އެލައިޑް އިންޝުއަރެންސުން އިންތިޒާމު ކޮށްގެން ކުޑަކުދިންނަށް ހާއްސަކޮށްގެން ބާއްވާ "އެލައިޑް ފެސްޓް" އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމައިފިއެވެ.

އެލައިޑުން ހާމަކުރި ގޮތުގައި މި ފެސްޓިވަލް އޮންނާނީ އަންން ސެޕްޓެމްބަރމަހު 2 ވަނަ ދުވަހު ހަވީރު 04:00 އިން އިރުއޮއްސި 06:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

ކުޑަކުދިންނަށް ހާއްސަ މަޖާ ގިނަ ކުޅިވަރުތަކާއެކު ބާއްވާ މި ފެސްޓުގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކުޅިވަރުތަކުގެތެރޭގައި ފިޝިން، ބީން ބޭގް ޓޮސް، ސްނޭކް އެންޑް ލެޑާ، ޓުވިސްޓާ، އަދި ކުރެހުމާއި ކުލަޖެއްސުމަށް ޝައުގުވެރިވާ ކުދިންނަށް އާރްޓް ކޯނާ އެއް ވެސް ހިމެނޭ ކަމަށެވެ.

މީގެ އިތުރުން މި ފެސްޓިވަލުގައި ބެލެނިވެރިންނަށް އަމާޒުކޮށްގެން ދިރިއުޅުމާއި އާއިލާއާ ބެހޭ މައުލޫމާތު ސެޝަންތަކެއް ވެސް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް އެލައިޑުން ބުނެއެވެ.

މި ފެސްޓިވަލުގެ ތެރެއިން ހާއްސަ ލަކީޑްރޯއެއް ކުރިއަށްދާނެއިރު އެ ލަކީޑްރާއިން ގުރުއަތުން ނެގޭ ތިން ކުއްޖަކަށް ހާއްސަ ހަދިޔާއެއް ދޭން ނިންމާފައިވާ ކަމަށް އެލައިޑުން ބުނެއެވެ.

މިއީ އެލައިޑުން "އެލައިޑް ފެސްޓް" ބާއްވާ ދެވަނަ އަހަރެވެ. އެލައިޑުން ބުނީ، މީގެ ކުރީ އަހަރު ބޭއްވި "އެލައިޑް ފެސްޓް" އަށް ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާ ކަމަށެވެ.