ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ޖަހާފައިވާ މީހުންނަށް ހުޅުމާލޭގައި ހިންގަމުންދާ ޝެފް މޯޑް ބަދިގެއިން ޑިސްކައުންޓް ދޭން ނިންމައިފިއެވެ.

ޝެފް މޯޑު ބަދިގެެއިން ބުނީ، ކޮވިޑް ވެކްސިން ޖެހުމަށްފަހު އެ ރެސްޓޯރެންޓަށް ކާޑު ހިފައިގެން އަންނަ ފަރާތްތަކަށް %10 ޑިސްކައުންޓް ދޭނެ ކަމަށެވެ.

@sambe2020

♬ original sound - جبران بن لوط

މި ރެސްޓޯރެންޓަކީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ދިވެހިންގެ މެދުގައި މަގްބޫލުކަން ހޯދި ރެސްޓޯރެންޓެެވެ. އެ ރެސްޓޯރެންޓްގެ އެންމެ ތަފާތު އެންމެ ހާއްސަ ކަމަކީ ވަރަށް ދިވެހި ވަންތަކޮށް ރެސްޓޯރެންޓް ފަރުމާކޮށްފައި ހުރުމެވެ. އަދި އެތަނުން ދިވެހި ކެއުންތަކުގެ ހުރިހާ ވައްތަރެއް ލިބޭއިރު، އެތަނުގެ ބުއިންތަކަކީވެސް ތަފާތު ބުއިންތަކެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

މި ރެސްޓޯރެންޓް ހުންނާނީ ހުޅުމާލެ އަހިގަސް މަގުގައެެވެ.

މާލޭގެ އެކި ރެސްޓޯރެންޓްތަކުން މިފަދަ ޕްރޮމޯޝަންތަކެއް މިހާރު ވަނީ ފަށާފައެވެ. މިހާތަނަށް ރާއްޖޭގައި 98،000 އަށްވުރެ ގިނަ މީހުންގެ ގަޔަށް ވަނީ ވެކްސިން ޖަހާފައެވެ.