އިއްޔެ ދުނިޔޭގެ ބާޒާރަށް ނެރުނު ގޯޕްރޯގެ އެންމެ ފަހުގެ އުފެއްދުން ކަމަށްވާ ހީރޯ 10 މިއަދު ސޮއްޓިބިޒް އިން ރާއްޖެއަށް ތައާރަފުކޮށްފިއެވެ.

އެ ފިހާރައިން މިއަދުން ފެށިގެން ހީރޯ 10 ލިބެން ހުންނާނެއެވެ. އެގޮތުން، އެ ފިހާރައިން ހީރޯ 10އެއް ލިބޭނީ 9800ރ. އަށެވެ.

މުޅިން އަލަށް ބާޒާރަށް ނެރުނު ގޯޕްރޯގެ މި ކެމެރާއަށް ވަނީ ކުރީގެ ސީރީޒްތަކާ އަޅާ ބަލާއިރު ގިނަ ބަދަލުތަކެއް ގެނެސްފައެވެ. މީގެ ތެރޭގައި ވީޑިއޯ ކޮލިޓީ އާއި ޝޫޓިން މޯޑުތައް ހިމެނެއެވެ.

ގޯޕްރޯ ހީރޯ 10ގައި 5.3ކޭ މެކްސް ވީޑިއޯ ރިޒޮލިއުޝަންގައި ވީޑިއޯ ކޮށްލެވޭނެއެވެ. މިހާރު އާއްމުކޮށް ގެންގުޅޭ ކެމެރާތަކުގައި ހުންނަނީ 4ކޭ ރިޒޮލިއުޝަނެވެ.

މީގެ އިތުރުން ކުރިން ގޯޕްރޯ ހީރޯ ކެމެރާތައް ފެނުއަޑީގައި ބޭނުން ކުރާއިރު ވޯޓާ ޕްރޫފް ކަވަރެއް ބޭނުންވި ނަމަވެސް ހީރޯ 10ގައި ވަކި ވަރަކަށް އަޑީގައި ވޯޓާ ޕްރޫފް ކަވަރަކާ ނުލައިވެސް ބޭނުން ކުރެވޭނެއެވެ.

މި ކެމެރާ ތައްޔާރުކޮށްފައިވަނީ ކުޅިވަރުތައް ފަދަ ހަރަކާތްތަކަށް ހާއްސަކޮށްގެން ކަމުން ކިތަންމެ ވަރަކަށް ތެޅުނު ނަމަވެސް ވީޑިއޯއަށް އޭގެ އަސަރެއް ނުކުރާނެއެވެ. އަދި ސްޕީޑުވެސް އެހާމެ ބާރުވާނެއެވެ.

މީގެ އިތުރުން ކުރީގެ ކެމެރާތަކާ ހިލާފަށް ހީރޯ 10ގެ ޑިސްޕްލޭވެސް ބޮޑުވާނެއެވެ. މިއީ ގިނަ ބަޔަކު އެދެމުން އައި ބަދަލުތަކެކެވެ.

ގޯޕްރޯ ހީރޯ 10 ގަންނަން ބޭނުންވާ މީހުންނަށް ޗާންދަނީ މަގު ޖަލާލުއްދީން މިސްކިތް ކުރިމަތީގައި ހުންނަ ސޮއްޓިބިޒް ފިހާރައަށް ޒިޔާރަތް ކޮށްގެން ނުވަތަ 7750004އަށް ގުޅައިގެން އޯޑަރު ކުރެވޭނެއެވެ. އެ ފިހާރައިން ބޯޓުތަކަށް ވެސް ޑެލިވަރިގެ ހިދުމަތް ފޯރުކޮށްދޭނެއެވެ.