ވިލާ ހަކަތައިގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ވިލާ ގޭސްގެ "ކޮމްޕޮސިޓް"ފުޅީގެ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ވިލާ ގޭސް އިން ބުނީ، ކޮމްޕޮސިޓް ސިލިންޑަރަކީ ލުއިވެފައި އަލިފާނުގެ ހާދިސާއެއް ހިނގުމުން ވެސް ފުޅި ގޮވުން ފަދަ ހާދިސާއެއް ނުހިނގާނެ ގޮތަށް ތައްޔާރުކޮށްފައިވާ ރައްކާތެރި ފުޅިއެއް ކަަމަށެވެ. އަދި ފުޅީގެ އަރި މަތިން ގޭސް ހުންނަ ވަރު ވެސް ފެންނަން ހުންނާނެއެވެ.

މިއަދުން ފެށިގެން މާރިޗް މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް މި ޕްރޮމޯޝަން ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި އެ ކުންފުނީގައި އަލަށް ރަޖިސްޓްރީވާ ގޭބިސީތަކަށް ފުޅީގެ އަގު ނުލައި، 200 ރުފިޔާ ދައްކައިގެން ގޭހައިއެކު ފުޅި ލިބޭނެ ކަމަށް ވިލާ ގޭހުން ބުންޏެވެ.

އަދި ވިލާ ގޭސްގެ ދަގަނޑު ފުޅި ގެންގުޅޭ ކަސްޓަމަރުންނަށްވެސް ފައިބާ ފުޅިއަށް 200 ރުފިޔާ ދައްކައިގެން ގޭހާއެކު، ފުޅި ބަދަލު ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށްވެސް ވިލާ ގޭހުން ބުންޏެވެ.

ވިލާ ގޭސްގެ މި ޕްރޮމޯޝަން ކުރިއަށްގެންދާނީ ލިމިޓެޑް އަދަދެއްގެ ފުޅިތަކެއް ލިބޭ ގޮތަަށެވެ. އެހެންކަމުން ފުރުސަތުގެ ބޭނުން ހިފައި، އަވަހަށް ރަޖިސްޓްރީ ކުރާށެވެ. އެ ފުރުސަތު އޮތީ އަވަހަށް ރަޖިސްޓަރ ކުރާ މީހުންނަށެވެ.

މީގެ އިތުރުން، ވިލާ ގޭސް އިން ކުރިއަށްގެންދާ މި ޕްރޮމޯޝަންގެ ދަށުން އަލަށް ރަޖިސްޓަވާ މީހުންނަށް ހާއްސަ ލަކީޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތު އެބަ އޮތެވެ. އެގޮތުން މިއީ އަގުހުރި އިނާމްތައް ދޭ ގޮތަށް ކުރިއަށްގެންދާ ލަކީޑްރޯއެކެވެ. މި ލަކީޑްރޯގެ ފުރަތަމަ ނަސީބުވެރިޔާއަށް ހަތަރު މީހަކު ގޮވައިގެން ޕެރެޑައިޒް އައިލެންޑް ރިސޯޓްގައި ދެ ރޭގެ ހުރުމާއި، ކެއުމާއި ޓްރާންސްފާ ލިބިގެން ދާނެއެވެ.

އަދި ދެވަނަ ނަސީބުވެރިޔާއަށް ދެ މީހަކު ގޮވައިގެން ޕެރެޑައިޒް އައިލެންޑް ރިސޯޓްގައި ދެ ރޭގެ ހުރުމާއި، ކެއުމާއި ޓްރާންސްފާ ލިބިގެން ދާނެއެވެ.

އަދި ތިން ވަނަ ނަސީބުވެރިޔާއަށް އައިފޯން 12 މެކްސް ޕްރޯއެއް ލިބުމުގެ ފުރުސަތު އެބަ އޮތެވެ.

މިއީި މާލެ އާއި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ވިލޭ ގޭސް ވެބްސައިޓް މެދުވެރިކޮށް ރެޖިސްޓަ ކޮށްލާށެވެ. ނޫނީ ވިލާ ގޭސް ހޮޓްލައިން ނަމްބަރު 7725566 އަށް ގުޅައިގެން ބައިވެރިވެވޭނެއެވެ.

ވިލާ ގޭސް އިން ބުނީ، ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކުވެސް ހެނދުނު 9:00 އިން 5:000 އަށް އެ ކުންފުނީގެ ހޮޓްލައިިންއަށް ގުޅައިގެން ކުރިއަށްގެންދެވޭނެ ކަމަށެވެ.