ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް ކްރެޑިޓް ކާޑުގެ ބިލަށް ފައިސާ ދެއްކުމާ ގުޅޭ މައުލޫމާތު ދިނުމުގެ ގޮތުން އެސްއެމްއެސް ފޮނުވުމަށް އެ ބޭންކުން ނިންމައިފިއެވެ.

އެ ބޭންކުން މިއަދު ބުނީ، ކްރެޑިޓް ކާޑަށް ދައްކަންޖެހޭ ފައިސާ އޮޓޮމެޓިކުން ކެނޑުމުގެ ކުރިން ކަސްޓަމަރުންނަށް އެސްއެމްއެސް އެއް ލިބޭނެ ކަމަށެވެ.އަދި މި މެސެޖުގައި ކާޑަށް ފައިސާ ކެނޑޭނެ ތާރީހު ހިމެނިފައިވާނެ ކަމަށާއި، ފައިސާ ކެނޑޭނީ ކަސްޓަމަރު ބޭންކާއެކު އެއްބަސްވެފައިވާ ކްރެޑިޓް ކާޑުގެ ރިޕޭމަންޓް ޕްލޭން އާ އެއްގޮތަށް ބިލުގެ %5 ނުވަތަ ބިލުގެ ޖުމްލަ އަދަދުން ކަމަށް އެ ބޭންކުން ބުންޏެވެ.

އަދި ކާޑަށް ފައިސާ ކެނޑުމާއެކު ކަސްޓަމަރަށް އެސްއެމްއެސް މެދުވެރިކޮށް އެކަން އަންގާނެކަމަށްވެސް އެ ބޭންކުން ބުންޏެވެ.

އަދި ފައިސާ ނުކެނޑިއްޖެ ހާލަތެއްގައިވެސް ކަސްޓަމަރަށް އެކަން އަންގާނެ ކަަމަށް އެ ބޭންކުން ބުންޏެވެ. އަދި ކްރެޑިޓް ކާޑަށް ފައިސާ ދައްކާފައިވާނަމަ، ނުވަތަ ކްރެޑިޓް ކާޑަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނެތް ހާލަތުގައި ބޭންކުން ފޮނުވާ އެއްގޮތަށް އަމަލުކުރަން ނުޖެހޭނެކަމަށްވެސް އެ ބޭންކުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު