އެއާޕޯޓްތަކުގެ ހިންގުން ބޭރުގެ 100 އިންސައްތަ ޚިއްސާ އޮންނަ ކުންފުންޏަކަށް ދެވުނު ނަމަވެސް ވައިގެ ޓްރެފިކް ކޮންޓްރޯލް ނުލިބޭނެ ކަމަށް ލިޔެ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފްޑީއައި) ޕޮލިސީ އަލުން ގެޒެޓްކޮށްފިއެވެ.

އެފްއައިޑީއަށް ސަރުކާރުން ގެނައި ބަދަލު އެންމެ ފުރަތަމަ ގެޒެޓްގައި ޝާއިއު ކުރިއިރު އޮތީ ބޭރުގެ 100 އިންސައްތަ ޚިއްސާވާ ކުންފުނިތަކަށް އެއާޕޯޓް ހިންގޭ ގޮތަށް ދޫކޮށްލާއިރު ވައިގެ ޓްރެފިކް ކޮންޓްރޯލް ކުރުމުގެ ހަރަކާތްތައް ވެސް ހިމެނޭ ގޮތަށެވެ.

އެ ކަމަށް ބޮޑެތި ފާޑުކިއުންތައް އަމާޒުވެފައިވަނިކޮށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެފައިވަނީ އެހެން އޮތީ އިބާރާތް ކުރުމުގެ ކުށަކުން ކަމަށާއި ވައިގެ ޓްރެފިކް ބަލަހައްޓާނީ ދިވެހި ދައުލަތުން ކަމަށެވެ.

ރޭ އަލުން ޕޮލިސީ ގެޒެޓް ކުރިއިރު، މިހާރު އޮތީ 100 އިންސައްތަ ބޭރުގެ ކުންފުނިތަކަށް ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތައް ދެވޭނެ ކަމަށާއި އެކަމަކު އެއިން ދިވެހި ދައުލަތުގެ ޚިދުމަތްތައް އުނިވާނެ ކަމަށެވެ.

ދިވެހި ދައުލަތުގެ ޚިދުމަތްތަކުގެ ގޮތުގައި ފާހަގަކޮށްފައިވަނީ ވައިގެ ޓްރެފިކްގެ ޚިދުމަތުގެ ކޮންޓްރޯލްއާއި، ކަސްޓަމްސްއާއި، އިމިގްރޭޝަންއާއި، އޭވިއޭޝަން ފަދަ ޚިދުމަތްތަކެވެ.

އިކޮނޮމިކް މިނިސްޓްރީން އެފްޑީއައިއަށް ބަދަލު ގެނައިރު، ކުރިން އޮންނަނީ އެއާޕޯޓްތައް ހިންގޭނީ ބޭރުގެ 75 އިންސައްތަ ޚިއްސާ އޮންނަ ކުންފުނިތަކަށް ކަމަށެވެ. އެހެންވެ އެއާޕޯޓް ހިންގަން ހަވާލު ކުރެވޭ ކުންފުންޏެއްގައި ދިވެހިންގެ 25 އިންސައްތަ ޚިއްސާ އޮންނަން ޖެހެއެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވާ ގޮތުގައި އެ ބަދަލު މި ސަރުކާރުން ފުރަތަމަ ގެނައީ ދިވެހިންނަށް ފުރުސަތުތައް ދިނުމަށެވެ. އެކަމަކު ބޭރުގެ ކުންފުނިތަކުން އެއާޕޯޓަށް ބޮޑު އިންވެސްޓެއް ކުރާއިރު 75 އިންސައްތައަކީ ކުޑަ އަދަދެއް ކަމުގެ ޝަކުވާ އަންނާތީ ކުރިން އޮތް ގޮތަށް ބަދަލު ކުރަން އަލުން ނިންމީއެވެ.

އިދިކޮޅު ފަރާތްތަކުގެ ފާޑުކިއުންތަކަށް ރައްދު ދެއްވަމުން ފައްޔާޒު ވިދާޅުވީ ވާދަވެރި ފަރާތްތަކުގެ ވެރިކަމުގައި ވެސް އެފްޑީއައި އޮތީ ބޭރުގެ 100 އިންސައްތަ ޚިއްސާ އޮންނަ ކުންފުނިތަކަށް ދެވޭ ގޮތަށެވެ. އެ ގޮތުން ގއ. ކޫއްޑޫ އެއާޕޯޓް ދިން ކަމާއި ނ. މާފަރު އެއާޕޯޓް ދޭން އުޅުނު ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު އޮޕަރޭޓް ކުރަމުންދާ އެއާޕޯޓްތަކުގެ ތެރެއިން އަމިއްލަ ފަރާތްތަކުން ހިންގާ އެއާޕޯޓްތަކުގެ ތެރޭގައި ހިމެނެނީ ގއ. ކޫއްޑޫ އެއާޕޯޓާއި، ދ. ކުޑަހުވަދޫ އެއާޕޯޓާއި، އދ. މާމިގިލި އެއާޕޯޓެވެ. މީގެ ތެރޭގައި ވެސް ބޭރު ފަރާތްތަކުގެ ޚިއްސާ އޮންނަ ކުންފުނިތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ކެހިވެރި ނަޖިސް

    ސީދާ ކަޑަ އެޅިގެން ބޯގޯސް.

    17
  2. ފަލަ ސުރުޚީ

    މަދު ލާރި ކޮޅަކަށް ގަ އުމު އަންބޮޑި އަށް.

    16
  3. ފޮނިކެޑުން.

    ރޯނު އެދުންގެ ސަރުކާރު.

    20
  4. ާައަހުމަދު

    ކުރީގަ ބުނި ލިޔެފަ އޮތް އެއްޗެއް ރައްޔިތުން ކިޔަން ނޭގެނީއޭ.

    19
  5. މޯދީ ކެބިނެޓް

    އެމް ޑީ ޕ މަކަރުވެރި ހިޔަޅުން. ޢެގަވާއިދު އުވާލަންވީ ނޫންތޯ ކެރެންޏާ! އިންޑިޔާ އަތުން ކަޓުނަގައިފި، މީނާ ބޭރުކުރޭ!

  6. ޢިޔާބު

    އިސްތިއުފާދީ ކަނޑުކޮހާ

  7. ދަންޑަހެލު އަދުން

    ކޮބާ ސުންމުލް އަމީރު މުހަންމަދުނަޝީދު
    ކަލޭބުނިހެން މިމީހާ ބޭރުކުރަންވީ
    ސަރުކާރުގެ ކުންތުނިތަކުން ލިބޭ ފާއިދާއިން އެތަނެއް ތަރައްގީ ވާން ޖެހޭން ބޯނަސް ދޭކަން ނުޖެހޭނެ އިތުރުގަޑިލާރިދެމުން ވެސް ވީ ބޯނަސްދެބް ގައުމު ހުސްކޮއްލަނީ
    ނަމަނަމަ ލދނ ނުކިޔާތު ދެން އިއްވާނީ ހުކުމް.. ވަރައްސަލާން

  8. ރަބަރޭ

    މިވަރުން ދަންޏާ އިންޑިޔާ އިން މިދިވެހިރާއްޖެ އަދި ހިފާނެ

  9. ކިއްލާ

    މިވަރަށް ރައްޔިތުންނާ ނޫސްވެރިން ނުތެޅުންނަމަ %100 ގެ މާނަ އޮޅުވައިލީސްކަން ޔަޤިން

  10. ދުންމާރި

    މިކަލޭގެ މި އުޅެނީ ޤައުމުގެ ހުރިހާ ހަރުމުދާ ވިއްކާލައި އަންބޮނޑި ބޮޑުކޮށްގެން ފިލާ ރައްކާވާން ދިވެހި ރައްޔިތުން ހޭވެރިވާން އެބަޖެހޭ

  11. ކެޔޮޅު

    ހާދަވަރަކައް އޮޅޭ ސަރުކާރެކޭ މިއީދޯ؟ މިހާވަރައް އޮޅެންޏާ މިކަންކުރުމުގެ ޤާބިލްކަން މިސަރުކާރުގެ ވެރިންގެ ކިބަ އިގާ ނެތެއްނޫންތޯ؟ ދެން އެހެންކަމަކާ އުޅެންވެއްޖެޔެއްނޫން؟؟