އެމެރިކާގައި އުމުރުން 15 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް މަސްތުވާތަކެތި ދީ ރޭޕް ކޮށް މަރާލައިފިއެވެ.

މި ހާދިސާ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، ތުހުމަތުގައި ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް އެފަރާތްތަކުން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 40 އަހަރުގެ ސާޖިއޯ ހަނޭންޑެޒް ނަމަކަށް ކިޔާ މީހަކާއި އުމުރުން 18 އަހަރުގެ ޖޮސްލިއާ ވިލިއަމްސް ނަމަކަށް ކިޔާ މީހަކު ކަމަށެވެ.

އޭގެ ތެރެއިން އެކަކަށް ޖިންސީ ގޯނާއެއް ކޯށްފައިވާ ކަމުގެ ތުހުމަތު ކޮށްފައިވާއިރު، އަނެކަކަށް ތުހުމަތު ކޮށްފައިވަނީ އޮރިޔާން ކާޑު އުފައްދުމުގެ ދައުވާއެވެ. މި ދެމީހުންގެ މައްޗަށް ވެސް މީހަކު މެރުމުގެ ދައުވާ ވަނީ ކޮށްފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެކުއްޖާގެ ހަށިގަނޑު ފެނިފައިވަނީ އޯކް ޕާކް އަލޭގެ މަގަކުންނެވެ. އަދި ކުއްޖާ ފެނުނުއިރު އޮތީ މަސްތުވާތަކެތީ ދީ ރޭޕް ކޮށްފައި ކަމަށް ވެސް ރިޕޯޓްތަކުން ބުނެއެވެ.

އެފަދަ މައުލޫމާތު ތަކެއް އާއްމުވެފައިވީ ނަމަވެސް، އެ މީހުންނާއި އެކުއްޖާއާއި ބައްދަލުވެފައިވަނީ ކިހިނެތް ކަމަށާއި ރޭޕް ކޮށްލާފައިވަނީ ކޮންކަމަކާއި ގުޅިގެން ކަމެއް އަދި ސާފުވެފައެއް ނުވެއެވެ.

މިއީ ބޭރުގެ ގައުމެއްގައި އަލަށްވާ ކަމެއް ނޫނެވެ. އެފަދަ ގައުމުތަކުން ކޮންމެ ދުވަހަކު ގޮތަކަށް ކުޑަކުދިން ނުވަތަ އަންހެނުން ރޭޕް ކުރުން ވެސް ވަނީ އާއްމުވެފައެވެ. އެފަދަ ކަންކަން އެގައުމުތަކުގައި ގިނަވާއިރު، ބައެއް ގައުމުތަކުން އެފަދަ ކުށްތައް ކުރާ ފަރާތްތަކަށް އަދަބު ނުދޭތީ ގިނަ ބައެއްގެ ފާޑު ކިޔުން އަންނަނީ އަމާޒުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު