އެއް ފަހަރާ ބޭނުން ކުރުމަށްފަހު އުކާލާ ފޭސް މާސްކުގެ އާ ސްޓޮކެއް ސޮއްޓިބިޒް އިން ގެނެސްފިއެވެ.

އެ ފިހާރައިން މި މާސްކު ވިއްކަނީ އެންމެ 99ރ. އަށެވެ. މިއީ މިވަގުތު ބާޒާރުގައި މި މާސްކު ލިބެން ހުރި އެންމެ ހެޔޮ އަގެވެ. ކޮންމެ ފޮއްޓެއްގައި 50 މާސްކު އިންނާނެއެވެ.

ސޮއްޓިބިޒްއިން ވިއްކާ ޑިސްޕޮސިބަލް މާސްކަކީ ތިން ލޭޔާގެ މާސްކުތަކެވެ. މިއީ އެންމެ ރައްކާތެރި މާސްކުތަކެވެ. މި މާސްކުތައް ޑިޒައިން ކޮށްފައި ހުންނަނީ ސާޖިކަލް މާސްކުގޮތަށެވެ.

އެ ފިހާރައިން ވިއްކާ މާސްކަކީ މިހާރު އާއްމުކޮށް ގިނަ ބަޔަކު ބޭނުންވާ ކަޅު ކުލައިގެ މާސްކެވެ. މިއީ އަޅައިގެން ހުންނައިރު ނޭވާލާން ފަސޭހަ ވެފައި މޫނުގެ ހަމާ ވެސް ގުޅޭ މާސްކެކެވެ.

މި މާސްކު ގަންނަން ބޭނުންވާ މީހުންނަށް ޗާންދަނީ މަގުގެ ޖަލާލުއްދީން މިސްކިތުގެ މައި ދޮރު ކުރިމަތީގައި ހުންނަ ސޮއްޓިބިޒް ފިހާރައަށް ޒިޔާރަތް ކޮށްގެން ނުވަތަ އެ ފިހާރައިގެ ނަންބަރު 7449955 އަށް ގުޅައިގެން ވެސް އޯޑަރު ކުރެވޭނެއެވެ.

ރަށްރަށުގައި ތިބެގެންވެސް ސޮއްޓިބިޒް ފިހާރައިން ވިޔަފާރި ކުރެވޭނެއެވެ. އެގޮތުން، އޯޑަރު ކުރުމުން ކަސްޓަމަރު ބުނާ ބޯޓަކަށް ޑެލިވަރީގެ ހިދުމަތް ވެސް އެ ފިހާރައިން ދޭނެއެވެ.