ބަދިގެ ތެރޭގައި ބޭނުން ކުރާ ރެޕޮކް ބްރޭންޑުގެ މޮޅު ކްލިންގ ފިލްމު ސޮއްޓިބިޒް އިން ހޯލްސޭލްކޮށް ވިއްކަން ފަށައިފިއެވެ.

އެފްޑިއޭއިން އެޕްރޫވްކޮށްފައިވާ މި ފިލްމަކީ ކާއެއްޗެހި ބޭނުން ކުރާއިރު ރައްކާތެރިޕްލާސްޓިކުގެ މާއްދާތައް ބޭނުންކޮށްގެން އުފައްދާފައިވާ ފިލްމެކެވެ.

އާއްމުކޮށް މި ފިލްމު ބޭނުންކޮށް އުޅެނީ މެވާ އާއި ތަރުކާރީ ފަދަ ތަކެތި ރައްކާތެރިކަމާއި ތާޒާ ކަންމަތީގައި ގިނަ ދުވަހު ބެހެއްޓުމަށެވެ. މި ފޮއިލް ތަރުކާރީ އައި މޭވާގައި އަޅުވާފައި ބެހެއްޓުމުން ގިނަ ދުވަހަށް ތާޒާ ކަންމަތީގައި ހުރެއެވެ.

ރެޕޮކް ބްރޭންޑުގެ މި ފިލްމް އެހެން ބައެއް ކަންކަމުގައި ވެސް ބޭނުން ކުރެވޭނެއެވެ. އެގޮތުން، ކެއުމަށްފަހު ބާކީ ހުންނަ ކާއެއްޗެހި ރައްކާ ކުރުމަށާއި ތަށިތަކުގެ މަތީގައި އެޅުމަށް ބޭނުން ކުރެވޭނެއެވެ. ކާއެއްޗެހި އަޅާފައި ހުންނަ ތަށިތަކުގެ މަތީގައި މި ފިލްމު އަޅުވާފައި ހުންނަނީ މެހި ފަދަ ތަކެތިން ކާނާ ރައްކާތެރިކުރުމަށެވެ.

ސޮއްޓިބިޒް އިން ކްލިންގ ފިލްމުގެ 30 ސެންޓިމީޓަރާއި 300 މީޓަރުގެ ކޭހެއް ލިބޭނީ އެންމެ 1080ރ. އަށެވެ. ކޮންމެ ކޭހެއްގައި 6 ފިލްމު ޕެކު ހިމެނޭނެއެވެ.

މި ފިލްމް ގަންނަން ބޭނުންވާ މީހުންނަށް ޗާންދަނީ މަގު ޖަލާލުއްދީން މިސްކިތް ކައިރީގައި ހުންނަ ސޮއްޓިބިޒް ފިހާރައަށް ޒިޔާރަތް ކޮށްގެން ގަނެލެވޭނެއެވެ. ނުވަތަ ޑެލިވަރީގެ ހިދުމަތް ހޯދުމަށް 7449955އަށް ގުޅައިގެން އޯޑަރު ކުރެވޭނެއެވެ.