ކޮވިޑް-19 ގައި މިއަދު ރާއްޖެ އިން ހަތަރު ވަނަ މީހަކު ނިޔާވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޑް ޖެހިގެން ނިޔާވެފައި ވަނީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ގެންދިޔަ މީހެކެވެ. އެއީ 71 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އޭނާ ނިޔާވެފައި ވަނީ މިރޭ 22:30 ގައެވެ.

މިއަދު ކޮވިޑްގައި ނިޔާވި ހަތަރު މީހުންގެ ތެރެއިން ތިން މީހުން ނިޔާވެފައި ވަނީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައެވެ.

މިއާއިއެކު ކޮވިޑްގައި ރާއްޖެ އިން ނިޔާވި މީހުންގެ ޖުމްލަ އަދަދު ވަނީ 148 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު