މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ވިސާ ޑެބިޓް ކާޑު ލޯންޗުކޮށްފިއެވެ.

އެމްއައިބީން ލޯންޗުކުރީ ވިސާ ޕްލެޓިނަމް އަދި ވިސާ ގޯލްޑް ޑެބިޓު ކާޑެކެވެ.

އެމްއަައިބީން ބުނީ ވިސާ ޑެބިޓް ކާޑު ބޭނުންކޮށްގެން ރާއްޖޭގެ ކޮންމެ ހިސާބެއްގައިވެސް ބަހައްޓާފައިވާ ވިސާ ގަބޫލު ކުރާ ހުރިހާ ޕީއޯއެސް އަދި އޭޓީއެމް މެޝިންތަކަކުން ހިދުމަތް ހޯދޭނެ ކަމަށެވެ.

ގޯލްޑް ކާޑާ އެކު އެމްއައިބީން ވަނީ އެވްރީޑޭ ބެނެފިޓްސްގެ ނަމުގައި ޑިސްކައުންޓް ސްކީމެއް ތައާރަފްކޮށްފައެވެ. މިސްކީމުގެ ދަށުން ގިނަ އަދަދެއްގެ ފިހާރަތަކުން އެމްއައިބީ ކަސްޓަމަރުންނަށް ޑިސްކައުންޓް ލިބޭނެއެވެ.

އެމްއައިބީ އިން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ގިނަ އަދަދެއްގެ ވެލިއު އެޑެޑް ހިދުމަތްތައް ތައާރަފުކުރާނެ ކަމަށެވެ.