އަންނަ އަހަރަށް ލަފާކޮށް ދައުލަތުގެ ބަޖެޓްގެ ގޮތުގައި 36.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށްދާ ޖަލްސާގައި ފިނޭންސް މިނިސްޓަރު އިމްރާހީމް އަމީރު ހުށަހެޅުއްވި ބަޖެޓަކީ ޚަރަދުގެ ގޮތުގައި ކަނޑައެޅިފައިވާ 34 ބިލިއަން ރުފިޔާ އަދި ދަރަނި ދެއްކުމަށް ކަނޑައެޅިފައިވާ 2.9 ބިލިއަން ރުފިޔާއެވެ.
އަންނަ އަހަރު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 24.3 ބިލިއަން ރުފިޔާއެވެ. އެހެންކަމުން އަންނަ އަހަރަށް ލަފާޚޮށް ހުށަހަޅާފައިވަނީ 9.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
އަންނަ އަހަރަށް ލަފާ ކުރާ އާމްދަނީގެ ތެރެއިން 15.4 ބިލިއަން ރުފިޔާ އަކީ ޓެކުހެވެ. ޓެކްސް ނޫން ގޮތުގައި ހަ ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓްގައިވެއެވެ. އަދި، ހިލޭ އެހީ އާއި އެހެނިހެން ގޮތް ގޮތުން 2.9 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލަފާކޮށްފައިވެއެވެ.
ބަޖެޓްގެ ތަފްސީލަށް ބަލާއިރު ސިއްޚީ ދާއިރާއަށް 4.6 ބިލިއަން ރުފިޔާ އަދި އަދި އިޖްތިމާއީ ރައްކާތެރިކަމުގެ ދާއިރާއަށް 3.1 ބިލިއަން ރުފިޔާ ހިމެނެއެވެ. އަދި ތައުލީމީ ދާއިރާއަށް 4.1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. މިއީ އަންނަ އަހަރުގެ ބަޖެޓްގައި އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ހިމެނޭ ދާއިރާތަކެވެ.
ބަޖެޓްގެ ހިސާބުތައް
- ޖުމުލަ ބަޖެޓް: 36.9 ބިލިއަން ރުފިޔާ
- އާމްދަނީ: 24.2 ބިލިއަން ރުފިޔާ
- ޑެފިސިޓް: 9.7 ބިލިއަން ރުފިޔާ
- ދަރަނި ދެއްކުން: 2.9 ބިލިއަން ރުފިޔާ
- ޕީއެސްއައިޕީ: 6.2 ބިލިއަން ރުފިޔާ
އާމްދަނީއާއި ދަރަނި މެނޭޖް ކުރަން އާ ކަންކަން
އާމްދަނީ ހޯދަން އަލަށް ފަށަން ހިމަނާފައިވާ ކަންކަމުގެ ތެރޭގައި ހިމެނެނީ، ދައުލަތުން ޚަރަދުކޮށްގެން ހިއްކާފައިވާ ބިން އަމިއްލަ ފަރާތްތަކަށް ވިއްކުމާއި، ރިއަލް އެސްޓޭޓް ޓޫރިޒަމް ތައާރަފް ކުރުމާއި، ރިސޯޓް ތަރައްގީ ކުރަން ރަށްރަށް ދޫކުރުން، އަދި ޕްލާސްޓިކް ކޮތަޅު ޓެކުހެއް ނަގަން ފެށުމެވެ.
މި ގޮތުން ބިން ވިއްކައިގެން 300 މިލިއަން ރުފިޔާ ހޯދަން ބަޖެޓްގައި ހިމަނާފައިވެއެވެ. ރިއަލް އެސްޓޭޓް ޓޫރިޒަމުން 213 މިލިއަން ރުފިޔާ، އަދި ރިސޯޓް ތަރައްގީ ކުރަން ރަށްރަށް ދޫކޮށްގެން 148 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެއެވެ. ޕްލާސްޓިކް ޓެކުހުން 48 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓްގައިވެއެވެ.
ދަރަނި މެނޭޖް ކުރަން ތިން އަމާޒެއް ކަނޑައަޅަން ނިންމާފައިވާ ކަމަށް މިނިސްޓަރު އަމީރު މަޖިލީހުގައި ވިދާޅުވިއެވެ. އެއް އަމާޒަކީ 2023 ނިމެންވާއިރަށް ސީދާ ދަރަނި ޖީޑީޕީގެ ނިސްބަތުން 105 އިންސައްތައަށް ތިރި ކުރުމެވެ. އަދި އެ އަހަރުގެ ނިޔަލަށް ޕްރައިމަރީ ބަޖެޓް ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން ފަސް އިންސައްތައަށް ތިރިކުރުމަކީ ދެވަނަ އަމާޒެވެ. ތިންވަނަ އަމާޒަކީ އަހަަރަކަށް ފަހު އަހަރެއް ބަޖެޓް ޑެފިސިޓް ކުޑަ ކުރުމެވެ.
ދުވާލަކަށް 101,095890.41ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި
މިއީ ކޮންކަހަލަ ވިސްނުމެއްބާއޭ ހިތަށް އަރަނީ! ކޮންމެ ސަރުކާރަކުން ވެސް ދިވެހިން ދަރަނިވެރި ކޮށްލަނީ.... މިވަރުގެ ބޮޑު ބަޖެޓެއް ހުށަހެޅި އިރު އާމްދަނީ ލިބޭނެކަމަށް ލަފާކުރާ ޢަދަދާއި އެއްވަރު ބަޖެޓެއް ހުށަހެޅި ނަމަވެސް ތަންކޮޅެއް ރަނގަޅު ނޫންތޯ؟؟؟
ދަރަނި ބޮޑުވީ ވަރަކަށް
މިއީ ކޮންކަހަލަ ވިސްނުމެއްބާއޭ ހިތަށް އަރަނީ! ކޮންމެ ސަރުކާރަކުން ވެސް ދިވެހިން ދަރަނިވެރި ކޮށްލަނީ.... މިވަރުގެ ބޮޑު ބަޖެޓެއް ހުށަހެޅި އިރު އާމްދަނީ ލިބޭނެކަމަށް ލަފާކުރާ ޢަދަދާއި އެއްވަރު ބަޖެޓެއް ހުށަހެޅި ނަމަވެސް ތަންކޮޅެއް ރަނގަޅު ނޫންތޯ؟؟؟
ދަރަނި ބޮޑުވީ ވަރަކަށް ރައްޔިތުން އަތުން އެކި ނަންނަމުގައި ނަގާ ޓެކްސް ދާނީ އިތުރު ވަމުން. ދުވަސްކޮޅަކުން މި ގައުމުގައި ދިރިއުޅުން ވެގެންދާނީ ވޭނަކަށް!!!
2019 ، 2020 ، 2021 ގެ ބަޖެޓްގައިވެސް ހަމަ ތިގޮތަށް ތިވާހަކަ ބުނި! އެކަމަކު ވީކަމެއް ނެތް! ރައީސް ޔަމީންގެ ދައުރުގައި ބަޖެޓް ހޯދާ ޖަމާކޮށް ، ފަށާފައިހުރި ކަމެއް ނުވަތަ ފަށަން ތައްޔަރުވެފައިހުރި ކަމެއް ނޫނީ ކުރިތަނެއް ނުފެނޭ!
ބަޖެޓްބޮޑުކުރުމުންވަނީކޮންކަމެއްތޯމިހެންމިބުނީ ރަށްޔިތުންގެޓެކްސްފައިސާ
ވެސްހިމެނޭގޮތަށް ކޮންމެއަަހަރަކު އެހާބޮޑުބަޖެޓެއްހަދައިގެން މިވީހާދުވަހު ބޮޑުބަޖެޓުން ކުރެވުނުކަންތަައްތަކެއް ނުފެނޭ ފާހަގަކުރެވޭ ބަޖެޓްބޮޑުވަނީ ނުަވަތަ ބަޖެޓްގެބޮޑުބައެއް ވަނީ ވެލައްވާފައިވާ ވަޢުދުތައްފުށްދުންކަމަށް ނަމަވެސް އަހަރުހުސްވެ ބަޖެޓްހުސްވާއިރުވެސް ފުއްދޭވަޢުދެއްނުފެނޭ ނަމަވެސް ވައްކަމާ ، ކޮރަޕްޝަނުގެ އަޑުއިވޭ ވަޢުދަކީ ވައްކަންތޯ، ނުވަތަ
ކޮރަޕްޝަންތޯ އެހެންކަމަށްވާނަމަ މިޒާތުގެ ވަޢުދަކަށް ޔިތުންބޭނުމެއްނުވާނެ
އަދި ،،،
ތިޔައީ އަދަދު ތަކެއް މިއަހަރު ވެސް ހިލޭ އެހީ ގެ ގޮތުގައި 25 އިންސައްތަ ވެސް ނުލިބޭ
ރިސޯޓް ތަރައްގީ ކުރަން މިއަހަރު ވެސް އެންމެ ރަށެއް ވެސް ނުދެވޭ
މީހުންގެ ޝައުގެއް ނެތް ދެން ބިން ވިއްކުން އެކަން ވެސް ހަމަ ވަޔަށް އަރާނީ ހީކުރާ ގޮތް ވާނީ ވަޒީފާ ތައް އިތުރުވެ ޓެކްސް ފައިސާ ގިނަ ކުރެވިގެން ވަޒީފާ ނުއުފެއްދޭ ބަންގަލޭދޭޝް މީހުން ގެނައުން ހުއްޓާލާފައި އިންޑީޔާއިން ބޭނުން ވަރަކަށް މީހުން އެތެރެކުރެވޭ މުޅި ބާޒާރު ގެ ކޮންޓްރޯލް އިންޑިޔާ މީހުން ދަނީ ނަގަމުން ތަރުކާރި ވިއްކާ ފިހާރަ ތަކުގެ ހާލު ވެސް ވަނީ އެގޮތަށް....