އެމްއައިބީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަބްދުލް އެހްތެޝާމް އަބްދުލްމުހައިމިން މަގާމުން ވަގުތީ ގޮތުން އެކަހެެރިކޮށްފިއެވެ.

އެކަން ހާމަކޮށްފައި ވަނީ މީގެ އިރުކޮޅެއް ކުރިން ނެެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައި ސީއީއޯ މަގާމުން އެކަހެރި ކުރި ސަބަބު ހާމަކޮށްފައެއް ނުވެއެވެ.

އޭނާ މަގާމުން އެކަހެރި ކޮށްފައިވާކަން ހާމަކޮށްފައިވާއިރު، ބޯޑަށް ނާންގައި 162،000 ޑޮލަރު (2.4 މިލިއަން ރުފިޔާ) ނެގި މައްސަލައެއް ފެންމަތިވެފައި ވެެއެވެ. އެއިރު މި މައްސަލަ ފެންމަތިވުމުން އެމްއައިބީން ބުނީ އޭނާ މަގާމުން ސަސްޕެންޑްކޮށްފައި ނުވާ ކަމަށެވެ.

އެމްއައިބީން މިރޭ ނެެރުނު ބަޔާނުގައި ބުނެފައި ވަނީ އެގްޒެކެޓިވް މަސައްކަތްތަކުން ސީއީއޯ އެކަހެރިކޮށްފައި ވަނީ މިހާރު ހިނގަމުންދާ އިންޓާނަލް އިންކުއަރީއެއްގެ ދަށުން ކަމަށެވެ.

ސީއީއޯ ސަސްޕެންޑް ކުރުމާއި ގުޅިގެން އެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވާނީ ސީއޯއޯ އަހުމަދު ރިޒާ ކަމަށް އެމްއައިބީން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    އަވަހަށް ލާރި ކޮޅުނަގަންވީ ދެން ތަންކަންނޭގެ ތަޅުއަޅުވާނީ

  2. ސައީދު

    ސަރުކާރުގެ ވެރިންނަކަށް ނުގަވާދުންއުޅޭ ބިދޭސީން ނަކަށް ހަދަންވީގޮތެއް ނޭނގުނު ވީމާ ދިވެހި ރައްޔިތުން މިކަމަށް ނިކުންނަން ވެއްޖެ އަހަރުމެން ނިކުމެގެން ނޫނީ މިކަމެއް ނުހުއްޓުވޭނެ.

    10
  3. އަލްޖިބްރާ

    އަނެކަކު ދިވެހިންގެ ލާރިގަޑެއް ކާލައިގެން ފިލީ ! ތިބެންކްގެ ކޮންމެވެސް ބަޔަކަށް ބައިއެޅޭ ގޮތަށް ކުރިކަމަކާ ވަރަށް ވައްތަރު !

    4
    1
  4. ހާނިމް

    ކޮބާ ނެގި ލާރިކޮޅު، ދެން އެ ކިހިނެތް ލިބޭނީ. އަހަރުމެން އާންމު ފަރުދުން -/50000ރ އަށް ވުރެއް މައްޗަށް ލާރިއެއް ޖަމާކުރިއަސް ބޭންކުން ހީވާނީ ރެވިތެޔޮލާގެން އުޅޭ ބައެއްހެން ގުޅާ ވަރުން ، ނުވަތަ 02 ލައްކަ ރުފިޔާ ޖަމާކުރާ އިރަށް އެމްއެމްއޭއިން ސުވާލުކުރާނެ، މިފަހަރު ކޮބާތަ އެ އެމްއެމްއޭ

  5. ދޯ

    162،000 ޑޮލަރު ކަން ޔަގީން ތޯ؟؟ ނޫނީ ބިލިއަނުން ތޯ ކާލީ

  6. އިބިލީސް

    ތިކަމަކީ އިއްޔެއަކު މިއަދަކު ހިގައިން އުޅޭ ކަމެއްނޫން. ތިކަމަށް ފިޔަވަޅިއެޅިތާވެސް ކިތަންމެ ދުވަހެއް. އޭނަ ނެގި ލާރިއަކީ ވަގަށް ނެގި ލާރިއެއްވެސް ނޫން. އޭނާއަށް ލިބެން ޖެހޭ ލާރިއެއް. އެކަމަކު އެލާރި ނެގި ގޮތްގޯސްވެގެން ފިޔަވަޅުއެޅީ. އޭނާ އާމެދު ފިޔަވަޅި އަޅަފައި އޮވާ ތަނުގައި އުޅޭ ސިޔާސީ އާއިލާއެއްގެ މީހެން މަމޮޅޭ ވާންވެގެން މީޑިއާތަކަށް ލީކް ކޮށްލީ. މި ސިޔާސީ މީހުން ތިކަހަލަ ތަންތަނަށް ވެއްދުމަކީ ތަނުގެ ހަލާކު. ހަޤީގަތުގައި އޭނައަށް ލިބެންޖެހޭ އަދަބިވެސް އޮތޯ މާކުރިން ލިބިފަ. ކޮންމެހެން މީޑިއާތަކަށް ލީކް ކޮށްލާ އޭނަގެ އަގު ވައްޓަލުމުގެ ބޭނުމެއް ނެތް