ރާއްޖޭގެ ރިސޯޓުތަކުގެ ތެރެއިން މިދިޔަ މަހު އެންމެ ބޮޑު ސާވިސް ޗާޖެއް ދިން ރިސޯޓަކަށް ވާލްޑޮފް އެސްޓޯރިއާ މޯލްޑިވްސްވެއްޖެއެވެ.

"ރިސޯޓު ވޯކާސް މޯލްޑިވްސް" ފޭސްބުކް ޕޭޖުގައި ހާމަކޮށްފައިވާ ގޮތުން މިދިޔަ މަހު ވޯލްޑޮފް އެސްޓޯރިއާ އިން ސާވިސް ޗާޖުގެ ގޮތުގައި މީހަކަށް 1،062 ޑޮލަރު (16،376.04ރ.) ވަނީ ދީފައެވެ. ލިސްޓުގެ ދެ ވަނައިގައި އުޅެނީ އަޔާޑާ މޯލްޑިވްސްއެވެ. ރިސޯޓުން ވަނީ ސާވިސް ޗާޖު ގޮތުގައި މީހަކަށް 1049.27 ޑޮލަރު (16،179.74ރ.) ދީފައެވެ. ތިން ވަނައިގައި އުޅެނީ ތާޖް އެގްޒޮޓިކާ ރިސޯޓެވެ.

ތާޖް އެގްޒޮޓިކާ ރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި މީހަކަށް 834 ޑޮލަރު (12،860.28ރ.) ވަނީ ދީފައެވެ.

ސާވިސް ޗާޖު ލިސްޓުގައި އާންމުކޮށް އެންމެ ކުރި ހޯދަމުން އަންނަ ވެލާ ރިސޯޓު މިފަހަރު ލިސްޓަކު ނެތެވެ. އެ ލިސްޓުގައި ހިމަނަނީ "ރިސޯޓު ވޯކާސް މޯލްޑިވްސް" ޕޭޖަށް މައުލޫމާތު ފޮނުވުމުންނެވެ.

މިފަހަރު ސާވިސް ޗާޖް އެންމެ ގިނަ އިން ދިން ރިސޯޓުތަކުގެ ތެރޭގައި ހިމެނެނީ ހުރަވަޅި އެންޑް ކުޑަދޫ، ވައްކަރު މޯލްޑިވްސް، އެމެރަލްޑް މޯލްޑިވްސް، ގިލިލަންކަންފުށި މޯލްޑިވްސްއެވެ. މިއިން ކޮންމެ ރިސޯޓަކުން 700-800 އާ ދޭތެރޭގެ އަދަދަކަށް ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މީހަކަށް ރުފިޔާ ދިނެވެ.

ރާއްޖޭގެ ހުރިހާ ޓޫރިސްޓު ފެސިލިޓީއަކުން ސާވިސް ޗާޖުގެ ގޮތުގައި 10 އިންސައްތަ ނަގަން ފަތުރުވެރިކަމާ ބެހޭ ގާނޫނުގައި ވަނީ ބުނެފައެވެ. ސާވިސް ޗާޖު ނުދީފި ނަމަ ވަޒީފާ ދޭ ފަރާތް ބައި ލައްކަ ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު، ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) އަށް އޮވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ސާވިސް ޗާޖު ނުދީފި ނަމަ ވަޒީފާ ދޭ ފަރާތް ބައި ލައްކަ ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު، ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) އަށް އޮވެއެވެ......
    ހުރިހައި އެންމެންގެ ސާވިސް ޗާޖު ހިފަހައްޓާފައި އެތަނުން 3000 ޑޮލަރު ޖޫރިމަނާއަށް ދިނުމުން ދެންވާނީ ކިހިނެއް.
    ތީ ހާދަ ހެއްވާ ޤަވާޢިދެއް!

    10
    1
  2. Anonymous

    އަޒާލިޔާ ކުރޫސް އެހެންވީމަ މާރަނގަޅު ތާ ހަފްތާއަކުން 800ޑޮލަރު ލިބުނު ވިއްޔާ

  3. ލައްޗެ

    އަޒާލިޔާ ކުރޫސް އެހެންވީމަ މާރަނގަޅު ތާ ހަފްތާއަކުން 800ޑޮލަރު ލިބުނު ވިއްޔާ