ރާއްޖޭގައި ބާއްވާ އެންމެ ކާމިޔާބު އެކްސްޕޯގެ ތެރޭގައި ހިމެނޭ ލިވިންގ އެކްސްޕޯގައި އެސްޓިއޯއިންވެސް ބައިވެރިވެއްޖެއެވެ.

މި އަހަރުގެ ލިވިންގ އެކްސްޕޯވެސް ކުރިއަށް ދަނީ ސެންޓްރަލް ޕާކުގައެވެ. މި އެކްސްޕޯ މާދަމާ ރޭގެ ނިޔަލަށް ކުރިއަށްދާއިރު، މިފަހަރުގެ އެކްސްޕޯގައި 37 ކުންފުންޏަކުން ބައިވެރިވިއެވެ.

އޭގެ ތެރޭގައި އެސްޓީއޯ ފާހަގަކޮށްލެވޭއިރު، އެސްޓިއޯގެ އޮފިޝަލަކު "ވަގުތު" އަށް ވިދާޅުވީ، ލިވިންގް އެކްސްޕޯގގައި އެސްޓީއޯއިން ލިބެން ހުރި ބްރޭންޑްތަކުގެ އެންމެ ފަހުގެ މޮޑެލްތައް ދައްކާލާނެ ކަމަށެވެ.

އެގޮތުން މި ސްޓޯލުން ހިޓާޗީ ބްރޭންޑްގެ އެންމެ ފަހުގެ ޕޮރޮޑަކްޓްސްތައއް ދައްކާލާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި އިލެކްޓްރޯނިކް އާލާތުގެ އެންމެފަހުގެ ވައްތަރުތައް އެސްޓީއޯ އިން މިހާރު ގަންނަން ލިބެން ހުންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

އޭގެ އިތުރުން ވަރަށް ފަހުން ބާޒާރަށް ތައާރަފްކުރި ބަދިގެ އައިޓެމް ބްރޭންޑްއެއް ކަމަށް ވާ "ރަސެލް ހޮބްސް" ގެ ގިނަ އައިޓެމްތަކެއް މި ސްޓޯލުން ދައްކާލާނެއެވެ. އަދި އެސްޓީއޯ ސްޓޯލަށް ޒިޔާރަތް ކުރާ ފަރާތްތަކަށް އެސްޓީއޯ ރެޖިސްޓްރޭޝަން ސައިޓްއެއް އިންނައިރު، އެ ސައިޓްގައި ރެޖިސްޓްރީގައި ވާ ފަރާތްތަކުގެ ތެރެއިން ނަގާ ގުރުއަތުން ހޮވޭ ފަރާތަކަށް ހިޓާޗީ ރައިސް ކުކަރެއް ދޭ ގޮތަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން އެސްޓީއޯގެ ޕްރޮޑަކްޓްސްތައް ގަންނަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ޑިސްކައުންޓް ވައުޗާއެއް ސްޓޯލަށް ޒިޔާރަތްކޮށްގެން ލިބޭނެއެވެ. އެގޮތުން 10%ގެ ޑިސްކައުންޓް ލިބޭ މި ވައުޗާ އެއް މަސް ދުވަހު ބޭނުން ކުރެވޭނއެވެ.

މިފަަހަރުގެ އެކްސްޕޯގައި އެސްޓީއޯގައި ހުރި ޕްރޮޑަކްޓްސްގެ ޑެމޯ ދައްކާލާނެއެވެ. އެގޮތުން ހިޓާޗީ ބްރޭންޑްގެ އެންމެ ފަހުގެ މޮޑެލްގެ ރައިސް ކުކަރު ބޭނުން ކުރެވޭނެ ގޮތްތައް ދައްކާލެވޭއިރު، މި ތަނުން މި ޕްރޮޑަކްޓްސްތައް ތަޖުރިބާ ކޮށްލުމުގެ ފުރުސަތުވެސް ލިބިގެން ދާނެއެވެ.

އެސްޓީއޯއިން ކޮންމެ އަހަރަކަވެސް މި އެކްސްޕޯގައި ބައިވެރިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    އެސްޓީއޯ އިން ރައްޔިތުންނަށް އެޕާޓްމަންޓް ވިއްކަން ފަށާނީ ކޮން އިރަކުންތަ؟ ރައްޔިތުންނާ ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމުގައި އެސްޓީއޯގެ ދައުރު ފުޅާކުރަން އެބަޖެހެއެވެ.