ރާއްޖޭގައި ބާއްވާ އެންމެ ކާމިޔާބު އެކްސްޕޯގެ ތެރޭގައި ހިމެނޭ ލިވިންގ އެކްސްޕޯގައި މިފަހަރުވެސް އެލައިޑް އިންސުރެންސް ކުންފުނިން ބައިވެރިވެއްޖެއެވެ.

އިއްޔެއިން ފެށިގެން މާދަމާ ރޭގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދާ މި އެކްސްޕޯ ކުރިއަށްގެންދާތާ މިހާރު 11 އަހަރު ވެއްޖެއެވެ.

މި އެކްސްޕޯގައި އަބަދުވެސް ބައިވެރިވާ ކުންފުންޏެއްގެ ގޮތުގައި އެލައިޑް އިންސުރެންސް ހިމެނޭއިރު، މިފަހަރު އެ ކުންފުނީގެ ސްޓޯލަކީ 23 އަދި 24 އެވެ.

އެލައިޑް އިން މައުލޫމާތުދޭގޮތުގައި، އެ ކުންފުނީގެ ސްޓޯލަށް ޒިޔަރަތް ކުރާ ފަރާތްތަކުގެ ތެރެއިން ކޮންމެ ރެއަކުވެސް އެކަކަށް އަލިފާން ނިއްވާ ފުޅިއެއްގެ އިތުރުން، ބްލޭންކެޓެއް ލިބިގެން ދާނެއެވެ. މި އަލިފާން ނިވި ހޯދަން ޖެހޭނީ އެ ސްޓޯލަށް ޒިޔާރަތްކޮށްގެން އެލައިޑް އެޕްލިކޭޝަން ޑައުންލޯޑް ކުރާށެވެ.

އަދި މީގެ ތެރެއިން ގުރުއަތުން ހޮވޭ މީހަކަށް ކޮންމެ ރެއަކުވެސް އަލިފާން ނިވިއެއް ލިިބިގެން ދާނެއެވެ.

އިއްޔެ ފެށި މި އެކްސްޕޯ މާދަމާގެ ނިޔަލަށް ކުރިއަށްދާއިރު، މި ދުވަސްތަކުގައި ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށް ޒިޔާރަތް ކުރުމުގެ ފުރުސަތު އޮންނާނެއެވެ.

މި އެކްސްޕޯގެ މައިގަނޑުގެ މަގްސަދަކީ އެއްތަނަކަށް އެންމެން އެއްވެ، އާއްމު ރައްޔިތުންނާއި، ވިޔަފާރިތަކުން، ގޯތިގެދޮރާއި ގުޅޭ މައުލޫމާތާއި، އެހެނިހެން ހިދުމަތްތަކާއި، ހާއްސަ ލަކީ ޑްރޯ، އާ ޕްރޮޖެކްޓްތަކުގެ މައުލުމާތު ދިނުމެވެ.