ކުޑަކުދިންނާ ގުޅޭ ގިނަ، ތަފާތު، އަދި އެހާމެ ރީތި އަންނައުނުތައް ހޯދަން ވަދެލަންވީ ބޭބީއޮމް.އެމްވީ އިންސްޓަގްރާމް ޕޭޖަށެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ މި ޕޭޖްގައި ކުޑަކުދިންނަށް އެންމެ ރީތި އަންނައުނު، ހެޔޮ އަގުތަކެގައި ލިބެން އެބަ ހުއްޓެވެ. އެ ޕޭޖުން ވިއްކާ އެއްޗެއްސަކީ ކޮލެޓީ ރަނގަޅު، އެއްޗެހިކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

ބޭބީއޮމް.އެމްވީއަކީ ރެޖިސްޓްރީ ކޮށްގެން ހިންގާ ވިޔަފާރިއެކެވެ. މި ވިޔަފާރީގައި އިސްކޮށް ހުންނަނީ އަންހެނެކެވެ. މިއީ ޔަގީނުންވެސް ވިޔަފާރިއަށް އިތުރު ފުރިހަމަ ކަމެއް ލިބިގެންދާނެ ކަމެކެވެ. އެގޮތުން ކޮވިޑް-19 ގެ މިހާލަތުގައި އޭނާއަށްވެސް، ދަރިފުޅަށް ބޭނުންވާ އަންނައުނު ހޯދުމުގައި ދަތިތަކާއި ދިމާވެ، އެކަމުގެ ތަޖުރިބާ ކުރަން ޖެހުނެވެ. އެހެންކަމުން ބޭނުންވީ އެ ތަކުލީފުތައް އިތުރު ބަޔަކު ނުއުފުލާ އެހެން މީހުންނަށް ކޮންމެވެސް ވަރެއްގެ ލުއިފަސޭހަ ތަކެއްވުމަށެވެ. އެ މަސައްކަތުގެ ތެރެއިން މި ވިޔަފާރި މިމަހުގެ އަށް ވަނަ ދުވަހު ފަށައިގަތީއެވެ.

 

View this post on Instagram

 

A post shared by Babyom.mv (@babyom.mv)

"ޕޭޖް އުފެއްދުމުގެ ވިސްނުން އައީ، ވިހަން ދިމާވި ދުވަސްތަކަކީ ކޮވިޑްގެ އެންމެ ދަތިހާލުގައި އުޅުނު ދުވަސްވަރުކަމުން، ދުނިޔޭގެ ގިނަ ގައުމުތަކުގެ ބޯޑަރުވެސް އޮތީ ބަންދު ބަންދުކޮށްފައި، އޭގެ ސަބަބުން މާލެ އިން އެއްޗެހި ލިބުން ދަތިވެ، އެއްޗެހި ހޯދަންވެސް އުނދަގޫވެ،އަދި އަގު އެކަށީގެންވާ ވަރަށްވުރެ ބޮޑުވެފައި ބޭނުންވާ ބައެއް ކަހަލަ ހެދުން އެއްޗެހިވެސް ލިބުމުގައި ދަތިތަކެއް ހުރުމުން ވިސްނުމަށް އައީ އެކަން އަމިއްލައަށް ތަޖުރިބާ ކުރި މީހެއްގެ ހައިސިއްޔަތުން، އަންހެން ބޭކަނބަލުންނަށް މިކަމުގައި ކޮންމެވެސް ވަރެއްގެ ލުއިފަސޭހަކަމެއް ހޯދައިދިނުމަށް". މިކަން ފެށުނު ގޮތް ހިއްސާ ކުރަމުން ބޭބީއޮމްގެ ފައުންޑަރ އަދި ވެރިޔާ ބުންޏެވެ.

 

View this post on Instagram

 

A post shared by Babyom.mv (@babyom.mv)

ބޭބީއޮމްގެ އިންސްޓަގްރާމް ޕޭޖްގައި ކުޑަކުދިންނާއި ގުޅޭ ރީތި އެތައް ވައްތަރެއްގެ އަންނައުނު ލިބެން އެބަ ހުއްޓެވެ. ޔަގީނުންވެސް ކޮންމެ މަންމައަކާއި ބައްޕައަކުވެސް ބޭނުންވާ އަންނައުނު އެންމެ ފަސޭހައިން ލިބޭނެ ޕޭޖަކީ މިއީ އެވެ.

 

View this post on Instagram

 

A post shared by Babyom.mv (@babyom.mv)

އެންމެ ތުއްތު އުމުރުފުރައިން ފެށިގެން ފަސް އަހަރުގެ ކުދިންނަށް ބޭނުންވާ ތަފާތު އެކި ވައްތަރުގެ އަންނައުނު މިހާރުވެސް މި ޕޭޖުން ވިއްކަމުންދާއިރު، ލިބެން ހުންނާނީ އެންމެ ފަހުގެ އެންމެ ސްޓައިލިޝް އެއްޗެހިކަން ބޭބީއޮމްގެ ވެރިޔާ ޔަގީންކަން ދެއެވެ. އަދި އަބަދުވެސް ކޮލެޓީ އާއި އިތުބާރު ހިފަހައްޓައި، ރަނގަޅު އަގެއްގައި ކަސްޓަމަރުންނަށް ގެއާއި ހަމަޔަށް ތަކެތި ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަންވެސް ދެއެވެ.

 

View this post on Instagram

 

A post shared by Babyom.mv (@babyom.mv)

ބޭބީއޮމްގެ ވެރިޔާ ހާމަކުރިގޮތުގައި ޑޮލަރު ލިބުމުގެ ދަތިތަކާއި އަދި ދުނިޔޭގެ ދަތުރުފަތުރު ކުރުމުގެ މި އުނދަގޫ ހާލަތުގެ ސަބަބުން މިވަގުތު ބޭރުން މުދާގެނައުމުގެ އެއަރ ފްރައިޓްގެ އަގު ބޮޑެވެ. ނަމަވެސް މި ހާލަތު ބަދަލުވަމުންދާ ވަރަކަށް އަދި މިއަށްވުރެ ރަނގަޅު އަގުތަކެއްގައި މިޕޭޖުން އައިޓަމްތައް ލިބިގެންދާނެ ކަމަށެވެ.

 

View this post on Instagram

 

A post shared by Babyom.mv (@babyom.mv)

އެ ޕޭޖްގައި ހުންނާނީ ވަގުތުން ގަނެވެން ހުރި އައިޓަމް ތަކެވެ. އަދި ޕޭޖުން ގަންނަ އައިޓަމްތައް މިވަގުތު މާލެ، ހުޅުމާލޭގެ އިތުރުން ފުވައްމުލައް ސިޓީގެ ގެތަކަށާއި، ބޯޓުތަކަށްވެސް ޑެލިވަރީ ކޮށްދެމުން ދާނެއެވެ. އަދި ބޭބީއޮމްގެ ޑެލިވަރީ ހިދުމަތަކީ ވަރަށް އަވަސް ހިދުމަތެއްކަން ފާހަގަކުރަމުން އޭނާ ބުނީ، ވަރަށް އަވަހަށް އައިޓަމްތައް ބޭނުންވާ ފަރާތްތަކަށް، ވީހާވެސް އަވަހަށް ޑެލިވަރީ ކޮށްދެމުންދާ ކަމަށެވެ.

 

View this post on Instagram

 

A post shared by Babyom.mv (@babyom.mv)

ބޭބީއޮމްއިން މި ވަނީ، އެ ޕޭޖުން ވިޔަފާރި ކުރާ ފަރާތްތަކަށް ހާއްސަ މެމްބާޝިޕް ކާޑެއްވެސް ތައާރަފްކޮށްފައެވެ. އެގޮތުން މި ޕޭޖް މެދުވެރިކޮށް 31 މާރިޗް މަހުގެ ކުރިން 1000 ރުފިޔާއިން މަތީގެ ވިޔަފާރި ކުރާ ކޮންމެ ކަސްޓަމަރަކަށް މި ކާޑު ލިބިގެންދާނެއެވެ.

މުސްތަގުބަލުގައި މެޓާނިޓީ އަދި އިތުރު އުމުރު ފުރާތަކަށް ބޭނުންވާ އަންނައުނާއި، އިތުރު ކެޓަގަރީތަކުގެ އައިޓަމްތައް މި ޕޭޖް މެދުވެރިކޮށް ލިބޭނެގޮތުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ ވިސްނުން އެބަ ހުރި ކަމަށް ބޭބީއޮމްއިން ހާމަކުރެއެވެ. އަދި މިވަގުތު މާރިޗް 15 އާ ހަމައަށް އެންމެ ފުރަތަމަ 50 ކަސްޓަމަރުންނަށް ފްރީ މެމްބާޝިޕް ކާޑު ލިބިގެންދާނެ އެވެ.

 

View this post on Instagram

 

A post shared by Babyom.mv (@babyom.mv)

"މެމްބާޝިޕް ކާޑު ލިބިފައިވާ ކަސްޓާމަރުންނަށް ކުރިއަށް އޮތްތަނުގައި ޑިސްކައިންޓްތަކާއި އަދި ޕްރޮމޯޝަން ތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ، މިސާލަކަށް ގިވްއަވޭ ޕްރޮމޯޝަންތަކުގައި ބޭބީއޮމް މެމްބަރުން އޮޓޯމެޓިކަލީ ނޮމިނޭޓް ވާނެ"

 

View this post on Instagram

 

A post shared by Babyom.mv (@babyom.mv)

އޭނާ ބުނިގޮތުގައި، މިވީ ކުޑަދުވަސް ކޮޅުގެ ތެރޭގައިވެސް ހުރިހާ ކަސްޓަމަރުންގެ ފަރާތުންވެސް ލިބެނުންއަންނަނީ ޕޮޒިޓިވް ކޮމެންޓްތަކެކެވެ. އަދި ޑެލިވަރީ އަވަސްކަމާއި ކޮލިޓީ ރަނގަޅުކަށް ހިއްސާކުރުމަށް ގިނަ ކަސްޓަމަރުން ގުޅާވެސް ހަދައެވެ. އެހެންކަމުން ކުރިމަގު ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށް އޭނާ ބުންޏެވެ. އަދިއިތުރަށްވެސް ކަސްޓަމަރުންގެ ފަރާތުން އެދެނީ ކުރިއަށް ދިއުމަށް ހިތްވަރާއި، އިތުރު ޚިޔާލުތައް ހިއްސާ ކުރުން ކަމަށް އޭނާ ހާމަކުރިއެވެ.

 

View this post on Instagram

 

A post shared by Babyom.mv (@babyom.mv)

"ﷲގެ އިރާދަފުޅުން ބޭބީއޮމްގެ ކުރިމަގު ފެންނަނީ ވަރަށް އުޖާލާކޮށް. އަދި މިއީ ވިޔަފާރިއެއްގެ ފެށުން ކަމަށްވެފައި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ހުންނާނެކަމަށްފެންނާތީ ކަސްޓަމަރުންގެ ނެގެޓިވް ކޮމެންޓްސްތައްވެސް އުފަލާއެކު ބަލައިގަންނަން، މިއީ ކުރިއަށް ދިއުމަށް ދެވޭ އިތުރު ހިތްވަރެއް ކަމަށް ގަބޫލު ކުރަން!"

 

View this post on Instagram

 

A post shared by Babyom.mv (@babyom.mv)

އެއްވެސް އިތުރު މަޢުލޫމާތެއް ބޭނުންފުޅުވާ ބޭފުޅުން އަދި އޯޑަރ ކުރެއްވުމަށްވެސް ބޭބީއޮމްގެ އިންސްޓަރގްރާމް ޕޭޖް (ލިންކް) ، ވައިބަރ (ލިންކް) އަދި ފޯންނަންބަރު 9504488 އަށް މެސެޖު ނުވަތަ ގުޅާލެއްވުން އެދެމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ވވވވވ އަގުބޮޑުކޮށް ތި ވިއްކަނީ.ނުގަންނާނަން. މަގޭ އެކުވެރީން ކައިރީގައިވެސް ބުނާނަން ނުގަންނާށޭ.ތިއަށްވުރެ މާ އަގުހެޔޮކޮށް އަހަރެމެންގެ އަތޮޅު(އައްޑޫ ސިޓީން) ވެސް މާރީތި އަދި އޮރިޖިނަލް އެއްޗެހި ލިބޭ. ކަލޭ ތިއުޅެނީ މިފަދަ ދަތި ދުވަސް ވަރެއްގައި މީސްމީހުން ފެލަން ވެގެން.

    2
    109