ރާއްޖެއަށް އިއްޔެ ރެކޯޑް އަދަދަކަށް ފަތުރުވެރިން އަތުވެއްޖެއެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުވާން ފަށާފައި ވަނީ، ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއި ގުޅިގެންނެވެ. ކޮވިޑް-19 އާ ގުޅިގެން ދެކުނު އޭޝިއާގެ ފަތުރުވެރިން ރާއްޖެ އައުން މަނާ ކޮށްފައި އޮތުމަށްފަހު އަލުން ހުއްދަ ދިން ފަހުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތައް ވަނީ މައްޗަށް ދާން ފަށާފައެވެ.

އެގޮތުން 15 ޖުލައި މަހިގެ ނިޔަލަށް ކޮންމެ ދުވަހަކު ރާއްޖެ އައި ފަތުރުވެރިންގެ އަދަދުތައް އުޅެނީ 2،500 އާއި 5،000 އާއި ދެމެދު އެވެ. އަދި އޮގަސްޓް މަހުގެ ފުރަތަމަ ހަ ދުވަހު އަދަދުތައް 5،000 އާއި 3،700 އާ ދެމެދުގައި އުޅުނުއިރު، އިއްޔެ ރާއްޖެއަށް 6،083 ފަތުރުވެރިން އައިސްފައި ވެއެވެ.

މިއީ މިއަހަރު ތެރޭގައި ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން އެއް ދުވަހެއްގައި މިހާ ގިނަ ފަތުރުވެރިން އައި ދުވަސްކަން ފާހަގަކޮށްލަން ޖެހެއެވެ.

މީގެ ކުރިން މިއަހަރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ މާރިޗް މަހުގެ 26 ވަނަ ދުވަހުއެވެ. އެ ދުވަހު ރާއްޖެއަށް 5،516 ފަތުރުވެރިން އައިސްފައި ވެއެވެ.

މިހާރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތަކުން އުއްމީދު އާވާކަމުގެ ސިގްނަލްތައް ދަނީ ފެންނަމުންނެވެ. އަދި ކުރިއަށް އޮތްތަނުގައި އަދަދުތައް މިހާރަށްވުރެ މައްޗަށް އަރާނެ ކަމަށް ބެލެވޭއިރު، މި އަހަރު މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދުތައް ވަނީ 645،982 އަށް ވަނީ އަރާފައެެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަހްމަދު

    ފަތުރުވެރިންގެއަދަދުއިތުރުވެ ރެލޯޑުހަދާއިރު ޑޮލަރުގެއަގައް ބަދަލެއްނާންނާތީދެރައީ

  2. މަ

    ތި އެއާޕޯޓުގަ ތިއެންމެނަށް ހިދުމަތްދޭނެ ވަސީލަތެއް ނެތް.ޗެކިން ހޯލުގަ ޖާގައެއްނެތް.ކުރާނެ މީހެއްނެތް..ބޮޱުން ތިބެނީ އަރާމުގަ. ތި އިންޱިޔާ މީހުން މިތަނަކަ ލާރިއެއް ހަރަދެއް ނުކުރޭ.. އެއާޕޯޓުގަ އޮންނަނީ އެމީހުންގެ ނުބައިވަސް ހިއްޕާލާފަ

  3. ޙާލަތު

    ތިޔަ ވާނީ މާގިނައިން އިންޑިއާއިން ދުބާއީ އަށާ އެމެރިކާއަށް ދދިއުމުގެ ކުރިން އައީކަމަށް .

  4. ކަޅު

    ޑޮލަރުގެ އަގު ދަށަށް ދާތަނެއް ނުފެނޭ....ބެންކް ރޭޓަށް ވުރެން 3 ރުފިޔާ ބޮޑު...ގެސްޓުން ގިނަވެގެން ކޮންކަ ރައްޔިތުންނަށް އޮތީ؟

  5. ސުވާލު

    މެދދދދޑދުއިރުމަތީ ގައުމުތަކަށް ދާ އިންޑިޔާ މީހުން ރާއްޖޭގައި ކޮރަންޓީން ވާން އަންނަން ހުއްދަދދީފަ މިކިޔަނީ ފަތުރުވެރިންގެ ރެކޯޑޭ ކީކޭ ބުނާނީ.

  6. ހަސަނު

    އޭގެ 20 ޕަސެންޓަކީ ގަލްފަށް ދާން އަ އި އިންޑިޔާ މީހުން. ގެސްޓްހައުސް ޕޭކުރާ އެއ އެޗެ އްފިޔަވާ އެންމެ ލާރި އެ އާވެސް ހަރަދެ އްނުކުރެ. މާލެ ހުޅުމާލެ ގެސްޓް ހަ އުސް ތަކުން އެމީހުން އަތުން ވަރަށްބޮޑު އެއ އްޗެ އް އެބަނަގާ. ފެންވަރު ދަށް ސާރވިސް އަކަށް ވަރަށްބޮޑު އެ އްޗެ އް ނަގަނި. އެގޮތްވެސް ރަނގަޅެ ނޫން.