ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަސާސީ މުސާރަ އެންމެ މަދުވެގެން 600 ޑޮލަރަށް ބޮޑު ކުރުމަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) ޖަމިއްޔާާ އިން ގޮވާލައިފިއެވެ.

އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ހައްގުތަކަށް ވަކާލާތު ކުރާ ޖަމިއްޔާއެކެވެ.

އެ ޖަމިއްޔާގެ ފޭސްބުކް ޕޭޖުގައި މި މަހުގެ އެއް ވަނަ ދުވަހު އާންމު ކުރި ޕޯސްޓެއްގައި ވަނީ ޖަމިއްޔާގެ ގޮވާލުންތައް އިއުލާނު ކޮށްފައެވެ.

އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ގޮވާލުންތައް:

1. ޓުއަރިސްޓް ރިސޯޓް، ސަފާރީ ތަކުގައި ވަޒީފާއަދާކުރާ މުވައްޒަފުންގެ އެންމެ ކުޑަ އުޖޫރައަކީ 600 ޔޫ.އެސް.ޑޮލާރ ކަމުގައި ހަމަޖެއްސުން

2. ޓުއަރިޒަމް ދާއިރާގައި ވަޒީފާ އަދާކުރާ ދިވެހި މަސައްކަތްތެރިންގެ ނިސްބަތް %80 (އައްޑިހަ އިންސައްތަ) ކަމުގައި ކަނޑައަޅައި އަމަލީގޮތުން މަސައްކަތްތެރިންނާއި ވަޒީފާނދޭފަރާތްތަށް ބައިވެރިވުމާއި އެކު އެކަން ތަންފީޒް ކުރަން ފެށުން

3. އިންޑަސްޓްރިއަލް ރިލޭޝަން އާއި ބެހޭ ޤާނޫނު (ޓްރޭޑް ޔޫނިޔަން ގެ ޤާނޫނު) ފާސްކުރުން

4. ޓުއަރިޒަމް އިންޑަސްޓްރީގައި ޓޫރިސްޓުންނަށް ދެވޭ ޙިދުމަތުން ނަގާ ސާވިސް ޗާޖް ޤާނޫނުގައިވާ ގޮތަށް %99 ވަޒީފާ އަދާކުރާ އެންމެނަށް ހަމަ ހަމައަށް އިންސާފުވެރި ކަމާ ހާމަކަމާއެކު ބެހޭނެ ނިޒާމެއް ހަމަޖައްސައި، ސާވިސް ޗާޖް ނެގޭ ނިސްބަތް %12 (ބާރަ އިންސައްތަ) ކަމުގައި ހަމަޖައްސައި މަހުން މަހަށް ރެގިއުލޭޓްކޮށް އާންމު ކުރުން

5. ރިސޯޓް ހިއްސާ ރިސޯޓް މުވައްޒަފުންނަށް ދިނުމަށް

އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މިކަންކަމަށް ގޮވާލާފަައި މިވަނީ ރިޔާސީ އިންތިހާބު ކައިރިވަމުން އަންނަ ދުވަަސްވަރެއްގައެވެ. މިފަދަ ދުވަސްވަރެއްގައި މިފަދަ ގޮވާލުންތަކުގައި ހިމެނޭ ކަންތައްތައް ކެނޑިޑޭޓުން ވައުދުތަކުގައި ހިމަނާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ހަބޭސް

    ތިއީ ރަގަނޅު ގޮވާލުމެއް ތިކަންވެއްޖެނަމަ ވވ ރަގަޅު މިގައުމުގެ ވަޒީއަދާނުކުރާ އެތަށްހާސް ޒުވަނުންނެއް ރިސޯޓުތަކަށް ދާންފަށަނެ ސަރުކާރު އޮފީސްތަކަށް އަންނަ ޕްރެސަރ ކުޑަވެގެން ދާނެ ތިއީ ޤާނޫނަކުން ވިއަސް ބޮޑު ކުރަންވެއްޖެ މުސާރައެއް

  2. ބުއްބޭ

    ތިވީގޮތުން ބަންގާޅީން އަދިވެސްވާނީ ގިނަ

  3. ސސސ

    މިހާރު ލިބެނީ ކިހާވަރެއްބާ؟

  4. ރިފާ

    އަލްހަމްދުލިއްލާހި...

  5. ޞެލްބޯއީ

    ކަލޮ ތީ ޓީމުންއަބަދުވެސް ގޮވަމުންދާ ކަންކަން، މިހާރު ހަބަރުގަ ލިޔާނެކަމެއްނެތް، މީރާ މެދުވެރިކޮށް ދިވެހިންނަށް ލިބެންޖެހޭ ސާރވިސް ޗާޖަށް ވާނުވާ ބަަލަނ އެބަ ޖެހެ. ޢަދަބުތައް ވެސް ކަނޑައަޅަން މިހާރުވެސް މާލަސް ވެއްޖެ، މިދިވެހިރާއްޖޭގަ ކުރާ ވިޔަފާރިން އެހެން ޤައުމު ތަކު މީހުން މުއްސަދިވެ މިނިމެނީ

  6. ވަކަރުގޭސޮރު

    ރިސޯޓްތަކުގާ ވަގުތީ މީހުންގެ ވަޒީފާގަ ގެންގުޅޭ ބޭރުމީހުން ގިނަވާން ފަށައިފި

  7. ަުައުބޭ

    ބަލަ ސަރުކާރު ވަޒީފާ ދޫކޮއްލުމަށް ފަހު ހުރިހާ އެއްމެންވެސް ރިސޯޓށް ދާންވީ

  8. ޙަބޭސް

    މިހާރު މާލަސްވެސް ވެއްޖެ..މިހާރު މުސާރަައަކީ 300 ޑޮލަރު ?

  9. ކަޑަ

    ޖަލު ހުރީ ހްސްކޮށް

  10. އަވަދި

    އަޅުގަނޑު ތާއީދު ތިކަމާ

  11. އަބްދުއްލާ

    ލިބޭ އާމްދަނީގެ ބޮޑުބައެްއް މުސާރަޔަށް ހޭދަކޮށްގެނެއް ރެސޯޓެއް ނުހިންގޭނެ. އޭރުންވާނީ 2009 ގަ ދިވެހިގައުމަށްދިމާވިހެން މުސާރަބޮޑުކޮށް ގައުމުދަރަނިވެރިވެ މުސާރަ ކުޑަކުޜި މީހަމަޖެހޭ އުސޫލެއްނޫންދޯ

  12. އަބްދުއްލާ

    ތިޔައީތިޔަކަން ވާނެ ގޮތެއްނޫން ހަރަދު ކޮށް ފަށާ މަސައްކަތުގެ ފޮނިމީރުކަން ބޯން އެހެންބަޔަކަށް އެކަމެއްނުވާނެ . މުވައްޒަފުންވެސް ހިއްސާ ފައިސާދީފާ ގަނެވޭނަމަ އޯކޭދޯ

  13. ނުރަބޯ

    ޗަމްޕާ ރިސޯޓްތަކުން ސާވިސް ޗާޖް ދެނީ ފިކްސްކޮށްފަ. އެމީހުން ލައްވަ ސާވިސްޗާޖް ޤާނޫނާ އެއްގޮތަށް ދެއްވާކަށް ލާހިކެއް ނޫން.

  14. މުހައްމަދު

    ތިހެންކިޔާ އަބަދުވެސް ދެރައީ އަމަލުން ތިކަން ނުފެންނާތީ.

  15. މޮޔަގޮލާ

    މީ ކޮންމެ ފަހަރަކު އިންތިޚާބާ ދިމާކޮށް ފާޅުވާ ބައެއް.