މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ހިންގަމުންދާ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ބޭނުންވާ އޭވިއޭޝަން ޖެޓް އޭ 1 ފިއުލް އަދި މެރިން ގޭސް އޮއިލް ސަޕްލައިކޮށް ދިނުމަށް އަނެއްކާވެސް އެސްޓީއޯއާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ވެލާނާ އެއަރޕޯޓަށް އެސްޓީއޯއިން ތެޔޮ ފޯރުކޮށްދިނުމުގެ އެއްބަސްވުން އިތުރު އެއްއަހަރާއި ހަ މަސް ދުވަހަށް އާކޮށްފައިވާއިރު އެސްޓީއޯއިން އެ ކުންފުންޏަށް މެދު ނުކެނޑި ތެޔޮ ސަޕްލައި ކޮށްދޭ ތާ ގިނަ އަހަރު ތަކެއްވެފައިވާކަން ފާހަގަކޮށްލަން ޖެހެެއެވެ.

މިއަދު ވެލާނާ އެއާޕޯޓްގައި ބޭއްްވި ރަސްމިއްޔާތުގައި އެސްޓީއޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ހުސެން އަމްރު މުހައްމަދު ރަޝާދެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ގޯޑަން އެންޑްރޫ ސްޓޫވަރޓްއެވެ.

ވެލާނާ އެއަރޕޯޓަށް ތެޔޮ ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައު އެސްޓީއޯއާއެކު ސޮއި ކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: އެސްޓީއޯ

މި އެގްރީމެންޓް ގެ ދަށުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށްބޭނުން ވާ އޭވިއޭޝަން ފިއުލް އަދި ޑީސެލް އެސް.ޓީ.އޯ އިން ސަޕްލައިކޮށްދޭއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ތެޔޮ ސައިޕްލައި ކޮށްދިނުމުގެއިތުރުން، ކައްދޫ، ކާޑެއްދޫ، އަދި ހަނިމާދޫ އެއަޕޯޓުގައި އޭވިއޭޝަން ރިފިއުލިންގ ޚިދުމަތްދެނީ އެސްޓީއޯއިންނެވެ.