ ނޫހުން ވަނީ ބުނެފައެވެ.

މިދިޔަ އަހަރު ނިމުނު އިރު، ރާއްޖެއަށް އައީ ފަސް ލައްކައަށް ވުރެ ގިނަ ފަތުރުވެރިންނެވެ.

މިދިޔަ އަހަރު ރާއްޖެ އަށް ފަތުރުވެރިން އައިސް އެ ދާއިރާ ހިނގައިގަންނަން ފެށީ ދުނިޔޭގެ މަޝްހޫރު ހުރިހާ މަންޒިލެއްގެ ބޯޑަރުތައް ބަންދުކޮށްފަ އޮއްވައެވެ. ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދު ކުރުމަށް ފަހު، ބޯޑަރުތައް ހުޅުވާލީ ޖުލައި 15 ގައެވެ. ބޯޑަރު ހުޅުވާލި ފަހުން ވެސް އެއް ލައްކަ އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަށް ވަނީ އައިސްފައެވެ.

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބް މުހައްމަދުއާ ހަވާލާދީ އެ ނޫހުން ރިިޕޯޓުކޮށްފައި ވަނީ، މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖެއއަށް 555،494 ފަތުރުވެރިން ޒޔާރަތްކޮށްފައިވާކަމަށެވެ. އެއީ 500،000 ފަތުރުވެރިންނަށް އައަމާޒު ހިފާފައި އޮއްވާ ކަމަށާއި، އެެެހެންކަމުން މިއީ ވަރަށް ބޮޑު ކުރިިއެރުމެއް ކަމަށް ސީއެންއެން އިން ވަނީ ރިޕޯޓުކޮށްފައެވެ.

"އަހަރުމެންނަށް މި ދަނޑިވަޅިގައި ކުރިއަރަން ފުރުސަތު ލިބުނު އެންމެެ ބޮޑު ސަބަބަކީ ގިނަ ގައުމުތަކާ ހިލާފަށް ރާއްޖެ ޖިއޯގްރަފީ ގޮތުން އޮންނަ ގޮތް. ރަށްތަށް ވަކިން ބެެހިފައި އޮތުމުގެެ ސަބަބުން ބަލި ފެތުރުންވެސް ވަރަށް ބޮޑަށް އޮންނަނީ ކޮންޓްރޯލް ކުރެވިފައި" ތޮއްޔިބް ސީއެންއެން އަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނާޅި

    މީ އަލީ ވަހީދުގެ ހިކްމަތު ޢަމަލީއާއި މިންނެއް ބުރަ މަސައްކަތުގެ ނަތީޖާ ނުންތޯ، އެކަމަކުވެސް އަލީ ވަހީދަ ކޮޅުކެހި ދީފަ އަބުރު ކަތިލާފަ ޤައުމުން ބޭރުކޮށްލީ !