އޮޅުވާލައިގެން ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ހިދުމަތް ދެމުންދިޔަ މާލެ ސަރަހައްދުގެ ތިން ގެސްޓް ހައުސްއެއްގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ބާތިލްކޮށްް، ބައެއް ގެސްޓް ހައުސްތަކަށް އިންޒާރު ދީފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، ދެކުނު އޭޝިއާގެ ފަތުރުވެރިންނަަށް ހިދުމަތް ދިނުމުގައި އޮންނަ އުސޫލަށް އަމަލު ކުރަމުންދޭތޯ ބެލުމަށް މިހާރު އެ މިނިސްޓްރީން ކުރިއަށްގެންދާ އިންސްޕެކްޝަންތަކުގައި އެ މިނިސްޓްރީން މާލެ ސަރަހައްދުގެ ތިން ގެސްޓްހައުސްއެއްގެ އޮޕަރޭޓިންގ ލައިސަންސް ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.

އެއީ ހުޅުމާލޭގައި މާލޭގައި ހިންގަމުންދާ ތިން ގެސްޓް ހައުސް އެވެ.

''ވަގުތު"އާ ވާހަަކަދައްކަމުން ޓޫރިޒަމް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ އައްސަދު ވިދާޅުވީ، ދެކުނު އޭޝިއާގެ ފަތުރުވެރިން އައުމަށް މި މަހުގެ 15 ވަނަ ދުވަހު ދިން ހުއްދައާއެކު މާލެ ސަރަހައްދުގެ ގެސްޓް ހައުސްތަކާއި، މާފުއްޓަށްވެސް އެ ސަރަހައްދުގެ ފަތުރުވެރިން ގިނަ ދުވަސްތަކަށް ދިޔަ ކަން ފާހަގަ ކުރެވުނު ކަަމަށެވެ.

"އެހެންވެ އަޅުގަނޑުމެން އޭގެ އިންސްޕެކްޝަންތަކެއް ކުރިއަށް ގެންދިޔައިން، ހުޅުމާލެ މާލެ ހިމެނޭ ގޮތަށް، އެ އިންސްޕެކްޝަންގެ ތެރެއިން އަޅުގަނޑުމެންނަށް ބައެއް ހޮޓާ ތަކުން ފާހަގަކުރެވުނު"،

އައްސަދު ވިދާޅުވީ، ކުރިއަށް އޮތްތަނުގައިވެސް ހޮޓާތަކާއި ގެސްޓް ހައުސްތަކުގެ އިންސްޕެކްޝަން ކުރިއަށްދާނެ ކަމަށާއި، އަދި މާފުށިން ލިުނު އެ ރިޕޯޓްވެސް އިތުރަށް ބަލަމުންގެންދާ ކަަމަށެވެ.

ދެކުނު އޭޝިއާގެ ފަތުރުވެރިން މާލޭގައި މަޑުކުުރުމަށް ހުއްދަ ދީފައި ވަނީ ވަކި އުސޫލެއްގެ ދަށުންނެވެ. އެގޮތުން އެފަދަ ފަތުރުވެރިންނަށް މާލޭގެ ގެސްޓްހައުސްތަކުގައި މަޑުކުރެވޭނީ ފުރުމަށްޓަކައި ޓްރާންސިޓްވުމަށެވެ. އެއީ އެ ފަތުރުވެރިން 48 ގަޑިއިރަށްވުރެ އިތުރު ނުވާ ގޮތަށް ތިބުމަށް ދީފައިވާ ހުއްދަ އެކެވެ.

ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ގެސްޓްހައުސްތަކަށް ޗެކިން ކުރުމަށް ހުޅުވާލަން ނިންމާފައި ވަނީ ޖުލައި 30 ވަނަ ދުވަހުއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙހހހ

    ތިކަ މަށްވުރެ މާ ނުރައްކާ ، މިހާރު ގިނަ ގެސްޓްހައުސްތައް ހިންގަނީ ބަންގްލަދޭޝް ބޭފުޅުން ، މީ ސީދާ ދިވެހިން ކުރުވާކަ މެއް ، އެ މީހުންނަށް ދީފަ ދިވެހި މީހާ އޮންނަނީ ސޯފާގައި