ރިއަލް އެސްޓޭޓްގެ ދާއިރާއިން ރާއްޖޭގައި ހަމައެކަނި ބާއްވާ އެކްސްޕޯ "މޯލްޑިވްސް ލިިވިންގް އެކްސްޕޯ 2021" ބާއްވާން ތައްޔާރުވެއްޖެއެވެ.

ހައިރައިޒް އިން އިންތިޒާމްކޮށްގެން ބާއްވާ މި އެކްސްޕޯ އޮންނާނީ މި މަހުގެ 18 އިން 21 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މިއީ މި އެކްސްޕޯ ބާއްވާ ނުވަ ވަނަ ފަހަރެެވެ.

ލިވިންއެކްސްޕޯއަކީ އާންމު ފަރާތްތަކަށާއި އިންވެސްޓަރުންނަށް ރިއަލްއެސްޓޭޓް ދާއިރާގެ ތަފާތު އެކި ޕްރޮޖެކްޓްތަކާއި، އިންޓީރިއާ، އެކްސްޓީރިއާގެ އިތުރުން ފައިސާގެ މުއާމަލާތްތައް ގެންދާނެ ގޮތުގެ މައުލޫމާތު އެއްތަނަކުން ލިބިގެންދާނެ އެކްސްޕޯއެކެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި އެކްސްޕޯ ވެގެންދާނީ ވިޔަފާރިތަކަށް ބޭނުންވާ އެންމެ އެކަށޭނެ އިންވެސްޓަރުންނާއި އެ ވިޔަފާރިތައް އެއްތަންކުރުވާ ބައްދަލުކޮށްދޭ މެދުވެރިއަކަށެވެ.

މި އެކްސްޕޯގައި ކޮންމެ އަހަރަކު ވެސް ރިއަލް އެސްޓޭޓްގެ ދާއިރާއިން މި ސަރަހައްދުގައި ފާހަގަކޮށްލެވޭ ކުންފުނިތަކާއި، އިމާރާތްތަކާއި ދިރިއުޅުމަށް ބޭނުންވާނެ ޚިދުމަތްތަކާއި އެހެންނިހެން ތަކެތީގެ ވިޔަފާރިތައް އެއްތަނަކަށް ގެނެސްދެއެވެ.

މި އެކްސްޕޯ ފެށުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާއިރު، ދާދި ފަހުން ވަނީ މި އެކްސްޕޯގެ ޕާޓްނަރުންނާއެކު ސޮއިކޮށްފައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އަދި މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ އިތުރުން އެޕިކް ޝެލްޓަރ އިން ސަޕޯޓްރިން ޕަރޓްނަރުންގެ ގޮތުގައި ހަރަކާތްތެރިވާ މި އެކްސްޕޯގެ ޕްލެޓިނަމް ސްޕޮންސަރ އަކީ އެމްއެމް އެކްސްޕޯޓްސް ޕްރައިވެޓް ލިމިޓެޑްއެވެ. ކޯ-ސްޕޮންސަރ އަކީ ސެންޑަލް މޯލްޑިވްސްއެވެ.

އެކްސްޕޯގެ ޕާޓްނަރުންގެ ތެރޭގައި ހިމެނެނީ

  • އިންޝުއަރެންސް ޕާޓްނަރ: އެލައިޑް އިންޝުއަރެންސް
  • ޕްރިންޓިން ޕާރޓްނަރ: ޕްރިންޓް ލެބް
  • ކޭޓްރިން ޕާޓްނަރ: ސްކައިފޯލް
  • ބެވަރޭޖް ޕާރޓްނަރ: މާލޭ އޭރޭޓެޑް ވޯޓަރ ކޮމްޕެނީ (އެމް އޭ ޑަބްލިއު ސީ) / ކޮކާ ކޯލާ
  • ޕޮޓޯގްރެފީ އެންޑް ވީޑިއޯގްރެފީ ޕާޓްނަރ: ހާފް ކޯޓް މޯލްޑިވްސް
  • އޮންލއިން މީޑިއާ ޕާޓްނަރސް: ވަގުތު، އަވަސް، ހަފްތާ، ވަން އޮންލައިން އަދި އަދަދު